އާޝާ ކައުބާ ކައިރީ (ކ) އަދި ރޭ ސްޓޯރީ ކުރި ފޮޓޯ
ލައިފްސްޓައިލް
18 Apr 2025 | 14:39
އާޝާ ބަދަލެއް ނުވޭ، ހިތްވަރު ހޯދަނީ ހެޔޮ ދުޢާ އިން

ފިލްމީ ދާއިރާ އިން ވިދާލި އައިމިނަތު ރަޝްފާ (އާޝާ) ދާދި ފަހުން ވަނީ އުމުރާގެ އަޅުކަމަށް ގޮސްފަ އެވެ. އޭނާގެ މަންމައާ އެކު އުމްރާގެ އަޅުކަމުގައި ދިޔަކަން ހާމަކޮށް މި މަހު ހަތަރުވަނަ ދުވަހު އިންސްޓަގްރާމް ގައި ޕޯސްޓެއް ކުރި އެވެ.

އެ ޕޯސްޓްގައި ތިން ފޮޓޯއަކާއި ވީޑިއޯއެއް ހިމަނާފައިވެ އެވެ. އެއީ ކައުބާގެ ކައިރީގައި ހުރެ އާޝާ ނަގާފައިވާ ތިން ފޮޓޯއަކާއި ވީޑިއޯ ކޮޅެކެވެ. ވީޑިއޯގައި ފެންނަނީ އާޝާ އޭނަގެ މަންމައާއެކު ސެލްފީއެއް ނަގަން އުޅޭ މަންޒަރެވެ. އެއީ އޭނާގެ ހަޔާތުގެ އުފާވެރި ވަގުތުކޮޅެއްކަން ވީޑިއޯގައި އިވޭ ހުނުމުގެ އަޑުން ސާފުވެ އެވެ.

ފޮޓޯގައި އާޝާ ފެންނަނީ ބުރުގާ އަޅައި ރީތިކޮށް ނިވާގެން ހުއްޓަ އެވެ. މި ޕޯސްޓް ހިއްސާ ކުރުމުގެ ގޮތުން 39 ހާހަށް ވުރެ ގިނަ މީހުން ފޮލޯކުރަމުންދާ އޭނާގެ އެކައުންޓްގައި ހުރި އެހެން ހުރިހާ ފޮޓޮައަކާ ވީޑިއޯއެއް ހައިޑް ކުރި އެވެ. ހަމައެކަނި ފެންނަނީ ފަލަސްތީނުގެ މިނިވަން ކަމަށް ގޮވާލާ އޭނާ ޕޯސްޓްކުރި ވީޑިއޯއެއް އެކަންޏެވެ.

އެތައް ބައެއްގެ ހެޔޮ ދުޢާ

އާޝާގެ މި ޕޯސްޓް ވަރަށް ބޮޑަށް ވައިރަލްވި އެވެ. މިހާތަނަށް 15،500 ވުރެ ގިނަ ލައިކްސް ލިބިފައިވެ އެވެ. އާޝާގެ ރިޕްލައިތަކާ އެކު 116 ކޮމެންޓް ވެ އެވެ.

ހުރިހާ ކޮމެންޓެއްގައި ކަހަލަ ގޮތަކަށް ހުރީ އާޝާއަށް ހެޔޮ ދުއާ އެވެ. ބުރުގާ އާއެކު އޭނާގެ ނިއު ލޫކުސް ރީތި ކަމުގެ ވާހަކަ އެވެ. އެ ނޫން ގޮތަކަށް ދެން ފެންނަން ނޭދޭ ކަމުގެ ޝުއޫރުތަކެވެ.

އޭގެ ތެރެއިން ވަރަށް ގިނަ ކޮމެންޓްސްތަކަށް އާޝާ ލައިކްކޮށް ރިޕްލައި ދީފައިވެ އެވެ. އޭނާއަށް ހެޔޮ ދުއާ ކޮށް ދިނީތީ ޝުކުރުވެރިވެ ދުއާތަކުގައި ބައިވެރިވެފައިވެ އެވެ.

އެ ހުރިހާ ރިޕްލައިތަކުން ދޭހަކޮށް ދެނީ ބުރުގާ އަޅާ އޭނާ ބަދަލުވި ބަދަލުވުމުގައި ދެމި ހުންނަން ބޭނުންވާ މިންވަރެވެ. ހެޔޮ އެދޭ މީހުންގެ ހެޔޮ ދުއާ ބޭނުންވާ މިންވަރެވެ.

ބުރުގާ އަޅައިގެން ދެވަނަ ފެނިލުން

ބުރުގާ ނާޅާ މީހުން ވެސް ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ގޮސް އުޅޭއިރު ބުރުގާ އަޅައިގެން ހުރެ ފޮޓޯ ނަގާ އާންމު ކުރެ އެވެ. ތާރީހަށްޓަކަ އެވެ. ފަހަށް ރައްކާ ކުރުމުގެ ބޭނުމުގަ އެވެ. ފޭނުންނާއި އެކުވެރީންނާއި އާއިލާގެ މީހުންނާއި ހިއްސާ ކުރުމަށެވެ.

