އީރާނުގެ ހާރިޖީ ވަޒީރު އަރްގްޗީ ރަޝިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން... ފޮޓޯ: ރޮއިޓާސް
ދުނިޔެ
19 Apr 2025 | 14:42
ނިއުކްލިއާ މައްސަލާގައި، އީރާނާއި އެމެރިކާގެ ވާހަކަތަކުގެ ދެވަނަބުރު މިއަދު ފަށަނީ!

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމުގެ މައްސަލާގައި އެމެރިކާ އާއި އީރާނުން ފަށާފައިވާ ވާހަކަތަކުގެ ދެވަނަ ބުރު މިއަދު ފެށުމަށް ތައްޔާރުވެއްޖެއެވެ.

ނިއުކްލިއާ މައްސަލާގައި އެމެރިކާ އާއި އީރާނާ ދެމެދު ވާހަކަތަކުގެ ފުރަތަމަ ބުރު މިދިޔަ ހޮނިހިރުދުވަހު ކުރިއަށްގެންގޮސްފައިވާއިރު، ދެ ޤައުމުގެ ދެމެދުގައި ވާހަކަތައް ކުރިއަށްގެންދަނީ ނުސީދާ ގޮތެއްގައެވެ. މި ވާހަކަތަކުގެ މެދުވެރިއެއްގެ ބައި އަދާކުރަނީ އޮމާނުންނެވެ. 

އެމެރިކާ އާއި އީރާނާ ދެޤައުމުގެ ދެމެދުގައި ކުރިއަށްދާ ނުސީދާ ވާހަކަތަކުގެ ދެވަނަ ބުރުގެ ވާހަކަތައް ފެށުމަށް އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރްގްޗީ މިހާރު ހުންނެވީ އިޓަލީގެ ރޯމްގައެވެ. މެދުއިރުމަތީގެ ބައެއް ހަބަރުތައް ބުނާގޮތުގައި މިއަދުގެ ބައްދަލުވުމުގައި އީރާނުން ޔޫރޭނިއަމް ފައްކާކުރަމުންގެންދާ ވާހަކަތަކާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ. ނަމަވެސް އީރާނުގެ މީޑިއާތަކުން ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ. އީރާނުގެ މީޑިއާތަކުން ބުނެފައިވަނީ، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހަނިކުރުމާ ގުޅޭގޮތުން ދައްކާ އެއްވެސް ވާހަކަތަކަކަށް އެޤައުމުގެ އޮފިޝަލުން ތާއީދެއް ނުކުރާނެއެވެ.

އީރާނު ސަރުކާރުންވެސް ވަނީ މީގެ ކުރިން މިމޭރުމުން ވާހަކަދައްކާފައެވެ. އީރާނުން ނިއުކްލިއާ ވާހަކައިގައި އީރާނަށް ދިން އިންޒާރުތަކާ ގުޅޭގޮތުންވެސް އެޤައުމުން ބުނެފައިވަނީ އީރާނުން ފަނާކުރަނިވި ހަތިޔާރު އުފައްދައިގެން ބާރުގަދަ ކުރުމުގެ ގޮތުން އެއްވެސް މަސައްކަތެއް ކުރަމުން ނުގެންދާކަމަށާއި، ނިއުކްލިއާ ބޭނުންކުރަނީ އެހެން ޤައުމުތަކެކޭ އެއްގޮތަށް ޤައުމުގެ އުފެއްދުންތެރިކަމުގައި އެކަނިކަމަށެވެ.

