އީރާނުގެ ހާރިޖީ ވަޒީރު، އައްބާސް އަރްގްޗީ.. ފޮޓޯ: އީރާން ޓުޑޭ
ދުނިޔެ
14 Apr 2025 | 21:16
އަރްގްޗީގެ ކުއްލި ދަތުރުފުޅެއް ރަޝިއާއަށް. ބޭނުމަކީ އެމެރިކާ ރުޅިއެރުވުންތަ؟

ކުއްލި ދަތުރުފުޅެއްގައި އީރާނުގެ ހާރިޖީ ވަޒީރު، އައްބާސް އަރްގްޗީ ރަޝިއާއަށް ވަޑައިގަންނަވާގޮތަށް ނިންމައިފިކަމަށް މެދުއިރުމަތީގެ ބައެއް މީޑިއާތަކުން ބުނެފިއެވެ.

އީރާނު ސަރުކާރަށް ވާގިވެރިވާ ބައެއް މީޑިއާތަކަށް ދީފައިވާ ބަސްދީގަތުމެއްގައި އީރާނުގެ ހާރިޖިއްޔާގެ ސްޕޯކްސްޕާސަން އިސްމާއީލް ބަގާއީ ވިދާޅުވެފައިވަނީ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމުގެ މައްސަލާގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް އެމެރިކާ އާއެކު ފަށާފައިވާ ނުސީދާ ބައްދަލުވުންތަކާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް އަރްގްޗީ ރަޝިއާއަށް ވަޑައިގަތުމަށް ނިންމާފައިވާކަމަށެވެ.

އަރްގްޗީގެ މި ދަތުރުފުޅުގައި ބައްދަލުކުރެއްވުމަށް އަދި ނިންމަވާފައިވަނީ، ރަޝިޔާގެ ޚަރިޖީ ވަޒީރު ސަރުގޭ ލަވަރޯވް އާކަމަށް އޭނާ ވިދާޅުވިއެވެ. އީރާނުގެ ހާރިޖީ ވަޒީރު ރަޝިއާއަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާކަން ރަޝިއާއިންވެސް ވަނީ މީޑިއާތަކަށް ޔަގީންކޮށްދީފައެވެ. ނަމަވެސް މި ދަތުރުގެ އިތުރު ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.

ކުއްލި ދަތުރުފުޅެއްގައި އީރާނުގެ ހާރިޖީ ވަޒީރު އަރްގްޗީ ރަޝިއާއަށް ވަދައިގަތުމަށް ނިންމިއިރު، އީރާނާ އެމެރިކާގެ ނުސީދާ ވާހަކަތަކުގެ ދެވަނަ ބުރު އަންނަ ހަފްތާގެ ތެރޭގައި ކުރިއަށްގެންދާނޭކަމަށް ދެ ޤައުމުންވެސް ވަނީ ބުނެފައެވެ.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް މައްސަލާގައި އޮމާން މެދުވެރިއެއްގެ ބައި އަދާކުރާގޮތަށް އެމެރިއާ އާއި އީރާން ނުސީދާ ވާހަކަތަކުގެ ފުރަތަމަ ބުރު ނިމިފައިވަނީ ދެ ޤައުމުންވެސް ހިތްހަމަ ޖެހޭގޮތަށްކަމަށް ދެ ޤައުމުންވެސް ވަނީ ހާމަކޮށްފައެވެ. ނަމަވެސް ވާހަކަތަކުގެ ދެވަނަބުރު ފެށެން ކުޑަތަންވެފައިވަނިކޮށް، މިފަދަ ހައްސާސް ވަގުތެއްގައި މި ވާހަކަތަކުގައި އީރާނުގެ ފަރާތުން އެންމެ އިސް ފަރާތެއްގެ ގޮތުގައި ބައިވެރިވާ އަރްގާޗީ ރަޝިއާއަށް ވަޑައިގަތުމަކީ އެމެރިކާއަށް ތަހައްމަލު ނުކުރެވޭވަރުގެ ކަމަކަށް ވާނޭކަމަށް މަޝްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. 

އީރާނުގެ ނިއުކްލިއާ މައްސަލާގައި އެމެރިކާއިން މިފަހުން އިންޒާރުދައްކައި ބިރުދެއްކި މައްސަލާގައި ރަޝިއާއިން ވަނީ، އެމެރިކާގެ އަމަލުތައް ވަރަށްބޮޑަށް ކުށްވެރިކޮށް އީރާނާއެކު އޮތްކަން ހާމަކޮށްފައެވެ.

ކޮމެންޓް
އަނު
އެމެރިކާ އަކީ ދުނިޔެމަތިން ނައްތާލަން ޖެހިފައިވާ ބޮޑު ކެންސަރެކެވެ.
19 Apr 2025
ގުޅޭ ލިޔުންތައް
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