އާޝާ ވެސް ފޮޓޯ އާންމު ކުރުމުން ބައެއް މީހުން ދެކުނީ އެގޮތަށެވެ. އުމްރާގެ އަޅުކަމަށް ބުރުގާއިން ނިވާވެލީ ކަމަށެވެ. އޭނާގެ ބައެއް ރައްޓެހިން ބުނި ގޮތުގައި އުމްރާއަށް ފުރުމުގެ ކުރީން އާޝާ ބުރުގާ އެޅި އެވެ. އަދި އެނބުރި އައިސް ވެސް އުޅެނީ ބުރުގާ އަޅައިގެންނެވެ.

އުމްރާގެ އަޅުކަމަށް ފަހު ފުރަތަމަ ފަހަރަށް އާޝާ ވަނީ ބުރުގާ އަޅައިގެން ހުރެ ނަގާފައިވާ ދެ ފޮޓޯއެއް ސްޓޯރީ ކޮށްފަ އެވެ. އެއް ފޮޓޯގައި ވަނީ އޭނާގެ އެންމެ ހާއްސަ ފަރާތެވެ. ދެން ވަރަށް ގާތް އެކުވެރި އެކެވެ.

ފިލްމީ މަސަައްކަތާއި ދުރަށް

އުމުރުން 21 އަހަރުގައި ފިލްމީ ދުނިޔެއަށް އާޝާ ތައާރަފު ކޮށް ދިނީ ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ޕްރޮޑަކްޝަން ހައުސް، ޑާކްރެއިންގެ ފިލްމަކުންނެވެ.

އޭގެ ފަހުން ފުލުފުލުގައި ގިނަ ފުރުސަތުތަކެއް ލިބުމުގެ ނަތީޖާައެއްގެ ގޮތުން ނުފޫޒުގަދަ ފިލްމީ ތަރިއަކަށް އޭނާވި އެވެ.

މީގެ ހަ އަހަރު ކުރީން 2019 ވަނަ އަހަރު އާޝާ ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ހައެއްކަ އަހަރު ފިލްމީ މަސައްކަތުގައި ހޭދަކުރަން ބޭނުން ކަމަށް ބުނެފަ އެވެ. އެ މުއްދަތު މިހާރު ހަމަވަނީ އެވެ.

އެހެން ކަމުން އާޝާގެ މި ބަދަލާއެކު އެންމެ ގިނަ ބަޔަކު ކުރާ އެއް ސުވާލަކީ ދެން އޭނާ ފިލްމެއް ކުޅެދާނެތޯ ކުރާ ސުވާލެވެ. އެ ސުވާލަށް ސީދާ އާޝާގެ ސާފު ޖަވާބެއް އަދި ތިލަނުވެ އެވެ. ނަމަވެސް އޭނާގެ ވަރަށް ގާތް އެކުވެރީން ބުނާ ގޮތުން ފިލްމީ މަސައްކަތުން ދެން އާޝާ ފެނުމަކީ ދުރުކަމެކެވެ. ފެނުނަސް ފެންނާނީ ބުރުގާއާ އެކު އެވެ.

ކެބިން ކުރޫގެ ވަޒީފާ އިން ފެނިދާނެތަ؟

ގދ. ގައްދޫ ގައި ކިޔެވުމުގެ މަރުހަލާ ނިންމުމަށް ފަހު އާޝާ މާލެ އައީ އިތުރަށް ކިޔެވުމުގެ ބޭނުމުގަ އެވެ. ލަންކާ އަށް ދިޔައީ އޭވިއޭޝަން ދާއިރާ އިން ޑިޕްލޮމާ ހަދާށެވެ.

ކިޔެވުން ފުރިހަމަ ކުރި އެވެ. ޑިޕްލޮމާ ނިންމާފަ މާލެ އައީ ވަޒީފާ އަކަށްދާން ނަމަވެސް ފިލްމީ މަސައްކަތުން ފުރުސަތު ލިބި ދުވަސްކޮޅަކު އެ މަސައްކަތުގައި ހޭދަކުރީ އެވެ.

އޭރުވެސް އާޝާގެ އުންމީދަކީ ހައެއްކަ އަހަރު ފަހުން ކެބިންކްރޫގެ ވަޒީފާއަށް ދިއުމެވެ. “މޭބީ ސިކްސް ވަރަކަށް އަހަރު ފަހުން ކެބިން ކްރޫ އެއްގެ ގޮތުގަ ވެސް ފެނިދާނެ،” މީގެ ހަ އަހަރުން 2019 އޮގަސްޓް މަހު ދިން އިންޓަވިއުއެެއްގައި އާޝާ ބުންޏެވެ.

ކޮމެންޓް
އެދުރުބެ
ވަރަށް އުފާވެއްޖެ. ހެޔޮ ދުޢާ
18 Apr 2025
ގުޅޭ ލިޔުންތައް
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.