ދުނިޔެ
25 Apr 2025 | 15:25
އިންޑިޔާ-ޕާކިސްތާން ހަމަނުޖެހުން: އިންޑިޔާއިންވެސް ޕާކިސްތާނާއެކު ވިޔަފާރީގެ ގުޅުން ކަނޑާލައިފި

ޕަހަލްގާމް ޓެރަރިސްޓް ހަމަލާއާ ގުޅިގެން އިންޑިއާއިން ވެސް ޕާކިސްތާނާއެކު ކުރަމުން އައި ހުރިހާ ވިޔަފާރިއެއް ރަސްމީކޮށް ހުއްޓާލައިފިއެވެ. މި ހަމަލާއާއި ގުޅިގެން ޕާކިސްތާނުން އިއްޔެ ވަނީ އިންޑިޔާއާއެކު ވިޔަފާރީގެ ގުޅުން ވަގުތީގޮތުން ނިމުމަކަށް ގެނެސްފައެވެ. 

ގްލޯބަލް ޓްރޭޑް ރިސަރޗް އިނިޝިއޭޓިވް (ޖީޓީއާރްއައި) ގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ތިންވަނަ ޤައުމުތައް މެދުވެރިކޮށް ނުރަސްމީ ގޮތުން ދެގައުމުގެ ދެމެދުގައި ވިޔަފާރި ކުރިއަށް ދާނެއެވެ.

ހުކުރު ދުވަހު އިންޑިއާ ސަރުކާރުން މި ނިންމުން ނިންމާފައިވަނީ ޕަހަލްގާމްގައި ހިނގި ޓެރަރިސްޓް ހަމަލާގައި އިންޑިއާގެ ފަތުރުވެރިން މަރުވުމާ ގުޅިގެންނެވެ. މިކަމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުން ވަނީ އިތުރަށް ގޯސްވެގެން ގޮސްފައެވެ.

ޖީޓީއާރްއައި ގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރަސްމީ ވިޔަފާރި ހުއްޓުނު ނަމަވެސް އިންޑިއާގެ މުދަލަށް ޕާކިސްތާނުގައި އޮންނަ ޑިމާންޑް ނުހުއްޓޭނެއެވެ. އެހެންކަމުން ޕާކިސްތާނުން އިންޑިއާގެ މުދާ ގަންނާނީ ތިންވަނަ ޤައުމުތައް މެދުވެރިކޮށް، އަގުބޮޑުކޮށް ކަމަށް ބެލެވެއެވެ.

"ކުރުގޮތަކަށް ބުނާނަމަ، ބޯޑަރު ބަންދުކުރުމުން ހުއްޓޭނީ ރަސްމީ ވިޔަފާރި އެކަނި. ޑިމާންޑެއް ނުހުއްޓޭނެ. ޕާކިސްތާނުން އިންޑިއާގެ މުދާ ގަތުން ކުރިއަށް ގެންދާނެ. އެކަމަކު އަގު ބޮޑުކޮށް، އަދި ތިންވަނަ ޤައުމުތައް މެދުވެރިކޮށް،" ޖީޓީއާރްއައި އިން ބުނެފައިވެއެވެ.

ކަޝްމީރުގެ ޕަހަލްގާމް ސަރަޙައްދުގައި ދެވުނު ހަމަލާއެއްގައި 26 މީހުން ވަނީ މަރުވެފައިވާއިރު، އެ މައްސަލާގައި ދެގައުމުގެ ދެމެދުގައިވާ ބޯޑަރ ވަނީ ބަންދުކޮށްފައެވެ.

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބުނެފައުވަނީ މި "ނުބައި ޢަމަލު" ހިންގި ފަރާތްތަކަށް އަދަބު ދެވޭނެ ކަމަށާއި، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާ ކުރާނެ ކަމަށެވެ.

އިންޑިޔާއިން ދެކޭގޮތުގައި މި ހަމަލާގައި ޕާކިސްތާނުގެ ނުސީދާ ދައުރެއް އެބައޮތެވެ. ނަމަވެސް ޕާކިސްތާނުން މިކަން ވަރަށް ހަރުކަށި ގޮތެއްގައި ދޮގުކޮށްފައިވެއެވެ.

މި ހަމަލާއަކީ ފަހުގެ ތާރީޚެއްގައި ކަޝްމީރުގައި ހިނގި އެންމެ ނުރައްކާތެރި ހަމަލާތަކުގެ ތެރެއިން އެކެކެވެ. މިކަމުގެ ސަބަބުން ކުރިން ވެސް ގޯސްވެފައިވާ ދެޤައުމުގެ ގުޅުން އިތުރަށް ގޯސްވެދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.
08 Aug 2026
އަހަރުގެ މިހާތަނަށް 1.28 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހޯމަދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1,281,360 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށް އަދަދެއް ނަމަވެސް އޭގެ ކުރީއަހަރާ އަޅާބަލާއިރު އިތުރުވުމެކެވެ
08 Aug 2026
ބޯޑަރުގެ މައްސަލަތަކާ ބެހޭގޮތުން އިންޑިޔާ އާއި ޗައިނާއިން އިތުރު މަޝްވަރާތަކެއް
މި ބައްދަލުވުމުގައި ދެ ގައުމުން ވަނީ ސަރަހައްދީ ރޮނުގުގެ ހާލަތާ ބެހޭގޮތުން މަޝްވަރާކޮށް، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ބޯޑަރު ސަރަހައްދީ ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކޮށްފައެވެ.
08 Aug 2026
ނަޝީދުގެ ބޮޑު ބަދަލަށް ތާއީދެއް ނުކުރަން، އެ ނިޒާމު ވޯކެއް ނުކުރާނެ: ޔާމީން
"ބޮޑު ބަދަލު" ގެ ނަމުގައި ވެސް ކުރައްވަނީ އެ މަަސަައްކަތްކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ އެ ބަދަލަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.