ހުޅުމާލެ އާ މާސްޓާ ޕްލޭންގެ މޮޑެލްއެއް
ހަބަރު
28 May 2025 | 16:13
ހުޅުމާލޭގެ އައު މާސްޓާ ޕްލޭން އާންމުންގެ ހިޔާލަށް ހުޅުވާލައިފި

ހުޅުމާލޭގެ ރިވައިޒްޑް މާސްޓާ ޕްލޭނަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި އެވެ.

މީގެ ދެ ދުވަސްކުރީން ހުޅުމާލޭ ފޭސް 2 ގައި ބޭއްވި ރަސްމިއްޔާތެއްގައި ހުޅުމާލެ އާ މާސްޓާ ޕްލޭން އިފްތިތާހް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒެވެ.

އެޗްޑީސީން ބުނީ މާސްޓާ ޕްލޭނާ ގުޅޭ މައުލޫމާތު ޕޯޓަލްއިން މިހާރު ބަލައިލެވޭނެ ކަމަށެވެ. އަދި އާންމުންގެ ހިޔާލަށް އެދި އެ ކުންފުނިން ބުނީ އޮންލައިންކޮށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. 

ހިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 16 ވަނަ ދުވަހު އެވެ. އެޗްޑީސީން ބުނި ގޮތުގައި މާސްޓަ ޕްލޭން ފައިނަލް ކުރުމުގައި އާންމުން ހުށައަޅާ ހިޔާލުތަކަށް ބަލާނެ އެވެ.

މި އައު މާސްޓާ ޕްލޭނަކީ ހުޅުމާލޭގެ އިތުރުވަމުންދާ އާބާދީގެ ބޭނުންތަކަށް އަމާޒުކޮށް އެކުލަވާލާފައިވާ ޕްލޭނެކެވެ. އެގޮތުން އައު ޕްލޭންގެ ދަށުން ހުޅުމާލޭގެ ފޭސް 3 އާއި އިތުރަށް ހިއްކާފައިވާ ބިންތަކުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ހިފޭނެ ގޮތް ހިމަނާފައިވާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

އޭގެ ތެރޭގައި ބަނދަރު ސަރަހައްދު 36 ހެކްޓަރުން 53 ހެކްޓަރަށް ބޮޑުކުރުމާއި، ބިން ބޭނުންކުރުމުގެ ޕްލޭންގައި ރެޒިޑެންޝަލް ބޭނުންތަކަށް 29.84 އިންސައްތަ، އަދި ސްކޫލްތަކާއި މިސްކިތްތަކާއި އިދާރާތަކަށް 10.41 އިންސައްތަ ބިން ކަނޑައަޅާފައިވެއެވެ.

ހުޅުމާލެ އަކީ 2004 ވަނަ އަހަރު މީހުން އާބާދުކުރަން ފެށުނު ރާއްޖޭގެ ފުރަތަމަ ޕްލޭންޑް ސިޓީއެވެ. ފޭސް 1 ގައި އެއްލައްކަ މީހުންނަށް އަދި ފޭސް 2 ގައި ދެލައްކަ ފަންސާސް ހާސް މީހުންނަށް ދިރިއުޅެވޭ ގޮތަށް ވަނީ ތަރައްގީ ކޮށްފަ އެވެ. ފޭސް 3 ގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.