ލައިފްސްޓައިލް
11 May 2025 | 11:09
ދަރިންތަރުބިއްޔަތު ކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި ސްޓްރެސްއާ ކުރިމަތިލާނެ ގޮތްތައް!

ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ ގިނަ ގުނަ ސަވާބު ލިބޭ އަދި ގޮންޖެހުން ބޮޑު ކަމެކެވެ. އެހެންކަމުން އޭގެ ސަބަބުން، ސްޓްރެސް ތަޖުރިބާ ކުރަން ޖެހުމަކީ ޠަބީޢީ ކަމެކެވެ. އެހެން ކަމުން މި ލިޔުމުގައި ބަލާލާނީ ދަރިންތަރުބިއްޔަތު ކުރުމުގައި ދިމާވާ ގޮންޖެހުން ތަކުގެ ސަބަބުން ކުރިމަތިވާ ސްޓްރެސްއާ މެނޭޖުކުރާނެ ގޮތުގެ މައްޗަށެވެ. 

1. ކެތްތެރިވުން

ދަރިން ހެދިބޮޑުވަމުން އަންނައިރު އެކުދިން އަންނާނީ އައު ތަޖުރިބާތަކާއި އައު ކަންކަން ދަސްކުރަމުންނެވެ. އެއާއެކު އެކުދިންގެ ބެލެނިވެރިންވެސް ތަޖުރިބާ ކުރަންޖެހޭ ކަންކަން ތަފާތުވެ ގޮންޖެހުންތައް އިތުރުވާންފަށައެވެ. އެހެން ކަމުން، އެފަދަ ޙާލަތެއްގައި އެންމެ މުހިންމު އެއްކަމަކީ ކެތްތެރިކަން އިސްކުރުމެވެ. އަދި އެކުދިންގެ ނަޒްރިއްޔާ ތަކާ ވިސްނުންތައް ދެނެގަންނަން މަސައްކަތް ކުރަންޖެހެއެވެ. އަދި އެފަދައިން ކަންކަން ދިމާވާ ސަބަބުތައް ދެނެގަނެ، އެކަމާ ކުރިމަތިލާން ތައްޔާރުވާން ޖެހެއެވެ. މިފަދައިން ކަންކޮށް، ގޮންޖެހުންތަކާއި ކެތްތެރިކަމާއި ޙިކްމަތްތެރި ކަމާއެކު ކުރިމަތިލުމުން އެއިން ކުރިމަތިވާ ސްޓްރެސް މެނޭޖްކުރުމަށް ފަސޭހަ ވާނެއެވެ.

2. އަމިއްލަ ނަފްސަށް ވަގުތު ހުސްކުރުން

ދަރިންތަރުބިއްޔަތު ކުރުމަކީ ނުހަނު ބުރަ ބޮޑު މަސައްކަތެއް ނަމަވެސް، އެކަންކަމާއި، ގޭތެރޭގައި ހުންނަ ކަންކަމުން ހުސްވެ، އަމިއްލަ ނަފްސު ހިތްހަމަ ޖައްސާލުމަށް ކޮންމެ ދުވަހަކުވެސް ވަކި ވަގުތުކޮޅެއް ހުސްކޮށްލުމަކީ ވަރަށް މުހިންމު ކަމެކެވެ. އެވަގުތު ކޮޅަކީ، ތިމާ ހިތްހަމަޖެހޭ ކަމެއް ކޮށްލުމަށް ހޭދަކުރާ ވަގުތުކޮޅެއް ކަމަށް ހަދާށެވެ. އެއީ ރަހުމަތްތެރިންނާއެކު ވަގުތު ހޭދަކޮށްލުން ކަމުގައި ވިޔަސް، ނޫނީ ބޭރަށް ގޮސް އިރުއޮއްސޭ މަންޒަރު ބަލައިލުން ފަދަ ކަމެއް ކޮށްލުން ނަމަވެސް، ތިމާއަށް ހިތްހަމަ ޖެހުން ލިބޭ ކަމެއް ކޮށްލާަށެވެ. މީގެ އިތުރުން، ކަސްރަތު ކުރުމާއި ހިނގާލަން ދިޔުމަކީވެސް ސްޓެރެސް މެނޭޖުކުރަން މުހިންމު ކަމެކެވެ.

