ޝަރީޕް ރާއްޖެ ދޫކުރައްވާ ވަޑައިގެންނެވިވާހަކަ ދޮގު ކުރައްވައިފި

13 Oct 2018 | 14:50

އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ރާއްޖެ ދޫކުރައްވާ ފިއްލަވައިފި ކަމަށް މީސްމީޑިއާގައި ފަތުރަމުންގެންދާ ވާހަކަ ޝަރީފް ދޮގު ކުރައްވައިފިއެވެ.

ޝަރީފް ވިދާޅުވީ ރާއްޖެ ދޫކުރައްވާ ވަޑައިގަންނަވާފައިވާކަމަށް ޕީޕީއެމްގެ އިސްބޭފުޅަކު ފަތުރައްވަވައިގެން އުޅުއްވާ ހަބަރަކީ ދޮގު ހަބަރެއްކަމަށާއި އަދި އެބޭފުޅާއަށް މެސެޖް ކުރައްވާ ފުރާވަޑައި ނުގަންނަވާކަންވެސް ވާނީ ދަންނަވާފައި ކަމުގައި ވިދާޅުވިއެވެ.

ކުރިން ވިސްނުންފުޅުހުރީ އިންތިހާބް ނިމުމުން ރާއްޖެެއިން ބޭރަށް އާއިލީ ކަމެއްގައި ދުރުވަން ކަމަށާއި ނަމަވެސްް މިހާރު ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތްގޮތައް ބަލާ މިވަގުތު ރާއްޖެ ދޫކޮށް ދިއުން ރަނގަޅު ކަމުގައި ނުފެންނާތީ މަޑުކުރެއްވީ ކަމުގައި ވިދާޅުވިއެވެ.

އީސީގެ ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި ކޮމިޝަންގެ މެންބަރުން ކަމަށްވާ، އިސްމާއިލް ހަބީބް އަބްދުލްރަހުމާނާއި، އަހްމަދު އަކްރަމާއި، އަލީ ނަޝާތު ވަނީ ރާއްޖެ ދޫކުރައްވާ އަވައްޓެރި ސްރީލަންކާއަށް ވަޑައިގަންފައެވެ. އެބޭފުޅުން ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް އަދި ހާމައެއް ނުކުރައްވައެވެ.

އެބޭފުޅުން ރާއްޖެ ދޫކޮށްވަޑައިގެންފައި މިވަނީ އިންތިހާބާ ގުޅޭ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށައަޅުއްވާ ފައިވާ ދަނޑިވަޅެއްގައެވެ. ސުޕްރީމް ކޯޓުންވަނީ މިމައްސަލައިގެ އަޑުއެހުން އަންނަ އާދީތްތަ ދުވަހަށް ތާވަލުކޮށްފައެވެ. އަދި މި މައްސަލަ ލައިވް ކޮށްދެއްވުން އެދި ޖުމްހޫރީ ޕާޓިން އިސްވެ ތިއްބަވާ ޕެޓިޝަނެއް ހުށައެޅުމަށް ދަނީ ތައްޔާރުވަމުންނެވެ.

Advertisement

ކޮމެންޓް

Advertisement