ރިޓޯ ސޮލިއުޝަންސްގެ ޑައިރެކްޓަރ އޮފް އޮޕަރޭޝަން އަލީ ރިފާއު އެވެ. އަދި ނިޔާ އެކަޑަމީގެ އެޑްވައިޒަރު މުހައްމަދު ޒަރީރު އެވެ.
ކުޅިވަރު
18 May 2025 | 17:12
މުރައިދޫ އިންވިޓޭޝަނަލް ވެޓަރަންސް ވޯލީބޯޅަ ޓޯނަމެންޓް 2025 ގެ ބެވަރޭޖް ޕާޓްނަރަކަށް ރިޓޯ ސޮލިއުޝަން

މުރައިދޫ އިންވިޓޭޝަނަލް ވެޓަރެންސް ވޮލީބޯޅަ ޓޯނަމެންޓް 2025ގެ އޮފިޝަލް ބެވަރޭޖް ޕާޓްނަރަކަށް ރިޓޯ ސޮލިއުޝަންސް ހަމަޖައްސައިފި އެވެ.

މުބާރާތުގެ ބެވަރޭޖް ޕާޓްނަރާއެކު ވޮއިސް އޮފީހުގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރިޓޯ ސޮލިއުޝަންސްގެ ފަރާތުން ސޮއިކުރީ ޑައިރެކްޓަރ އޮފް އޮޕަރޭޝަން އަލީ ރިފާއު އެވެ. އަދި ނިޔާ އެކަޑަމީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރީ އެކަޑަމީގެ އެޑްވައިޒަރު މުހައްމަދު ޒަރީރު އެވެ.

މި މުބާރާތަކީ ހއ.މުރައިދޫގެ "ނިޔާ އެކަޑަމީ"ގެ ފަރާތުން އިންތިޒާމުކޮށް ތިލަދުންމަތީގެ ރަށްތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ އިތުރުން ކުރީގެ ހުނަރުވެރި ވޮލީބޯޅަ ކުޅުންތެރިންނަށް، ވާދަވެރި އަދި އެކުވެރި މާހައުލެއްގައި އެކުޅުންތެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމުގެ އިތުރުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި އެ އެކަޑަމީގެ ފަރާތުން 35 އަހަރުން މަތީގެ މީހުނަށް ޚާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ.

އެގޮތުން މިމުބާރާތުގައި މުރައިދޫގެ އިތުރުން ތިލަދުންމަތީގެ އިތުރު ނުވަ ރަށަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި 10 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.

2018 ވަނަ އަހަރު ރަޖިސްޓްރީކުރެވުނު ރިޓޯ ސޮލިއުޝަންސްއަކީ މިވަގުތު ރާއްޖޭގައި ބޯފެން ސާފުކުރުމުގެ ދާއިރާގައި ގިނަބައެއްގެ އިތުބާރު ހޯދާފައިވާ މިދާއިރާގައި އެންމެ މަގުބޫލް އެއްވިޔަފާރިއެވެ. 

ހުޅުމާލެ ހިތިގަސްމަގު ގޯޅި 6 ގައި ރިޓޯ ސޮލިއުޝަންސްގެ ޝޯރޫމް ހުންނައިރު، އެކުންފުނިން މިހާރު ވެސް އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 5000 އަށްވުރެ ގިނަ ގޭބިސީއަށާއި އޮފީސް، ކެފޭ/ރެސްޓޯރަންޓް އަދި ގެސްޓްހައުސްތަކަށް ޚިދުމަތް ދެމުންނެވެ.

ރިޓޯއިން ވިއްކާ އަދި ހަރުކޮށްދޭ ފެން ސާފުކުރާ މެޝިންތަކަކީ ފެންވަރު ރަނގަޅު ކޮލެޓީ މެޝިންތަކެކެވެ. އަދި މިއިން ކޮންމެ މެޝިނަކަށް ވެސް އެކުންފުނީގެ ފަރާތުން ދެއަހަރު ދުވަހުގެ ވޮރެންޓީއެއް ދެއެެވެ. މީގެ އިތުރުން އެކުންފުނީގެ އެހެނިހެން ޚިދުމަތްތަކުގެ ތެރޭގައި ގަވާއިދުން މިމެޝިންތަކުގެ ފިލްޓަރ ބަދަލުކުރުމާއި މެޝިނަށް ދިމާވާ އެހެނިހެން މައްސަލަތައް ހައްލުކޮށްދިނުން ވެސް ހިމެނެއެވެ.

އެގޮތުން ރާއްޖޭގެ އެކި އަތޮޅުތަކުގައި ތިބޭ އޭރިއާ މެނޭޖަރުންގެ އެހީތެރިކަމާއެކު ކަސްޓަމަރުންނަށް ވީހާވެސް އަވަސް ޚިދުމަތެއް ދިނުމަށް ރިޓޯއިން ޚާއްސަ އިސްކަމެއްދެއެވެ. އަދި  އެއްވެސް މައްސަލައެއް ފެން މެޝިނަކަށް ދިމާވެގެން ރިޕޯޓްކޮށްފިނަމަ ހަތަރު ގަޑިއިރު ތެރޭގައި އެކަމަށް ފުރިހަމަ ހައްލެއް ހޯދައިދޭނެކަމުގެ ޔަގީންކަން ރިޓޯއިން ކަސްޓަމަރުންނަށް ދެއެވެ. 

މީގެ އިތުރުން އިތުބާރުހުރި ޚިދުމަތާއި، ރިޓޯ އެސް-ވަން ފެން ސާފުކުރާ މެޝިން ފަދަ ޒަމާނީ މެޝިންތަކާއިއެކު ކަސްޓަމަރުންނަށް އިސްކަންދޭ ޓީމެއްގެ ސަބަބުން، ރިޓޯ އަކީ އާއިލާތަކާއި ވިޔަފާރިތަކުން އުފަލާއިއެކީ އިޚްތިޔާރުކުރާ ޚިދުމަތެކެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.