.އެމެރިކާއިން ޔަމަނުގެ ބަނދަރަށްދިން ހަމަލާގެ ތެރެއިން.. ފޮޓޯ: ރޮއިޓާސް
ދުނިޔެ
19 Apr 2025 | 10:20
ޔަމަނުގެ ހޫޘީންކަމަށް ހީކޮށް އެމެރިކާއަށް ހަމަލާ ދެވުނީ، ޕެރެމެޑިކް ޓީމަކަށް!

ޔަމަނުގައި ހަރަކާތްތެރިވާ ހޫޘީންނަށް ހަމަލާދޭންވެގެން އެމެރިކާއަށް ޕެރެމެޑިކްސް ޓީމަކަށް ހަމަލާދެވިއްޖެއެވެ.

މިކަމާ ގުޅޭގޮތުން އަލް ޖަޒީރާއިން ބުނެފައިވަނީ ހޫޘީންގެ ބާރުގެ ދަށުގައިވާ ތެޔޮބަނދަރަކަށް އަމާޒުކޮށް އެމެރިކާއިްނ ދިން ވަރުގަދަ ހަމަލާތަކުގައި 84 މީހަކު މަރުވެ، 150 މީހަކު ޒަހަމްވެފައިވާކަމަށެވެ. އެމެރިކާއިން ބުނާގޮތުގައި ހަމަލާތައް ދިނީ ހޫޘީންނަށް ތެއޮ ފޯރުކޮށްދިނުމަށް ހިންގަމުންދާ އޮޕަރޭޝަންތައް ނައްތާލުމުގެ ގޮތުން ތެއޮ ބަނދަރަކަށެވެ. އަދި ތެއޮ ފޯރުކޮށްދީގެން އެމީހުނަށް ލިބޭ އާމްދަނީ ހުއްޓުވުމަކީވެސް އެމެރިކާއިން ދިން ހަމަލާތަކުގެ އެއް މަޤްސަދެވެ.

ނަމަވެސް އަލްޖަޒީރާއިްނ ބުނެފައިވަނީ، ޔަމަނުގެ ހުދައިދާ ސަރަހައްދުގެ ރަސް އިސާ ތެޔޮބަނދަރަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އަވަސްފަރުވާ ދިނުމަށް ހަރަކާތްތެރިވަމުން ދިޔަ ޕެރެމެޑިކުންކަމަށެވެ. އެމެރިކާގެ މި ހަމަލާތައް ޔަމަނުންވެސް ވަނީ ކުށްވެރިކޮށްފައެވެ. ހޫޘީން ބުނީ އެމެރިކާއިން ހަމަލާތައް އަމާޒުކުރީ އެހީގެ ޓީމްތަކަށް ކަމަށެވެ.

އެމެރިކާއިން ޔަމަނުގައި ހަރަކާތްތެރިވާ ހޫޘީންނަށް ހަމަލާދޭން ފަށާފައިވަނީ ރަތްކަނޑުން ދަތުރުކުރަމުންދާ އިސްރާއީލްގެ އާގުބޯޓުފަހަރުތަކަށް އަމާޒުކޮށް ހޫޘީން ދެމުންދާ ހަމަލާތަކުގެ ސަބަބުންނެވެ. މިކަމާ ގުޅޭގޮތުން ހޫޘީން ބުނެފައިވަނީ، އެމެރިކާއިން ކިތަންމެ ވަރަކަށް ހަމަލާތައް ދެމުންދިޔަ ނަމަވެސް، ޔަހޫދީ ސިފައިން ޢައްޒާއަށް ހަމަލާތައްދިނުން ހުއްޓާނުލާނަމަ، އިސްރާއީލްގެ ބޯޓުތަކަށް ދެމުންދާ ހަމަލާތައް ހުއްޓާނުލާނޭކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް