ޕާކިސްތާނުން ޓެސްޓްކުރި މިސައިލް.. ފޮޓޯ: ފައިނޭންޝަލް އެކްސްޕްރެސް
ދުނިޔެ
03 May 2025 | 17:36
ޕާކިސްތާނުން ބެލަސްޓިކް މިސައިލެއް ޓެސްޓްކޮށްފި

ޕާކިސްތާނާއި އިންޑިއާގެ ގުޅުން ހޫނުވެފައިވަނިކޮށް ޕާކިސްތާނުން ބެލަސްޓިކް މިސައިލެއް ޓެސްޓްކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ޕާކިސްތާނު ސަރުކާރުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެޤައުމުގެ އަސްކަރިއްޔާގެ ޤާބިލްކަން އިތުރުކުރުމަށް އަބްދާލީ ނަމުންނަންދީފައިވާ މިސައިލް ކާމިޔާބުކަމާއެކު ޓެސްޓްކޮށްފައިވާކަމަށެވެ. ޕާކިސްތާނުން ބުނީ މިއީ 450 ކިލޯމީޓަރުގެ ރާސްތާއަށް ދަތުރުކުރުމުގެ ޤާބިލްކަން ލިބިގެންވާ މިސައިލެއްކަމަށެވެ. މިފަދަ މިސައިލެއް ތަޖުރިބާކުރުމުގެ އެންމެ މުހިއްމު މަޤްސަދުތަކުގެ ތެރޭގައި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ހިމެނޭކަމަށްވެސް އެޤައުމުގެ ސަރުކާރުން ބުންޏެވެ.

ޕާކިސްތާނުން ޓެސްޓްކުރި މި މިސައިލަކީ ގިނަ އަދަދަކަށް ގޮވާތަކެތި އުފުލުމުގެ ޤާބިލްކަން ލިބިގެންވާ މިސައިލެކެވެ. މި މިސައިލަކީ މިލިޓަރީ ބޭސްތަކާއި، އިންޑަސްޓްރިއަލް ސަރަހައްދުތަކަށް ހަމަލާދިނުމަށް ހާއްސަ މިސައިލެއްކަމަށް ޕާކިސްތާނު ސަރުކާރުން ބުނެއެވެ.

ޕާކިސްތާނުން މިސައިލެއް ޓެސްޓްކޮށްފައިމިވަނީ ކަޝްމީރުގެ އިންޑިއާ ކޮންޓްރޯލްކުރާ ސަރަހައްދުގެ އަވަށެއްކަމަށްވާ ބަހަލްގަމްގައި ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަކަށްފަހު، އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ވަރަށްބޮޑަށް ހޫނުވެފައިވަނިކޮށެވެ. މި ހަމަލާއާ ގުޅިގެން ދެ ޤައުމުގެ ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުން ވަގުތީގޮތުން ހުއްޓުމަކަށް އައިސްފައެވެ. މި މައްސަލާގައި ދެ ޤައުމުގެ ވައިގެ ސަރަހައްދު ހިއްސާކުރުން ހުއްޓުމަކަށް އައިސްފައިވާއިރު، އިންޑިއާއިންވެސް ވަނީ މިލިޓަރީ އޮޕަރޭޝަންތަކެއް ފަށާފައެވެ. 

އިންޑިއާއިން މި ހަމަލާގެ އިނގިލި ދިއްކުރަނީ ޕާކިސްތާނު ސަރުކާރަށެވެ. ނަމަވެސް ޕާކިސްތާނު ސަރުކާރުން ވަނީ އެޤައުމާ ހަމަލާއާ ގުޅުމެއްނެތްކަމަށް ބުނެފައެވެ. ފަތުރުވެރިންގެ ބަޔަކަށް އަމާޒުކޮށް މިދިޔަ މަހު ދިން އެ ހަމަލާތަކުގައި 26 މީހަކު މަރާލާފައިވާއިރު 40 ހަށްވުރެ ގިނަ މީހުން ޒަހަމްވިއެވެ. މިއީ މި ފަހަކަށްއައިސް ކަޝްމީރުގެ އިންޑިއާ ކޮންޓްރޯލްކުރާ ސަރަހައްދުގައި ދިން މިފަދަ އެންމެ ނުރައްކާތެރި ހަމަލާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.