3. އެހެންމީހުންގެ އެހީ ހޯދުން

ދަރިންތަރުބިއްޔަތު ކުރުމަކީ އެކަނި އެކަކު ކުރަން ވެއްޖެނަމަ ގޮންޖެހުންބޮޑު، ކަމަކަށްވާނެ އެވެ. އެހެންކަމުން، މައިންބަފައިންނާއި ޢާއިލާގެ އެހެން މީހުންގެ އެހީ ހޯދުމަކީ މުހިންމު ކަމެކެވެ. ޚާއްސަކޮށް ތިމާގެ އަމިއްލަ ނަފްސަށް ޚާއްސަ ކިރާ ވަގުތުކޮޅުގައި ދަރިން އެހެން މީހަކާއި ހަވާލުކޮށްލުމަކީ މުހިންމު ކަމެކެވެ. 

4. ވަކި ތާވަލަކާ އެއްގޮތަށް މަސައްކަތް ކުރުން

އަބަދުވެސް އެއްގޮތަކަށް ވަކި ތާވަލަކާއި އެއްގޮތަށް މަސައްކަތްތައް ބައްޓަން ކޮށްލުމަކީ، ކަންކަން ކުރުމަށާއި، ފޮލޯ ކުރުމަށް ފަސޭހަވާނެ ކަމެކެވެ. އެކަމުގެ ސަބަބުން ކުދިންނަށްވެސް އެކުދިން އެ ދުވަހެއްގައި ކުރަންޖެހޭ ކަންކަމަށް ސިކުނޑި ތައްޔާރު ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. އަދި ތިމާއަށްވެސް ކަންކަން ނުވުމާއި ފުނި ޖެހުން ފަދަ ކަންކަމުން ލިބިދޭ ސްޓްރެސް ކުޑަކުރުމަށް މަގުފަހިވެގެން ދެއެވެ. 

5. ގިނަގިނައިން ދުޢާ ކުރުމާއި ޝުކުރު ކުރުން

ދަރިންތަރުބިއްޔަތު ކުރުމަކީ ބުރަ ކަމެއް ނަމަވެސް، ހަނދާން ކުރަންޖެހޭ ކަމަކީ، އެއްވެސް ނަފްސަކަށް އެ ނަފްސަކަށް ނުއުފުލޭވަރުގެ ބުރައެއް މާތް الله ނުޖައްސަވާނެ ކަމެވެ. އެހެންކަމުން، މީހާ ސްޓްރެސްވެ، ހިތްދަތިވެ، ގޮތް ހުސްވެގެންދާ ވަގުތުގައި، ކެތްތެރިކަމާއި ސާބިތުކަން ދެއްވައި، ކަންކަން ރަނގަޅު ކޮށްދެއްވުން އެދި މާތް الله އަށް ދެންނެވުމަކީ ނަފްސަށް ބޮޑު ލުޔެއް ލިއްބައިދޭނެ ކަމެކެވެ. ހަމަ އެހެންމެ، ފަރުޟު ނަމާދު ތަކަަށް ރައްކާތެރިވެ، ގިނަ ގިނައިން ޒިކުރު ކުރުމާއި ޤަވާއިދުން ޤުރުއާން ކިޔެވުމަކީވެސް ހިތަށް ހިތްހަމަޖެހުން ލިއްބައިދޭނެ ކަމެކެވެ.

މިކަން ކަމުގެ އިތުރުން، ކޮންމެހެން ބޭނުންވާނަމަ ޕްރޮފެޝަނަލް އެހީތެރިކަން ހޯދުމަކީވެސް މުހިންމު ކަމެކެވެ. އެގޮތުން ކައުންސެލަރ ނުވަތަ ތެރަޕިސްޓެއްގެ އިރުޝާދު ހޯދައި ސްޓްރެސް އާއި ކުރިމަތިލާން ޖެހޭ ސްޓްރެޓެޖީތައް ހޯދައި އެއާ އެއްގޮތަށް ޢަމަލު ކުރުމަކީ މުހިންމު ކަމެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.