އީރާނުގެ ހާރިޖީ ވަޒީރު އަރްގްޗީ މަސްކަޓަށް ޒިޔާރަތްކުރެއްވުން... ފޮޓޯ: އީރާން ޓުޑޭ
ދުނިޔެ
26 Apr 2025 | 12:38
އީރާނުގެ ނިއުކްލިއާ މައްސަލާގައި ކުރިއަށްގެންދާ ވާހަކަތަކުގެ ތިންވަނަ ބުރު މިއަދު ފަށަނީ!

އީރާނުގެ ނިއުކްލިއާ މައްސަލާގައި އެމެރިކާއާއެކު އީރާނުން ކުރިއަށްގެންދާ ނުސީދާ ވާހަކަތަކުގެ ތިންވަނަ ބުރު މިއަދު އޮމާނުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި ވާހަކަތަކުގައި ބައިވެރިވުމަށް އީރާނުގެ ހާރިޖީ ވަޒީރު، އައްބާސް އަރްގްޗީ ވަނީ އޮމާންގެ ވެރިރަށް މަސްކަޓަށް ވަޑައިގަންނަވާފައެވެ. އީރާނާ އެމެރިކާ ދެމެދު ކުރިއަށްގެންދާ ނުސީދާ ވާހަކަތަކުގެ މެދުވެރިއެއްގެ ބައި އަދާކުރަނީ އޮމާނުންނެވެ. މީގެ ކުރިން ދެ ބުރެއްގެމަތިން ވާހަކަތައް ކުރިއަށްގެންގޮސްފައިވާއިރު، އީރާން އަދި އެމެރިކާއިންވެސް ބުނެފަިއވަނީ މިހާތަނަށް ކުރިއަށްގެންދެވިފައިވަނީ ވަރަށް ބިނާކުރަނިވި ވާހަކަތަަކެއް ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް ކުރިއަށްގެންދިޔަ ވާހަކަތަކުގެ މާބޮޑު ތަފްސީލެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.

އީރާނާ އެމެރިކާ އާ ދެމެދު ނުސީދާ ވާހަކަތައް ކުރިއަށްގެންދަނީ އެމެރިކާގެ އޮފިޝަލުންނާއި އީރާނުގެ އޮފިޝަލުން ވަކިވަކި ކޮޓަރީގައި ތިއްބަވައިގެންނެވެ. ދެ ފަރާތުން ދައްކާ ވާހަކަތައް އެއްބަޔަކު އަނެއްބަޔަކާ ހިސާބަށް ގެންގޮސްދެނީ އޮމާނުގެ ކަމާ ބެހޭ އޮފިޝަލުންނެވެ. 

އީރާނާ އެމެރިކާ އާ ދެމެދު ނުސީދާ ވާހަކަތައް ފަށާފައިވަނީ، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލަންޖެހޭކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ފުލުފުލުގައި އިންޒާރުދެއްވުމުންނެވެ. ޓްރަމްޕް ވިދާޅުވެފައިވަނީ، އީރާނުން ނިއުކްލިއާ ޕްރޮގްރާމާމެދު ވާހަކަތައް ދައްކައިގެން ނޫނީ އެޤައުމަށް ސަލާމަތެއްނެތްކަމަށް ވިދާޅުވެފައެވެ. ނަމަވެސް އީރާނުން ބުނަމުން އަންނަނީ، އެޤައުމުން ނިއުކްލިއާ ބޭނުންކުރަނީ ފަނާކުރަނިވި ހަތިޔާރު އުފައްދަން ނޫންކަަމަށާއި، އޭގެ ބޭނުން ކުރަނީ އައު އީޖާދުތައް އުފެއްދުމަށް ކަމަށެވެ.

އީރާނާއި އެމެރިކާގެ ވާހަކަތައް ކުރިއަށްގެންދަން ފެށުމާއެކު ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ރަނގަޅުވިނަމަވެސް، އީރާނުން ހޫޘީންނަށް އެހީވާ މައްސަލާގައި އެމެރިކާއިން އަދިވެސް ދަނީ އެޤައުމަށް ފިއްތުންތައް ކުރިމަތިކުރުވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް