މެންބަރު އިންތިގެ ކިބައިން މަޢާފަށް އެދުމަށް ވަގުތު ނޫހަށް އަންގައިފި!

11 May 2019 | 02:07

ރައްޔިތުންގެ މަޖިލީހުގެ މާާފަންނު އުތުުރު ދާާއިރާގެ މެންބަރު، އިމްތިޔާޒް ފަހުމީގެ ކިބައިން މަޢާފަށް އެދުމަށް އޮންލައިން ނޫސް ވަގުތަށް މޯލްޑިވްސް މީޑިޔާ ކައުންސިލުން އަންގައިފިއެވެ.

އެމްއެމްސީން މިގޮތަށް އަންގާފައިވަނީ ގުޅިފައިވާ ސިޔާސީ އިއްތިހާދުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތި ދެއްކެވި ވާހަކައަކާއި ގުޅިގެން އެ ނޫހުގައި ޝާއިއުކުރި ދެ ކޮންޓެންޓެއްގެ މައްސަލަ އިންތި ހުށައެޅުއްވުމާއި ގުޅިގެންނެވެ. އެ ދެ ސުރުޚީއަކީ "ބުދުދީންވެސް ރާއްޖެއަށް ވުރެ ރަނގަޅު- މެންބަރު އިމްތިޔާޒް" އަދި "ބުދު ދީނަށްވުރެ ރާއްޖޭގެ ކަންކަން ގޯސް- މެމްބަރު އިމްތިޔާޒް"، މިއެވެ.

ވަގުތު އޮންލައިންގެ ޗީފް އެޑިޓަރ މުޝައްރަފް ހަސަން ދީދީއަށް އެޑްރެސްކޮށް އެމްއެމްސީން ފޮނުވި ސިޓީގައި ބުނެފައިވަނީ އެ މައްސަލަ ބެލި ކޮމެޓީން ނިންމާފައިވަނީ އެއީ ވަކި ފަރުދެއްގެ ދީނީ މަސްލަހަތާއި ގުޅުވައިގެން ޝާއިއުކޮށްފައިވާ ކޮންޓެންޓަކަށް ވެފައި، ދިވެހި މީޑިޔާގެ އަޚުލާގީ ހަމަތަކާއި ޚިލާފުވާތީ އެ ކޮންޓެންޓް އިސްލާހުކުރުމަށާއި، ލިޔުމުގެ ދަށުން ހުރި ކޮމެންޓްތައް އުނިކުރުމަށާއި އަދި ވަގުުތުގެ ފަރާތުން އިންތިގެ ކިބައިން މަޢާފަށް އެދެން ޖެހޭކަމަށް ނިންމާކަމަށެވެ.

މިމައްސަލާގައި ވަގުތުގެ ޗީފް އެޑިޓަރ މިޝައްރަފް އަށް ވޮއިސްއިން ގުޅާލުމުން ބުނެފައިވަނީ ޕަބްލިޝްކުރި ކަމަށް ބުނެފައިވާ ހަބަރު ވަގުތު ވެބްސައިޓްގައި މިހާރު ނުހުންނާނެކަމަށާއި، މިއީ ވަގުތު ނޫހުގެ އަޑު ކަނޑުވާލަން ކުރަމުން އަންނަ ކަމެއްގޮތުގައި ބުނެފައެވެ.

މީގެ އިތުރުން ވަގުތު ހުއްޓުވުމަށް ސަރުކާރުގެ މިނިސްޓަރުން ކެންޕެއިން ކުރި މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅާފައި ވީނަމަވެސް އެމައްސަލަ މިހާތަނަށްވެސް ބަލާފައި ނުވާކަން އޭނާ ފާހަގަކުރިއެވެ. އަދި މިއީ މީޑިއާ ކައުންސިލްގެ މެންބަރުނެގް ގޮތުގައި ތިބި ކުދި މީޑިއާތަކުގެ މެންބަރުން ބޮޑު މީޑީއާ ހަލާކުކުރުމަށް ކުރަމުން އަންނަ ކަމެއްގޮތުގައި ސިފަކޮށްފައެވެ.

އެމްއެމްސީން ވަނީ ސިޓީއަކުން މަޢާފަށް އެދުމަށް ވަގުތު ނޫހަށް އަންގާފައެވެ.

އަދި އިންތިގެ ކިބައިން މަޢާފަށް އެދޭކަން ޕަބްލިޝްކުރުމަށްވެސް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement