އައްޝައިހް އިބްރާހިމް ފަރީދު
ހަބަރު
10 Jun 2025 | 01:46
އާއިލާ އިން ބޭނުންވަނީ ޝެއިހްގެ ހަށިގަނޑު ރާއްޖެ ގެންނަން، މިނިސްޓްރީއާ މަޝްވަރާ ކުރަނީ

ކުއްލި ގޮތަކަށް ނިޔާވި އައްޝައިހް އިބްރާހިމް ފަރީދު އަހްމަދުގެ ހަށިގަނޑު ރާއްޖެ ގެނައުމަށް އާއިލާ އިން މަސައްކަތް ފަށައިފި އެވެ.

ޝައިހް ނިޔާވީ މިއަދު މެލޭޝިޔާއަށް ވަޑައިގަތްތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެއާޕޯޓްގަ އެވެ. ކުއްލި ގޮތަކަށް ނިޔާވީ އެއާޕޯޓްގައި ހުއްޓާ ވެއްޓި އެވެ.

އާއިލާއާ ހަވާލާދީ ޝެއިހްއާ އެކު މެލޭޝިޔާއަށް ދިޔަ ޓީމުގެ މެންބަރަކު ބުނީ އާއިލާ އިން ބޭނުން ވަނީ ޝެއިހްގެ ހަށިގަނޑު މާލެ ގެނެސް ޖަނާޒާގެ ކަންކަން މާލޭގައި ބޭއްވުމަށް ކަމަށެވެ. އެކަމާ އިސްލާމިކް މިނިސްޓްރީއާ ވާހަކަ ދައްކަމުންދާ ކަމަށެވެ.

ޝެއިހް ފަރީދު ފާހަގަ ކުރެވިފައި ވަނީ ދިވެހީންގެ މެދުގައި ވަރަށް މަގުބޫލު އިލްމުވެރިއެއްގެ ގޮތުގަ އެވެ. ދީނީ ގޮތުން ދިވެހީން ހޭލުންތެރި ކުރުވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ޝެއިހަކީ ފަރީދެވެ. އެ މަސައްކަތުގައި އެތައް އަނިޔާއަކާއި ދުތުރާލަކާ ކުރިމަތިލާން ޖެހުނެވެ.

އެންމެ އުނދަގޫ ވަގުތު އެ މަސައްކަތުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅަކީ ޝެއިހް ފަރީދެވެ. 

ޝެއިހް ފަރީދު ނިޔާވުމާއި ގުޅިގެން ވަރަށް ގިނަ ބަޔަކު އެކަމުގެ ހިތާމަފާޅުކޮށް އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.

ކޮމެންޓް
އިއްބެ
މިކަމުގައި ޢާއިލާއަށް އަޅުގަނޑުދަންނަވާނީ ކެއްތެރިވެލައްވާށެވެ ދެދުވަހުންއެއްދުވަހުޤަބުރުތައްކޮނެނަގާބައެއްގެތެރަށް ޝައިޚުގެނެސްވަޅުލުމަކީ އަޅުގަނޑުހިތްހަމަޖެހޭކަމެއްނޫނެވެ
10 Jun 2025
ޖަޒުލިި
މިކަމުގައި ޢާއިލާއަށް އަޅުގަނޑުދަންނަވާނީ ކެއްތެރިވެލައްވާށެވެ
10 Jun 2025
ގުޅޭ ލިޔުންތައް
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