އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެން: ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
19 May 2025 | 07:17
އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންއަށް ކެންސަރު ޖެހިއްޖެ

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންއަށް ޕްރޮސްޓޭޓް ކެންސަރު ޖެހިއްޖެއެވެ. މިކަން ހާމަވެފައިވަނީ ހުކުރު ދުވަހު ކުރެވުނު މެޑިކަލް ޗެކަޕެއްގައެވެ.

82 އަހަރުގެ ބައިޑެންއަށް މި ބަލި ޖެހިފައިވާކަން ދެނެގަނެވިފައިވަނީ އޭނާއަށް ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކެއް ފާހަގަވެގެން ޓެސްޓްތައް ހެދުމުން ކަމަށް އޭނާގެ ރަސްމީ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ. 

އެގޮތުން އެ ބަޔާނުގައި ބުނެފައިވަނީ މިއީ ވަރަށް އަވަހަށް ފެތުރޭ ބާވަތެއްގެ ކެންސަރެއް ކަމަށާއި، ނަމަވެސް މިއީ ހޯމޯން ސެންސިޓިވް ކެންސަރެއް ކަމަށް ވާތީ ފަރުވާ ދިނުމަށް ފަސޭހަވާނެ ކަމަށެވެ. އަދި މި ވަގުތު ބައިޑަން އަދި އޭނާގެ އާއިލާއިން ޑޮކްޓަރުންނާއެކު ފަރުވާ ކުރެވޭނެ ގޮތްތައް ބަލަމުންދާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ބައިޑެންއަށް ކެންސަރު ޖެހުނުކަން ހާމަކުރުމާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބައިޑަންއަށް އަވަސް ޝިފާއަކަށް އެދިފައެވެ.

އަދި ބައިޑަންގެ ނައިބު ރައީސް ކަމަލާ ހެރިސް ވަނީ ބައިޑަންއަކީ ވަރުގަދަ ”ފައިޓަރެއް“ ކަމަށް ބުނެ، އޭނާއަށް އަވަސް ޝިފާއަކަށް އެދިފައެވެ.

ޕްރޮސްޓޭޓް ކެންސަރަކީ ފިރިހެނުންގެ މެދުގައި އެންމެ އާންމުކޮށް ޖެހޭ ކެންސަރެވެ. އެމެރިކަން ކެންސަރ ސޮސައިޓީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެމެރިކާގެ ކޮންމެ 8 ފިރިހެނުންގެ ތެރެއިން 1 ފިރިހެނަކަށް މި ބަލި ޖެހެއެވެ.

އަދި މިއީ ފިރިހެނުންގެ މެދުގައި ކެންސަރުގެ ސަބަބުން ދެވަނައަށް އެންމެ ގިނަ މީހުން މަރުވާ ބާވަތުގެ ކެންސަރެވެ.

ބައިޑަންއަށް ޖެހިފައިވާ ކެންސަރުގެ ގްލީސަން ސްކޯރއަކީ 9 (ގްރޭޑް ގުރޫޕް 5) ކަމަށް އޭނާގެ އޮފީހުން ހާމަކޮށްފައިވެއެވެ. މިއީ އެންމެ ”އެބްނޯމަލް“ މަތީ ގްރޭޑްގެ ކެންސަރެވެ. އެހެންކަމުން ބައިޑަންއަށް ޖެހިފައިވާ ކެންސަރުގެ ވަރަށް ނުރައްކާތެރި އިރު، މިހާރު ކެންސަރު ވަނީ ކަށިތަކަށްވެސް ފެތުރިފައެވެ. 

ބައިޑެންއަށް ކެންސަރު ޖެހިފައިވާއިރު، އޭނާގެ ބީއު ބައިޑެން، 2015 ވަނަ އަހަރު މަރުވެފައިވަނީވެސް ކެންސަރު ޖެހިގެންނެވެ. ބައިޑެންގެ ދަރިފުޅަށް ޖެހުނީ ބްރެއިން ކެންސަރެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް