އެމެރިކާ، އޮސްޓްރޭލިއާ އަދި ފިލިޕިންސް ކުރިއަށްގެންދާ ތަމްރީނުތަކުގެ ތެރެއިން.. ފޮޓޯ: ފިލިޕީންސް ނޭވީ
ދުނިޔެ
21 May 2025 | 13:20
އެމެރިކާ އާއި ފިލިޕީންސް އަނެއްކާވެސް ތަމްރީނުތަކެއް ހަދަނީ

އެމެރިކާ އަދި ފިލިޕީންސް ގުޅިގެން އަނެއްކާވެސް ދެކުނު ޗައިނާ ކަނޑުގައި އަސްކަރީ ތަމްރީނުތަކެއް ހަދަން ފަށައިފިއެވެ.

މިއީ އަސްކަރިއްޔާގެ އިތުރަށް ދެގައުމުގެ ކޯސްޓްގާޑުވެސް ބައިވެރިވެގެން ހަދާ މިފަދަ ފުރަތަމަ ތަމްރީނުތަކެވެ. މި ތަމްރީނުތައް ހަދާފައިވަނީ ޕަލަވަން ރަށްތަކާއި، އޮކްސިޑެންޓަލް މިންޑޯރޯ އާ ދިމާލުން، ފިލިޕީންސްގެ ހުޅަނގު ކަނޑުގެ ސަރަހައްދުގައެވެ. މި ތަމްރީނުތަކުގައި ފިލިޕީންސްގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިންގެ އިތުރުން ކޯސްޓްގާޑު ބައިވެރިވިއެވެ. އަދި އެމެރިކާގެ ކޯސްޓްގާޑުގެ އިތުރުން ކަނޑުގެ ސިފައިންގެ ޕޮސައިޑަން މެރިޓައިމް ޕެޓްރޯލް އެއަރކްރާފްޓެއް ބައިވެރިވިއެވެ.

ފިލިޕީންސްއިން ބުނީ މި ތަމްރީނުތަކުގައި މުވާސަލާތީ ޑްރިލްތަކާއި ސަރޗް އެންޑް ރެސްކިއު ޑްރިލްތައް ބޭއްވި ކަމަށެވެ. މިއީ ފިލިޕީންސްއާއި އެމެރިކާ ގުޅިގެން ކަނޑުގެ ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން މިއަހަރު ބާއްވާ ދެވަނަ ތަމްރީނުތަކެވެ. އަދި 2023 ވަނަ އަހަރު ދެގައުމުގެ މެދުގައި އައު ސަލާމަތީ އެއްބަސްވުމެއް ގާއިމްކުރެވުނު ފަހުން އޭގެ ދަށުން ބާއްވާ 6 ވަނަ ތަމްރީނުތަކެވެ.

އެމެރިކާ، އޮސްޓްރޭލިއާ އަދި ފިލިޕިންސް ކުރިއަށްގެންދާ ތަމްރީނުތަކުގެ ތެރެއިން.. ފޮޓޯ: ފިލިޕީންސް ނޭވީ

ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި ޗައިނާއާއި ފިލިޕީންސްއާއި ދެމެދު މަސްރަހު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، ޗައިނާގެ ކުރިއަރާފައިވާ އަސްކަރިއްޔާއާއި ކުރިމަތިލާން ޖެހިއްޖެ ހާލަތަކަށް ފިލިޕީންސްދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އެމެރިކާގެ އިތުރުން އެސަރަހައްދުގެ އެހެން ގައުމުތަކާއެކުވެސް އަސްކަރީ ތަމްރީނުތައް ހަދައި، ދެކުނު ޗައިނާ ކަނޑުގެ ތެރޭގައި ބައިނަލްއަގްވާމީ ވިޔަފާރީހެ ވިއުގައިގައި ހިމެނޭ އާގުބޯޓުފަހަރާއި އެހެނިހެން އުޅަނދުފަހަރަށް މިނިވަންކަމާއެކު ދަތުރުކުރެވޭނެ ކަން ކަށަވަރުކޮށްދިނުމަށް ފިލިޕީންސްއިން އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި ފިލިޕީންސްއިން ދައުވާކުރާ ކަނޑުގެ ސަރަހައްދުގައި ފިލިޕީންސްގެ ސިޔާދަތީ ބާރު ހިންގުމަށްވެސް ޗައިނާގެ ކުރިމަތީގައި ފިލިޕީންސްއަށް ވަނީ ބާރު ދައްކަން ޖެހިފައެވެ. ޗައިނާއިން ދައުވާކުރާ ގޮތުގައި މުޅި ދެކުނު ޗައިނާ ކަނޑަކީ އެގައުމުގެ މިލްކެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް