ހައްޖުވެރިންގެ ބަޔަކު ވީއައިއޭގައި... ފޮޓޯ: ހައްޖު ކޯޕަރޭޝަން
24 May 2025 | 10:14
ހައްޖުވެރިން ފުރާ ދުވަސްތަކުގައި، ފުރުމުގެ ކަންކަން ދުރާލާ ނިންމަންޖެހޭ

ހައްޖުގެ މަތިވެރިކަން އަދާކުރުމަށް ހައްޖުވެރިން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ފުރަންދާ ދުވަސްތަކުގައި، އެއާޕޯޓަށް ފުރަންދާ އެހެން ފަރާތްތަކުން ދުރާލާ ދަތުރުގެ ކަންކަން ހަމަޖެއްސުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ، މިހިނގާ މެއިމަހުގެ 26، 27، 29 އަދި 30 ވަނަ ދުވަހުއެވެ. ފުލުހުން ބުނީ އެދުވަސްތަކުގައި އެއާޕޯޓްގައި ޓްރެފިކް ތޮއްޖެހުން ބޮޑުވާނޭކަމަށް ބެލެވޭނެތީވެ، ޓްރެފިކް ފްލޯ ކުރިއަށްގެންދިއުމުގައި ފުލުހުން ހަރަކާތްތެރިވަމުންދާނޭ ކަމަށެވެ. 

އެދުވަސްތަކުގައި ވީއައިއޭއަށް ފުރަންދާ މީހުނަށް ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ލަސްތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއްކަން ފާހަގަކުރަމުން ފުލުހުން ބުނީ، އެދުވަސްތަކުގައި ފުރަންދާ އެހެން މީހުންވެސް ދުރާލާ ފުރުމުގެ ކަންކަން އިންތިޒާމުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ހައްޖުވެރިންނާއެކު އެއާޕޯޓަށް ޒިޔާރަތްކުރާ ގާތްތިމާގެ މީހުންނާއި އެއާޕޯޓަށް ދަތުރުކުރާ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުންވެސް ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެދޭކަމަށެވެ. 

މިފަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއަށް 1،000 ކޯޓާ ލިބިފައިވާއިރު، ހައްޖުވެރިންނަށް ހާއްސަ އިންތިޒާމްތަކެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ސަރުކާރާ ސައުދީގެ އިސް ފަރާތްތައް ގުޅިގެން ކުރެވުނު މަސައްކަތްތަކުން ވަނީ ހައްޖަށްދާއިރު ލުއިލިބޭ މައްކާރޫޓްގައި ރާއްޖެ ހިމަނާފައެވެ. މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ހައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން، ދެ ޤައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ޤައުމުގެ އެއަރޕޯޓްގައި ތިބެ ނިންމައިގެން ފުރުމެވެ. ނަތީޖާއަކީ ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ޙައްޖުވެރިން މަޑުކުރަން ނުޖެހި ހޮޓަލަށް ދެވޭގޮތަށް ކަންކަން އިންތިޒާމް ވެގެން ދިއުމެވެ. އެގޮތުން ހައްޖުވެރިންގެ ލަގެޖްތައް ވެސް ލިބޭނީ ސީދާ ހޮޓަލަށެވެ.

މީގެ އިތުރުން ހައްޖުވެރިންގެ ޑެބިޓު ކާޑުތަކުން ބޭރު ފައިސާގެ މުއާމަލާތްކުރެވޭނެ މިންވަރު 2،000 ޑޮލަރަށް އިތުރުކޮށްދީފައިވާއިރު، މައްކާގައިވެސް ވަނީ ރާއްޖޭގެ ހައްޖުވެރިންނަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ. މީގެ ތެރޭގައި ޓެންޓްތަކުގެ ފެންވަރު ރަނގަޅުކުރުމާއި، ދިވެހި ހައްޖުވެރިންނަށް ހާއްސަކޮށް ހެދި ކްލިނިކް ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.