ރާބަދި ޗެލެންޖު 2025 ގެ މެޗެއް ކުރިއަށްދަނީ، މުބާރާތް ކުޅޭ ދަނޑުގައި އެލްއީޑީ އިސްތިހާރު ބޯޑު ވަނީ ބަހައްޓާފައި..
ކުޅިވަރު
02 May 2025 | 10:56
އެލްއީޑީ އިސްތިހާރު ބޯޑުތަކާއެކު މިއަހަރުގެ ރާބަދި ޗެލެންޖު އިތުރު ހަރުފަތަކަށް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންޓަރ ރިސޯޓް ފުޓްސަލް ޗެލެންޖު "އިންފިނިޓީ ޕްރޯ ރާބަދި ޗެލެންޖް 2025" ގެ މެޗަތައް ކުޅޭ މީދޫ ފުޓްސަލް ދަނޑުގައި އެލްއީޑީ އިސްތިހާރު ބޯޑު ބަހައްޓައި ރާބަދި ޗެލެންޖް ތާރީޚްގެ ތެރެއިން ޖާގަ ހޯދައިފިއެވެ.

ރާބަދި ޗެލެންޖްގެ މީޑިއާ ކޯޑިނޭޓަރު މާލިކު ވޮއިސް ސްޕޯޓްސް އާއި ވާހަކަ ދައްކަމުން ބުނީ "ގަލޮޅު ދަނޑުގައި މީގެ ކުރިން ރޯލިން ކެންވާސް އިސްތިހާރު ބޯޑު ބެހެއްޓި ނަމަވެސް، ރާއްޖޭގެ ކުޅިވަރު ދަނޑަކުން މުޅިން އަލަށް އެލްއީޑީ އިސްތިހާރު ބޯޑު ފެނިގެންމިދަނީ".. 

އިތުރަށް ވާހަކަ ދައްކަމުން މާލިކު ބުނީ "އަޅުގަނޑުމެން ކުލަބުގެ ފަރާތުން މަސައްކަތް ކުރަމުން މިދަނީ އަހަރަކަށްފަހު އަހަރެއް މުބާރާތުގެ އިންތިޒާމުތައް ރަނގަޅުކުރުމަށް.. އެގޮތުން މިއަހަރުގެ މުބާރާތުގައި އެލްއީޑީ އިސްތިހާރު ބޯޑު ބެހެއްޓިގެން ދިއުމަކީ މުބާރާތައް ލިބިގެންދާނެ އިތުރު ފުރިހަމަކަމެއް"... 

މީދޫ ޖަމްޢިއްޔަތުއް ޞަލާޙުގެ ފަރާތުން އިންތިޒާމްކޮށްގެން ރ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތަކީ އިންތިޒާމުތަކަށް ބަލާއިރު ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ފެންވަރު ރަނގަޅު އެއް ފުޓްސަލް މުބާރާތެވެ.

އެގޮތުން 2019 ވަނަ އަހަރު ބާއްވަން ފެށި މިމުބާރާތް އެކި ސަބަބުތަކާ ހުރެ 2020 އަދި 2021 ވަނަ އަހަރު ނުބޭއްވި ދިއުމަށް ފަހު 2022 ވަނަ އަހަރު ވަނީ އަލުން ބާއްވަން ފައްޓާފައެވެ. އަދި ފާއިތުވެދިޔަ އަހަރުތަކުގައި ކޮންމެ އަހަރަކު ވެސް މުބާރާތުގެ ގުރުލުމާއި، މުބާރާތް ފެށުމުގެ ރަސްމިޔާތުގެ އިތުރުން ނިންމުމުގެ ރަސްމިޔާތް ވެސް އަންނަނީ އަހަރަކަށްވުރެ އަހަރެއް ކުލަގަދަކޮށް ބާއްވަމުންނެވެ.

އެގޮތުން މިއަަހަރުގެ މުބާރާތުގެ ގުރުލުމާއި މުބާރާތް ފެއްޓުމުގެ ރަސްމިއްޔާތު އެހެން އަހަރުތަކަށްވުރެ ކުލަގަދަކޮށް ބޭއްވިއިރު، ދިވެހި ފުޓްބޯޅައިގެ ނަން މަޝްހޫރު ގިނަ ތަރިންތަކެއް ވަނީ މިދެ ރަސްމިއްޔާތުން ފެނިގެން ގޮސްފައެވެ.

މީގެ އިތުރުނަ މި އަހަރުގެ ރާބަދި ޗެލެންޖުގައި ޖުމްލަ 15 ރިސޯޓަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށް ދަނީ ބައިވެރިވި 15 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު މުބާރާތުގެ ކުއާޓާ ފައިނަލަށް ހޮވޭގޮތަށެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސާއަކީ އިންފިނިޓީ ޕްރޯއެވެ. އަދި ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު، މީޑިއާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.