ކ. ތިލަފުށި: ފޮޓޯ/ އެޗްޑީސީ
ވިޔަފާރި
29 Apr 2025 | 10:21
ކ.ތިލަފުށީގައި ކްލިނިކެއް ހިންގާނެ ބަޔަކު ހޯދަނީ

ކ.ތިލަފުށީގައި ކްލިނިކެއް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ، މި މަޝްރޫޢުގެ ދަށުން ކްލިނިކް ހިންގުމަށް ކަނޑައަޅާފައިވަނީ 669.30 އަކަފޫޓުގެ ބޮޑުމިނުގެ ޓީއެލްސީ-ޖީ-01 ނަންބަރު ޔުނިޓު ކަމަށެވެ.

އެޗްޑީސީން ބުނީ މި ޔުނިޓް ކުއްޔަށް ދޫކުރުމަށް ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިގަތުން އޮންނާނީ 2025 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އަށް ކަމަށެވެ. އަދި ޕްރޮޕޯސަލްއާއެކު ބިޑް ސެކިއުރިޓީއެއް ހުށަހަޅަންޖެހޭނެ ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.

* މި މަޝްރޫޢާ ގުޅޭ ޕްރީ-ޕްރޮޕޯސަލް ބައްދަލުވުން އޮންނާނީ 2025 ވަނަ އަހަރުގެ މެއި މަހުގެ 4 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގައި ޒޫމް މެދުވެރިކޮށް.

* މަޝްރޫޢާ ގުޅޭ ސުވާލުތައް ހުށަހެޅުމުގެ ސުންގަޑިއަކީ މެއި މަހުގެ 7 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގައި.

* ސުވާލުތަކަށް ޖަވާބު ދިނުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 12 ވަނަ ދުވަހު

ޕްރޮޕޯސަލްތައް ހުށަހަޅަންޖެހޭނީ އެޗްޑީސީ ބިލްޑިންގގެ ގްރައުންޑް ފްލޯގައި ހުންނަ އެގްޒިބިޝަން ސެންޓަރަށެވެ.

އަދި ޕްރޮޕޯސަލްތައް ހުޅުވުން އޮންނާނީ ހަމަ އެދުވަހު މެންދުރުފަހު 2:00 ގައި އެތަނުގައެވެ.

މި މަޝްރޫޢާ ގުޅޭ އިތުރު މަޢުލޫމާތު އެޗްޑީސީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަކީ ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ޒިންމާއެއް ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެމެދު ރަސްމީ ވާހަކަތައް ބާއްވައިފި
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި މެލޭޝިޔާގެ ބޮޑުވަޒީރު ރަސްމީ ވާހަކަފުޅުތައް މިއަދު ބާއްވަވައިފިއެވެ.
15 Sep 2026
އޭލެވެލް ދަރިވަރުންނަށް އޮންލައިންކޮށް ނެގި ކްލާހަކުން ލަދުވެތި މަންޒަރެއް
އިމްތިޙާން ބޯމަތިވެފައިވާ މި ދަނޑިވަޅުގައި، "ދަނަތު ލާނިން ސެންޓަރ" ގެ ފަރާތުން ތަޖުރިބާކާރު ދިވެހި މުދައްރިސް އިލްޔާސް ޝުޖާޢު ކުރިއަށް ގެންދެވި މި ސެޝަނުގައި 300 އެއްހާ ދަރިވަރުން ބައިވެރިވިއެވެ.
15 Sep 2026
ރާއްޖޭގައި ތެޔޮ ހޯދުމުގެ ދިރާސާ ކުރުމަށް މަޝްވަރާކުރައްވާނެ ކަމަށް އަންވަރު ވިދާޅުވެއްޖެ
ރައީސް އޮފީހުގައި ދެ ލީޑަރުން ބޭއްވެވި ރަސްމީ ބައްދަލުވުމަށް ފަހު މީޑިއާތަކަށް ދެއްވި ގުޅިފައިވާ ބަޔާނުގައި ބޮޑުވަޒީރު އަންވަރު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން ތެލާއި އެ ނޫން ވެސް މައުދަންތައް ފެނިދާނެތޯ ބެލުމުގެ ފުރުސަތުތައް ހޯދައިދިނުމަށް ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފައިވާ ކަމަށެވެ. ޕެޓްރޯނަސް އަކީ ދުނިޔޭގެ ތަފާތު ސަރަހައްދުތަކުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ބައިނަލްއަޤުވާމީ ވަރުގަދަ ކުންފުންޏެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
15 Sep 2026
ރާއްޖެ އާއި މެލޭޝިއާއިން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަން މަޝްވަރާކޮށްފި
ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން "ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް" (ޕީޓީއޭ) އެއް އެކުލަވާލުމަށް ދެ ޤައުމުން އެއްބަސްވެއްޖެއެވެ.
15 Sep 2026
ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް މެލޭޝިއާއިން އެއްބަސްވެއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިފައިވާ 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީ ދިނުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
15 Sep 2026
ރާއްޖެއާއި މެލޭޝިއާއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
ދީނީ އަދި ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ފަހުމުނާމާ (އެމްއޯޔޫ) ތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.
15 Sep 2026
ސްޕޯޓްސް ކޮމިޝަނަރުގެ ޒިންމާތައް ވަގުތީ ގޮތުން ހާނިމްއާ ހަވާލުކޮށްފި
ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި ހުންނެވި މުޙައްމަދު ޠަލާލް އެހެން މަގާމަކަށް ބަދަލުކުރެއްވުމާ ގުޅިގެން، އެ އޮފީސް ހިންގުމުގެ އެންމެހައި ޒިންމާތައް ވަގުތީ ގޮތުން ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ހާނިމްއާ ހަވާލުކޮށްފިއެވެ.
15 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދަންނަވައިފި
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މިއަދު މަރުޙަބާ ދަންނަވައިފިއެވެ.