ހުޅުމާލެ
ހަބަރު
16 Apr 2025 | 16:58
ހެޔޮ ބަދަލެއް: ބޮޑެތި އިމާރާތްތަކުގައި ނަމާދުކުރަން ހާއްސަ ތަނެއް ހުރުން ލާޒިމު ކުރަނީ

ހުޅުމާލޭގައި ބިނާކުރެވޭ ބޮޑެތި އިމާރާތްތަކުގައި ނަމާދުކުރަން ހާއްސަ ތަނެއް ހުރުން ލާޒިމުވާނޭހެން ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތްތައް އެޗްޑީސީން ފަށައިފި އެވެ.

ހުޅުމާލޭގެ ބެލެނިވެރިކަން އޮތް އެޗްޑީސީން މިކަން ހާމަކޮށްފައި ވަނީ ހުޅުމާލެ ފޭސް ދޭއްގައި ބޮޑު މިސްކިތެއް އިމާރާތް ކުރުމުގެ އެއްބަސްވުން ގާއިމު ކުރުމަށް މިއަދު ބޭއްވި ބައްދަލްވުމަށް ފަހު އެވެ.

އެ ކުންފުނިން ބުނި ގޮތުގައި މިއީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ޑރ. މައުރޫފް ޖަމީލްގެ އިރުޝާދަށް ގެންނަން ނިންމި ބަދަލެކެވެ. އެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

އެކަން ފާހަގަ ކުރައްވާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އެ ނިންމުމަށް މަރުހަބާ ވިދާޅުވެފަ އެވެ. މެލޭޝިޔާ އިން މިސާލު ނަންގަވާ މިނިސްޓަރު ވިދާޅުވީ އެ ގައުމުގައި ބޮޑެތި މޯލްތަކާއި ބިލްޑިންތަކުގައި ނަމާދު ކުރަން ތަންތަން ހަދާފައިވާ ކަމަށެވެ. އެ ނޫން އިސްލާމީ ބައެއް ގައުމުތަކުގައި ވެސް ނަމާދު ކުރަން ހާއްސަ ތަންތަން ހުންނަކަން ފާހަގަ ކުރެއްވި އެވެ.

އެހެން ކަމުން ރާއްޖެ ފަދަ އިސްލާމީ ގައުމެއްގައި އެފަދަ ތަންތަން ހުރުން ވަރަށް މުހިންމު ކަމުގައި ވިދާޅުވި އެވެ. ހާއްސަކޮށް ބޮޑެތި ބިލްޑިންތަކުގައި ނަމާދު ކުރާން ކޮންމެވެސް ތަންކޮޅެއް ހާއްސަ ކުރުމަކީ މުހިންމު ބޭނުންތެރި ކަމެއް ކަމުގައި ވިދާޅުވި އެވެ.

ހުޅުމާލެ އަކީ ރާއްޖޭގެ އެންމެ ތަހުޒީބު އަވަށެވެ. ރީތި އުސް ބިނާތަކުން ފުރިހަަމަ ވަމުންދާ ހުޅުމާލޭގައި އަދިވެސް ދަނީ ބޮޑެތި އިމާރާތްތައް ކުރަމުންނެވެ. ވަރަށް ބޮޑު އާބާދީއެއް ވެސް ވެރިރަށުގެ އަވަށެއް ގޮތުގައި އޮތް ހުޅުމާލޭގައި މިހާރު އެބަ އޮތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.