އުމްރާ ދަތުރު ލިބުނު ޝިފާންއާއެކު އޭނާގެ މަންމަ -- ފޮޓޯ: ހުޝާން
ރިޕޯޓް
10 Jun 2025 | 11:58
ޤަލަމްގެ އީދު އުފާ؛ މަންމަގެ ހެޔޮ ދުޢާއިން ދަރިފުޅަށް އުމްރާ ދަތުރެއް

މި އަހަރުވެސް އަލްހާ އީދުގެ ފޯރި އެންމެ ގަދަ އެއް ރަށަކީ އދ. ދަނގެއްޗެވެ. އެ ރަށުގެ ޖަމިއްޔަތުލް ޤަލަމް އާއި މުއައްސަސާތައް ގުޅިގެން އަލްހާ އީދުގެ މުނާސަބާ ވަނީ ކުލަގަދަކޮށް ފާހަގަކޮށްފަ އެވެ. މި އަހަރުވެސް އީދުގެ ފޯރި ކިތަންމެ ގަދަ ނަމަވެސް އެކަން ޤަލަމް އިން ކުރީ އެހެން އަހަރުތަކެކޭ އެއް ގޮތަށް އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ ތެރެއިންނެވެ. ދީނުގެ "އިމުގެ" ތެރެއިންނެވެ.

އީދު ދުވަހުން ފެށިގެން ހަތަރު ދުވަސް ވަންދެން "ފޫހި" ވާނެ ވަގުތެއް ނުދީ އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިޔަ އެވެ.

މި އަހަރުވެސް އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިޔައީ ބައިވެރީންނަށް އަގުހުރި އިނާމްތައް ލިބޭ ގޮތަށެވެ. މުބާރާތްތަކުގައި ބައިވެރިވި މީހުންނާއި ޓީމުތަކަށް ފައިސާގެ އިނާމު ވެސް ހުށައަޅައިގެންނެވެ. މުބާރާތްތައް ވަރަށް ވާދަވެރި އެވެ. ގިނަ ޓީމުތައް ވާދަކުރި އެވެ.

ވާދެމުމާއި މަސް ބޭނުމުގެ މުބާރާތާއި ރަނިރަހަ ނަމުގައި ބޭއްވި ކެއްކުމުގެ މުބާރާތާއި ހުނަރު ދައްކާލުމުގެ މުބާރާތް ވެސް އެހާމެ ވަރަށް ފޯރިގަދަ އެވެ. އިސްރަށްވެހީންގެ ހަވީރާއި އާއިލީ ހަވީރުގެ އިތުރުން ބޮޑު މަސް ޝޯ އިން ދަނގެއްޗަށް ގެނެސް ދިނީ އުފާވެރި އީދެވެ.

އުމްރާ ދަތުރު ލިބުނު ޝިފާންއާއެކު އޭނާގެ މަންމަ -- ފޮޓޯ: ހުޝާން

މި އަހަރުގެ އީދަށް ހުށައަޅާފައި އޮތް އެންމެ ބޮޑު އިނާމަކީ އުމްރާ ދަތުރެކެވެ. މި ފަހަރު އީދަށް މި ރަށަށް އައި އެންމެންނާއި އީދުގެ ހަރަކާތުގައި ބައިވެރިވި މި ރަށުގެ އެންމެންވެސް އެންމެ ބޮޑަށް އުންމީދު ކުރި އިނާމަކީ މިއީ އެވެ.

އީދުގެ ހަރަކާތް ނިންމުމަށް ރޭ އޮތް ރައްޔިތުންގެ ބާބެކިއު ގައި ވަނީ އުމްރާ ދަތުރުގެ ހައްގުވެރިޔާ ހޮވާފަ އެވެ. ރޭ އޮތް ގުރުއަތުގައި އެތައް ސަތޭކަ ބަޔަކު ބައިވެެރިވި އެވެ. ނަސީބުވެރި އަކަށް ހޮވުނީ އުމުރުން 19 އަހަރުގެ މުހައްްމަދު ޝިފާން އެވެ.

މިއީ ޝިފާން އަށް ލިބުނު ވަރަށް ބޮޑު އުފުލަކަށް ވި އެވެ. އުފަލުން ގޮސް އޭނާއަށް ވާހަކަ ވެސް ނުދެއްކުނެވެ. އެކަމަކު އޭނާއަށް ލިބުނު މި ބޮޑު ނަސީބާއެކު މާތްﷲއަށް ހަމްދުކޮށް ހުރިހާ ޝުކުރެއް އަރިސް ކުރީ އޭނާގެ މަންމަ އަށެވެ.