އީރާނުގެ ނިއުކްލިއާ މައްސަލާގައި ދެ ޤައުމުގެ ދެމެދުގައި ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ހީވެފައިވަނިކޮށް، ދެ ޤައުމުން ނުސީދާ ވާހަކަތައް ފެށުމާއެކު، މިހާރު ވަނީ ދެ ޤައުމުގެ ގުޅުން ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ. ނަމަވެސް އީރާނުން ހޫޘީންނަށް ވާގިވެރިވާ މައްސަލާގައި އެމެރިކާ އާއި އީރާނުގެ ގުޅުން އަދިވެސް އޮތީ ނުރައްކާތެރި ފައްތަރެއްގެ ތެރޭގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ހީވެސް ނުކުރާ ކަހަލަ ކަންކަމުން ވައިފައި ސިގްނަލަށް ހުރަސްއެޅޭ
ގޭތެރޭގައި ހުންނަ މައިކްރޯވޭވް އަވަނާއި މަސް ޓޭންކާއި ލޯގަނޑު ފަދަ އާންމު ތަކެތިން ވައިފައި ސިގުނަލަށް ބޮޑެތި ހުރަސްތައް އެޅޭކަން ވައިފައި ދާއިރާގެ ތަޖުރިބާކާރު އެލެކްސް ހިލްސް ހާމަކުރައްވައިފިއެވެ.
24 Jul 2026
ވީއައިއޭގައި ހިންގި ޚާއްޞަ އޮޕަރޭޝަން ނިންމާލައިފި
ޖުލައި މަހު ރާއްޖެއިން ޢުމްރާއަށް ދިޔަ 5,565 އަށްވުރެ ގިނަ މީހުން ފުރުވާލުމަށް އެމްއޭސީއެލްގެ ތިން ޑިޕާޓްމެންޓް ގުޅިގެން ވީއައިއޭގައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސައި، ދަތިކަމެއް ނެތި ޚިދުމަތް ފޯރުކޮށްދީފި.
24 Jul 2026
"ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް" ގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ ނޭޝަން
މި މުބާރާތަކީ، ކުރިއަށް އޮތްސަރަހައްދީ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާނެ އެންމެ ހުނަރުވެރި ޓީމެއްހޮވުމަށް ބާއްވާ މުބާރާތެކެވެ. އަދި ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ބައިނަލްއަގުވާމީ އީ-ސްޕޯޓްސް މުބާރާތް ކަމަށްވާ "ޕަބްޖީ މޯބައިލް ގްލޯބަލް ޗެމްޕިއަންޝިޕް" (ޕީ.އެމް.ޖީ.ސީ) އަށް ކޮލިފައިވުމަށް ރާއްޖޭގެ ޓީމްތަކުން ކުރާ ދަތުރުގެ ފެށުމެވެ.
24 Jul 2026
ދަރުމަވަންތައާއި އައިޖީއެމްއެޗަށް މިއަހަރު ދިވެހި 16 ޑޮކްޓަރުން
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ދަށުން ހިންގާ ދަރުމަވަންތަ ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ޚިދުމަތް ދެއްވުމަށް މި އަހަރުގެ މިހާތަނަށް ތަމްރީނު ފުރިހަމަކުރެއްވި ދިވެހި 16 ޑޮކްޓަރުން ގުޅިވަޑައިގެންފައިވާ ކަމަށް އެ ހޮސްޕިޓަލްތަކުގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
24 Jul 2026
ސައުދީ ނިއުކްލިއާ އެއްބަސްވުން ކުރިއަށް ގެންދެވޭނީ އިސްރާއީލް ބަލައިގަތީމާ
ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނީ، ސައުދީއަށް ޔުރޭނިއަމް މުއްސަނދިކުރުމާއި ނިއުކްލިއާ ރިއެކްޓަރުތައް ބިނާކުރުމަށް އެމެރިކާގެ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ހުއްދަ ދޭ އެއްބަސްވުން ތަންފީޒުވާނެ ހަމައެކަނި ގޮތަކީ އިސްރާއީލާއެކު ގުޅުން ގާއިމުކުރުމުން ކަމަށެވެ.
24 Jul 2026
ވަންގްޗުކްގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައިފި
އިންޑިއާގެ ތަޢުލީމީ ވަޒީރު ދަރްމެންދްރަ ޕްރަދާން ވަކިކުރުމަށް ގޮވައިލައި 26 ދުވަސް ވަންދެން ކުރިއަށް ގެންދިޔަ ސޯނަމް ވަންގްޗުކްގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ޤައުމުގައި ހަމަނުޖެހުން ހިނގައިފާނެ ކަމުގެ ބިރާ ގުޅިގެން ނިންމައިލައިފިއެވެ.
24 Jul 2026
ނީޓް ޕޭޕަރު ލީކްވި މައްސަލަ؛ ބޮޑުވަޒީރު މޯދީ ވިދާޅުވީ ހަރުކަށި ފިޔަވަޅު އަޅުއްވާނޭކަމަށް
24 Jul 2026
އައިއޭސީން ބަންގްލަދޭޝްގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފި