އިންޑިއާ އާއި ޕާކިސްތާން ގުޅޭ ސަރަހައްދުކައިރި.. ފޮޓޯ: ހިންދުސްތާން ޓައިމްސް
ދުނިޔެ
24 Apr 2025 | 19:41
ޕާކިސްތާނުން އިންޑިއާ އާއެކު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލައިފި

ކަޝްމީރުގެ ރަށެއްކަމަށްވާ ބަހަލްގަމްގައި ދިން ހަމަލާތަކަށްފަހު، އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުން ވަރަށްބޮޑަށް ގޯސްވެ، ޕާކިސްތާނުން އިންޑިއާ އާއެކު އޮތް ވިޔަފާރީގެ ގުޅުންތައް ކަނޑާލައިފިއެވެ.

މިދިޔަ އަންގާރަދުވަހު ފަތުރުވެރިންގެ ބަޔަކަށް އަމާޒުކޮށްދިން އެ ހަމަލާތަކަށްފަހު އިންޑިއާ އާއި ޕާކިސްތާނު ދެޤައުމުގެ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް އަންނަނީ ބަދަލުކުރަމުންނެވެ. އިންޑިއާއިން މި ހަމަލާގެ ޒިންމާ އަޅުވަނީ ޕާކިސްތާނު ސަރުކާރުގެ ބޮލުގައެވެ. ނަމަވެސް ޕާކިސްތާނުން ވަނީ އިންޑިއާއިން ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ. ޕާކިސްތާނުން ބުނެފައިވަނީ ކަޝްމީރުގެ ބަހަލްގަމްގައި ދިން ހަމަލާގައި އެޤައުމުގެ އެއްވެސް އަތެއް ނޯންނާނެ ކަމަށެވެ.

އަލްޖަޒީރާއިން މީގެ ކުޑައިރުކޮޅެއް ކުރިން ބުނެފައިވަނީ، ޕާކިސްތާނުން އިންޑިއާއާ އެކު އޮތް ވިޔަފާރީގެ ގުޅުންތައް ވަގުތީގޮތުން ނިމުމަކަށް ގެނެސްފައިވާކަމަށެވެ. މީގެ އިތުރުން އިންޑިއާގައި ތިބި ޕާކިސްތާނުގެ އޮފިޝަލުންވެސް ކުރިއަށްއޮތް  ދުވަހުގެ ތެރޭގައި އެނބުރި ޕާކިސްތާނަށް އައުމަށް އެޤައުމުގެ ސަރުކާރުން އަންގާފައިވާކަމަށް އަލްޖަޒީރާއިން ބުންޏެވެ. މީގެ އިތުރުން ޕާކިސްތާނުން އިންޑިއާގެ ރައްޔިތުންނަށް ވިސާ ދިނުންވެސް ހުއްޓާލާފައިވާއިރު، އެޤައުމުގެ ވައިގެ ސަރަހައްދު ބޭނުންކުރުންވެސް މަނާކޮށްފައިވާކަމަށް އަލްޖަޒީރާއިން ބުންޏެވެ.

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނާގޮތުގައި އިންޑިއާއިންވެސް ވަނީ ޕާކިސްތާނާ ދެކޮޅަށް ފިޔަވަޅުތައް އެޅުމަށް ނިންމާފައެވެ. ނަމަވެސް މިކަމުގެ ތަފްސީލެއް އަދި އިންޑިއާ ސަރުކާރަކުން ހާމަކޮށްފައެއް ނުވެއެވެ.  ބަހަލްގަމްގައި ދިން ހަމަލާތަކަށްފަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ޓެރަރިސްޓުންނަށް ފިލާ ނުތިބެވޭނޭކަމަށް ވިދާޅުވެފައެވެ. އިންޑިއާއިން ތުހުމަތުކުރާ ގޮތުގައި ހަމަލާތައް ދީފައިވަނީ، ކަޝްމީރު މިނިވަންކުރުމުގެ ނަމުގައި ހަރަކާތްތެރިވާ ޕާކިސްތާނަށް ނިސްބަތްވާ ކަނާތުފިޔައިގެ ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ ލަސްކަރޭ ތައިބާއެވެ. 

 ބަހަލްގަމްގައި ބަޑިން ދިން ހަމަލާތަކުގައި 26 މީހަކު މަރާލާފައިވާއިރު 40 ހަށްވުރެ ގިނަ މީހުން ޒަހަމްވިއެވެ. މިއީ މި ފަހަކަށްއައިސް ކަޝްމީރުގެ އިންޑިއާ ކޮންޓްރޯލްކުރާ ސަރަހައްދުގައި ދިން މިފަދަ އެންމެ ނުރައްކާތެރި ހަމަލާއެވެ. މި ހަމަލާއާ ގުޅިގެން އެ ސަރަހައްދުގެ ހުރިހާ ހިދުމަތެއްކަހަލަ ގޮތަކަށް އޮތީ ހުއްޓިފައެވެ. ނަމަވެސް މިއަދު ބައެއް ފިހާރަތައް ހުޅުވާފައިވާކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް