އިންޑިއާގެ ފިނޭންސް މިނިސްޓަރ، ނިރްމަލާ ސިތާރަމަން.. ފޮޓޯ: ރޮއިޓާސް
ދުނިޔެ
21 Apr 2025 | 21:02
އިންޑިއާ-އެމެރިކާ ވިޔަފާރީގެ އެއްބަސްވުން މިއަހަރު ނިމޭނެ!

އިންޑިއާއާއި އެމެރިކާއާ ދެމެދު އެކުލަވާލާ ވިޔަފާރީގެ އެއްބަސްވުމުގެ ފުރަތަމަ ބައި މިއަހަރުގެ ޚަރީފު މޫސުމުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އުއްމީދުކުރެވޭކަމަށް އިންޑިއާގެ މާލީ ވަޒީރު ނިރްމަލާ ސިތާރަމަން ވިދާޅުވެއްޖެއެވެ.

އެމެރިކާއަށް ކުރައްވާ ދަތުރުފުޅެއްގައި ސެންފްރެންސިސްކޯގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ނިރްމަލާ ވިދާޅުވީ، އެމެރިކާއާއެކު މަޝްވަރާކުރަނީ ހަމައެކަނި ޓެރިފްތަކުގެ މައްސަލައިގައި ނޫންކަމަށާއި، އިންޑިއާގެ ވިޔަފާރީގެ އެންމެ ބޮޑު އެއް ބައިވެރިޔާއާއެކު މުހިއްމު މަޝްވަރާތަކެއް ކުރަން ޖެހިފައިވާކަމަށެވެ.

ނިރްމަލާ އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގައި އައި.އެމް.އެފް އަދި ވޯލްޑް ބޭންކުގެ ބަހާރު މޫސުމުގެ ބައްދަލުވުންތަކުގައި ވޮޝިންޓަން ޑީސީގައި ބައިވެރިވެވަވަޑައިގަންނަވާނެއެވެ. އަދި ޖީ-20 ގެ ގައުމުތަކުގެ މާލީ ވަޒީރުންނާއި މަރުކަޒީ ބޭންކްތަކުގެ ގަވަރުނަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓްއާއި، ޔޫ.އެސް ޓްރޭޑް ރެޕްރެޒެންޓޭޓިވްގެ އޮފީހުގެ އިސްވެރިންނާއިވެސް ބައްދަލުކުރައްވާނެ ކަމަށް އިންޑިއާއިން ބުނެއެވެ.

އެމެރިކާއިން އެކި ގައުމުތަކުން އެތެރެކުރާ މުދަލުން ޓެރިފް ނެގުމުގެ މައްސަލަ ބޮޑުވެފައިވާ މިދަނޑިވަޅުގައި، މިމައްސަލައިގައި އިންޑިއާގެ ފަރާތުން އެމެރިކާއާއެކު މަޝްވަރާކުރާ ޗީފް ނެގޯޝިއޭޓަރ ރަޖޭޝް އަގަރްވާލްވެސް މި ހަފްތާގެ ބުދަ ދުވަހު އެމެރިކާއަށް ވަޑައިގަންނަވާނެއެވެ.

އަނެއްކޮޅުން އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވޭންސް މިހާރު އުޅުއްވަނީ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.