އުމްރާ ދަތުރު ލިބުނު ޝިފާންއަށް ކައުންސިލްގެ ރައީސް ރަމްޒީ ބޯޑް ހަވާލު ކުރަނީ -- ފޮޓޯ: ހުޝާން

ހަގީގަތުގައި ވެސް ޝިފާންއަށް މި ބޮޑު ނަސީބު ލިބުމުގައި އޭނާގެ މަންމަގެ ދައުރު ވަރަށް ބޮޑެވެ. އެކަން އޭނާ އަށް ލިބުމަށް އެދި އެ މަންމަ ހިތުގެ އެންމެ އަޑީން ޚާލިސް ކަމާއެކު ދުއާ ކުރި އެވެ. ރައްޔިތުންގެ ބާބެކިއު އޮތް ސަރަހައްދަށް ރޭ ޝިފާން ފޮނުވީ ވެސް އެ މަންމަ އެވެ.

ޝިފާންގެ މަންމަ ބުނި ގޮތުގައި ޤަލަމްގެ އީދު އުފާ ހަރަކާތްތައް އިއުލާނުކޮށް ބޮޑު އިނާމަކަށް އުމްރާ ދަތުރެއް ދޭނެ ކަން އިއުލާނު ކުރީއްސުރެ އޭނާގެ ހިތުގެ ދުއާ އަކީ އެ ދަތުރު އޭނާގެ ކުއްޖަކަށް ލިބުމެވެ. އޭނާއަށް ނޫނީ އާއިލާގެ މީހަކަށް ލިބުން އެދިވެސް ދުއާކުރި އެވެ.

އެކަމަކު ރޭ އޭނާާގެ ހިތް ބުނީ އުމްރާ ދަތުރު އިރާދަކުރެއްވިއްޔާ ލިބޭނީ ދަރިފުޅު ޝިފާން އަށް ކަމެވެ. ހިތަށް އެހެން އަރާވަރުން އެތައް ފަހަރަކު އެކަން ހަގީގަތަކަށް ވޭތޯ ދުއާ ކުރި އެވެ. އަދި ރައްޔިތުންގެ ބާބެކިއު އޮތް ތަނަކަށް ދާން އެދި އެތައް ފަހަރަކު ޝިފާންގެ ކައިރީގައި އެދުނެވެ. ގުރުއަތު ގަޑި ޖެހުމުން އޭނާ އެތަނުގައި ހުރިތޯ ވެސް ޔަގީން ކުރި އެވެ.

އުމްރާ ދަތުރު ލިބުނު ޝިފާންއާއެކު އޭނާގެ މަންމަ އަދި އާއިލާ މެންބަރުން -- ފޮޓޯ: ހުޝާން

ގުރުއަތު ނަގާ އައިޑީނަންބަރު ކިޔަމުންދިއިރު އޭނާ ހުރީ ދަރިފުޅުގެ ނަންބަރު ހިތުން ދަސްކޮށްގެނެވެ. އޭނާގެ ދުއާ އިޖާބަކުރެއްވީ އެވެ. އެތައް ސަތޭކަ ނަންބަރެއް އެނބުރެމެނުން ގޮސް ހުއްޓުނީ ޝިފާގެ އައިޑީ ނަންބަރަށެވެ. ގުރުއަތުން ލައްވާނީ ޝިފާން މަންމަ އެންމެ އެދުނު ގޮތަށެވެ. ވަގުތުން ޝިފާންއަށް ގުޅި އެވެ. އޭރު މަންމަގެ ބަސް އަހައިގެން ޝިފާން ހުރީ އެސަރަހައްދުގަ އެވެ. މަންމައަށް ޓަކައި އެތަނުގައި މަޑުކޮށްގެނެވެ.

އުމްރާ ދަތުރު ލިބުނު ޝިފާންއާއެކު އޭނާގެ މަންމަ އަދި އާއިލާ މެންބަރުން -- ފޮޓޯ: ހުޝާން

އީދުގެ އުސޫލު އޮންނަ ގޮތުން އިނާމު ލިބޭ މީހަކު ވަގުތުން އައިސް އެ އިނާމ- ހަވާލުވާން ޖެހެ އެވެ. އެހެން ނޫނީ އެ އިނާމު ލިބޭނެ މީހަކު އަލުން ކަނޑައަޅަން ގުރުނަގަ އެވެ. ޝިފާން އެތަނުގައި ހުރިތޯ އޭނާގެ މަންމަ އެވަރަކުން ޔަގީން ކުރީ އެހެން ވެގެނެވެ.

ޝިފާން ވެސް ގަބޫލުކުރާ ގޮތުގައި މި އީދުގައި މިފަދަ ބޮޑު ނަސީބެއް އޭނާއަށް ލިބުނީ މާތްﷲގެ އިރާދަފުޅުން މަންމަގެ ހެޔޮ ދުއާގެ ސަބަބުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.