އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރްމްޕް- ފޮޓޯ/ އޭބީސީ
ދުނިޔެ
20 Apr 2025 | 09:45
ވެނެޒުއެލާގެ ގައިދީންތަކެއް ޑިޕޯޓްކުރަން ޓްރަމްޕް ނިންމި ނިންމުމާ ދެކޮޅަށް ސްޕްރީމް ކޯޓުގެ ހުކުމެއް

ވެނެޒުއެލާގެ ގައިދީންތަކެއް އެމެރިކާއިން ޑީޕޯޓްކުރަން، އެގައުމުގެ ރައީސް ޑޯނަލްޑް ޓްރަމްޕް ނިންމި ނިންމުން ތަންފީޒް ކުރުން ވަގުތީގޮތުން ހުއްޓާލުމަށް އެގައުމުގެ ސްޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ. 

އެ ކޯޓުން މިފަދައިން އަމުރު ނެރެފައިވަނީ 1798 ވަނަ އަހަރުގެ އޭލިއަން އެނެމީސް އެކްޓްގެ ދަށުން އެ މީހުންނާމެދު ޢަމަލުކުރެވިފައިވާ ގޮތާ ގުޅިގެން ޤާނޫނީ އިޖުރާއަތުތަކާ ގުޅޭ ކަންބޮޑުވުންތަކެއް ހުރުމާ ގުޅިގެން ކަމަށް ބުނެފައިވެއެވެ.

މި ބަންންދުކުރެވިފައިވާ މީހުންނަކީ ވެނެޒުއެލާގެ ގޭންގު ކަމަށްވާ ޓްރެން ދެ އަރަގުއާއާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ ބައެކެވެ. މިހާރު އެ މީހުން ތިބީ އުތުރު ޓެކްސާސްގައި ބަންދުކުރެވިފައެވެ. އަދި އެލް ސަލްވަޑޯގެ ސެކޯޓް ޖަލަށް ފޮނުވުމަށް ހަހަމަޖެހިފައިވެއެވެ.

އެމެރިކަން ސިވިލް ލިބަރޓީސް ޔޫނިއަން (އޭސީއެލްޔޫ) އިން ބުނެފައިވަނީ މި މީހުން ޤައުމުން ބޭރުކުރުމަށް ނިންމާފައިވަނީ ޝަރުޢީ އަޑުއެހުމެއް ނެތި ކަމަށާއި، އެ މީހުންނަށް ކޯޓެއްގައި އިއުތިރާޒުކުރުމުގެ ފުރުޞަތު ދީފައިނުވާ ކަމަށެވެ. މިއީ ޤާނޫނީ ގޮތުން ގޮންޖެހުމެއް ކަމަށް އޭސީއެލްޔޫ އިން ބުނެފައިވެއެވެ.

އޭލިއަން އެނެމީސް އެކްޓަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ބޭނުންކޮށްފައިނުވާ ޤާނޫނެކެވެ. މި ޤާނޫނުގެ ދަށުން އެމެރިކާގެ ރައީސަށް ވަރަށް ފުޅާ ބާރުތަކެއް ލިބިދެއެވެ. އެގޮތުން ޤައުމަށް ނުރައްކާވާނެ ކަމަށް ބެލެވޭ ޤައުމުތަކުގެ މީހުން ހައްޔަރުކޮށް ޤައުމުން ބޭރުކުރުމުގެ ބާރު ލިބިދެއެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް މި ޤާނޫނު ބޭނުންކުރަން ފެށީ މާރިޗު މަހުގައެވެ. އެއީ ވެނެޒުއެލާއިން ގޭންގު މެންބަރުން ކަމަށް ތުހުމަތުކުރެވޭ މީހުން އަވަހަށް ޤައުމުން ބޭރުކުރުމަށްޓަކައެވެ. ޓްރަމްޕް ވަނީ ވެނެޒުއެލާއަކީ ޤައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ލޭބަލްކޮށްފައެވެ.

ސީބީއެސް ނިއުސްއަށް އިސް އޮފިޝަލަކު ބުނެފައިވާ ގޮތުގައި އޭޕްރިލް 8 ގެ ނިޔަލަށް 261 ވެނެޒުއެލާގެ މީހުން އެމެރިކާއިން ބޭރުކޮށްފައިވެއެވެ. އޭގެ ތެރެއިން 137 މީހުން ބޭރުކޮށްފައިވަނީ އޭލިއަން އެނެމީސް އެކްޓްގެ ދަށުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް