އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް. ފޮޓޯ/ އަލް ޖަޒީރާ
ދުނިޔެ
10 Jun 2025 | 11:40
ޓްރަމްޕްގެ ސަރުކާރާއި ދެކޮޅަށް ކެލިފޯނިޔާއިން ދަޢުވާކުރަނީ

ކެލިފޯނިޔާއިން ޓްރަމްޕްގެ ސަރުކާރާއި ދެކޮޅަށް ދަޢުވާ ކުރުމަށް ނިންމާފިއެވެ.

ކެލިފޯނިޔާއިން ޓްރަމްޕްގެ ސަރުކާރާއި ދެކޮޅަށް ދަޢުވާ ކުރަން ނިންމާފައި މިވަނީ ޓްރަމްޕްގެ ސަރުކާރުން، އެމެރިކާގައި ދިރިއުޅެމުންދާ އެހެން ޤައުމުތަކުގެ ރައްޔިތުން ޑީޕޯޓް ކުރަމުންދާތީ އެކަމާއި ދެކޮޅަށް އެތަކެއް ބަޔަކު އެމެރިކާގެ ލޮސްއެންޖެލެސްގެ މަގުތަކަށް ނިކުމެ މުޒާހަރާ ކުރަންފެށުމުން އެސަރަހައްދަށް ހަތިޔާރުއެޅި ސިފައިން ފޮނުވުމުގެ ސަބަބުންނެވެ.

މި އެއްވުމުގައި 60 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

ލޮސް އެންޖެލެސްގެ މަގުތަކަށް މީހުން އެއްވާން ޖެހުނު މައިގަނޑު ސަބަބަކީ ޓްރަމްޕްގެ ސަރުކާރުން އެމެރިކާގައި ދިރިއުޅޭ 12 ޤައުމެއްގެ ރައްޔިތުން ޑީޕޯޓްކޮށް އެ 12 ޤައުމުގެ ރައްޔިތުން އެމެރިކާއަށް ނުވަދެވޭނޭހެން އެޤައުމުގެ ޤާނޫނު ބަދަލު ކުރުމާއި ގުޅިގެންނެވެ.

އެމެރިކާއަށް ދަތުރު ނުކުރެވޭނެކަމަށް ޓްރަމްޕްގެ ސަރުކާރުން ކަނޑައަޅާފައިވާ ޤައުުމުތަކަކީ:

- އަފްޢާނިސްޠާން

- މިޔަންމާ

- ޗާޑު

- ރިޕަބްލިކް އޮފް ކޮންގޯ

- އެކުއަޓޯރިއަލް ގީނިޔާ

- އެރިތުރިއާ

- ހެއިޓީ

- ލީބިޔާ

- އީރާން

- ސޯމާލިޔާ

- ސޫދާން

- ޔަމަން

ހަމަ އެއާއިއެކު މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ޓްރަމްޕްގެ 'ޓްރެވަލް ބޭން' އިން އެދެވޭ ނަތީޖާއެއް ނިކުންނާނޭކަމާއިމެދު ސުވާލު އުފައްދާފައެވެ.

ޓްރަމްޕްގެ މި ފިޔަވަޅުތަކުގެ ސަބަބުން އެތަކެއް ނޭދެވޭ ނަތީޖާތަކެއް ނިކުންނާނެ ކަމަށް އެތަކެއް ބަޔަކު ދަނީ ބުނަމުންނެވެ. އެގޮތުން އެމެރިކާގައި ތަޢުލީމު ހާސިލްކުރަމުންއަންނަ އެތަކެއް ދަރިވަރުންނަށް އެކަމުގެ ސަބަބުން އެތަކެއް ގެއްލުމެއް ލިބުމުގެ ފުރުސަތު ބޮޑުކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އަދިހަމަ އެހެންމެ، އެތަކެއް އާއިލާތަކެއް ރޫޅުމުގެ ފުރުސަތު ބޮޑުކަމަށްވެސް ކަމާއި ގުޅުން ހުރި ފަރާތްތަކުން ދަނީ ބުނަމުންނެވެ. ކުރިޔަށް އޮތްތަނުގައި އިތުރު ޤައުމުތަކުން އެމެރިކާއަށް ދަތުރު ނުކުރެވޭނެ ގޮތަށް ޓްރަމްޕްގެ ސަރުކާރުން އެޤައުމުގެ ޤާނޫނު ބަދަލުކުރުމަކީ އެކަށީގެންވާ ކަމެކެވެ.

މިއީ ޓްރަމްޕް ފުރުތަމަ ފަހަރަށް ނިންމި ނިންމުމެއް ނޫންކަން ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން 2017 ވަނަ އަހަރު އޭނާގެ ފުރުތަމަ ދައުރުގައި އޭނާ ވަނީ މުސްލިމް މެޖޯރިޓީ ޤައުމުތަކުން އެމެރިކާއަށް ދަތުރު ނުކުރެވޭނޭހެން އެޤައުމުގެ ޤާނޫނު އޭރު ބަދަލުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް