އާލިއޯ އޯލިއޯ
ލައިފްސްޓައިލް
25 Apr 2025 | 09:56
މިހުކުރު ޗިކަން މަޝްރޫމް އާލިއޯ އޯލިއޯ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

އާލިއޯ އޯލިއޯ އަކީ ގިނަ ބަޔަކަށް މީރު، ތައްޔާރުކޮށްލަންވެސް މާ އުނދަގޫ ނޫން ކެއުމެކެވެ. މި ހުކުރު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ޗިކަން މަޝްރޫމް އާލިއޯ އޯލިއޯ ހަދާނެ ގޮތެވެ.

ބޭނުންވާ ތަކެތި

2 ޖޯޑު ކުދިކޮށް ކޮށާފައި ހުރި ބޯންލެސް ކުކުޅު

1 ދަޅު މަޝްރޫމް (ކުދިކޮށް ކޮށާފައި)

10 ބޮޑު ލޮނުމެދު (ކުދިކޮށް ކޮށާފައި)

10 ހިކިމިރުސް (ނޫނީ ބޭނުން ވަރަކަށް)

ސްޕެގެޓީ ބޮނޑިއެއް

2 ސައިސަމުސާ ލޮނު (ސްޕެގެޓީ ކައްކަން)

1/2 ޖޯޑު އޮލިވް އޮއިލް

1 ނޫޑްލްސް ސޫޕް ޕެކެޓް

ހިކަނދި ފަތް

ފެން

1/2 ސައި ސަމުސާ އަސޭމިރުސް

2 ޓޮމާޓޯ (ކިޔުބްކޮށް ކޮށާފައި)

ތެޔޮ (ކުކުޅު ކޮޅު ތެލުލަން) 

ތައްޔާރުކުރާނެ ގޮތް 

1) ލޮނުކޮޅަކާއި އަދި އަސޭމިރުސް ލައިގެން ކުކުޅު މަސްކޮޅު 5 މިނެޓް ވަރު ވަންދެން މެރިނޭޓް ކޮށްލާށެވެ. ދެން ތެޔޮ ފޮދުގެ ތެރޭގައި ތެލުލާލާށެވެ. 

2) އެއަށްފަހު، ފެނާއި، ލޮނާއި، ކުޑަ ތެޔޮ ފޮދެއް އަޅައިގެން ފެން އެތި ކައްކާލާށެވެ. ފެން ކެކެން ފެށުމުން ސްޕެގެޓީ ކޮޅު އަޅާލައިގެން ސްޕެގެޓީ މަޑު ވަންދެން ކައްކާލާށެވެ. 

3) ބޮޑު ތެއްޔަކަށް އޮލިވް އޮއިލްކޮޅު އަޅާ ހޫނު ކުރާށެވެ. ތެޔޮ ހޫނު ވީމައި ލޮނުމެދުކޮޅު އަޅާށެވެ. ލޮނުމެދުކޮޅަށް ރަންކުލަ އަރައި ކުޑަކޮށް މުރަނަ ވަންދެން މެދު ގިނީގައި ކައްކާށެވެ. ދެން ޓޮމާޓޯއާއި، މަޝްރޫމާއި، ހިކަނދިފަތާއި ހިކިމިރުސް އަޅާފައި 2-3 މިނިޓުވަންދެން އަނެއްކާވެސް ކައްކާލާށެވެ. ކައްކަމުން ދާއިރު ގެންދަންވާނީ ހުރިހާ އެއްޗެއް އެއްކުރަމުންނެވެ.

4) ދެން، ތެލުލާފައި ހުރި ކުކުޅުކޮޅާއި ނޫޑްލްސް ސޫޕް ކޮޅު އެ ތެއްޔަށް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން 2 މިނިޓުވަރު ހުރިހާ އެއްޗެއް އެއްކުރަމުން ކައްކާލާށެވެ.

5) ފަހު ކަމަކަށް، ސްޕެގެޓީކޮޅު ތެއްޔަށް އަޅާ އެއްކޮށްލާށެވެ. އެއަށްފަހު 2 މިނެޓް ވަރު ކައްކާލާށެވެ. 

ޗިކަން މަޝްރޫމް އާލިއޯ އޯލިއޯ އެހުރީ ތައްޔާރު ވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް