ޢައްޒާގެ އާއްމުންގެ ބަޔަކު. ފުނޑުފުނޑުވެފައިވާ އެމީހުންގެ ވަޒަނުގައި... ފޮޓޯ: ނިއުޔޯކް ޓައިމްސް
ދުނިޔެ
10 Jun 2025 | 20:26
ޢައްޒާގެ ރައްޔިތުން ނަގާ ފޮޓޯތަކަށް އިޒްރާއީލް ސިފައިން ފާރަލަނީ

އިޒްރާއީލަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، އެޤައުމުގެ އަސްކަރިއްޔާއިން ޢައްޒާގައި ހިންގަމުންގެންދާ އިންސާނިއްޔަތާ ހިލާފް ޖަރީމާތައް ޢައްޒާގެ ތެރެއިން ލީކްްވާ މައްސަލައެވެ. ފަލަސްތީނު ނަސްލު ނައްތާލުމަށް ޢައްޒާގައި އިޒްރާއީލްގެ އަސްކަރިއްޔާއިން 2023 ވަަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 27 ވަނަ ދުވަހުން ފެށިގެން މިއަދާހަމަޔަށް ހިންގަމުން އަންނަ އަސްކަރީ ހަރަކާތަކީ، ހަނގުރާމައެއް ނޫންކަމަށް އިޒްރާއީލާ އެމެރިކާ ފިޔަވައި ދުނިޔޭގެ ދެން ހުރިހާ ޤައުމުތަކުންވެސް ގަބޫލުކުރެއެވެ. 

އިޒްރާއީލުން ޢައްޒާއަށް އެއްގަމާއި ވައިގެ މަގުން ދެމުންއަންނަ ހަމަލާތަކަށް ދެ އަހަރުވާން ކައިރިވެފައިވާއިރު، ކުރިން ވަރަށް ތަރުތީބު ސިޓީއެއްގެ ގޮތުގައި ފެނުނު އައްޒާސިޓީ މިހާރު ފެންނަނީ ކޮންކްރީޓް ޖަންގައްޔެއްގެ ގޮތުގައެވެ. ޢައްޒާ ސިޓީގައި ހަރަކާތްތެރިވަމުންދާ ބައިނަލްއަޤްވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން، އެކުވެރި ދައުލަތްތަކުގެ ޔުނިސެފް ފަދަ ޖަމިއްޔާތަކުގެ އޮފިޝަލުން ވިދާޅުވަމުން ގެންދަވަނީ ޢައްޒާގައި އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވެފައިވާކަމަށާއި، އިޒްރާއީލުން މިހާރު އެ ސިޓީގައި ކުރިއަށްގެންދަނީ ހަނގުރާމައެއް ނޫންކަމަށެވެ. އެގޮތުން މީގެކުރިން ދުނިޔޭގެ ތާރީހު ދެކެފައިވާ ނާޒީން ޔަހޫދީންނާ ދެކޮޅަށް ހިންގި އަމަލުތަކާއި، ބޮސްނިއާގައި 1995 ވަނަ އަހަރު ހިންގި ގަތުލު އާއްމާ އަޅާ ނުކިޔޭނޭކަމަށް އެފަރާތްތަކުން ބުނެއެވެ. އިޒްރާއީލުން އަންނަނީ، ޢައްޒާސިޓީގައި މީގެކުރިން ނުހިއްގާފަދަ ލާއިންސާނީ އަމަލުތަކެއް ހިންގަމުންނެވެ.

ދެކުނު ޢައްޒާގެ އަވަށެއްކަމަށްވާ ހާން ޔޫނުސް އެހާރާއި މިހާރު... ފޮޓޯ: ބީބީސީ

އިޒްރާއީލުން ޢައްޒާގެ ރައްޔިތުންނާ ދެކޮޅަށް ދޭ ހަމަލާތައް އެންމެބޮޑަށް އަމާޒުކުރަނީ އަންހެނުންނަށާއި ކުޑަކުދިންނަށެވެ. އަދި އިންސާނީ ކާރިސާއެއް މިވަގުތު ކުރިމަތިވެފައި އޮތް ޢައްޒާސިޓީގައި އެހީގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށެވެ. ބައިނަލްއަޤްވާމީ މުޖުތަމައުގެ ކަންބޮޑުވުމަކީ ޢައްޒާގައި އެހީގެ ތަކެތި ފޯރުކޮށްދިނުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް އިޒްރާއީލް ސިފައިން ދަތިކުރަމުންދާ މައްސަލައެވެ. އިޒްރާއީލް ސިފައިން ވަނީ މިފަހުން ޢައްޒާއަށް އެއްވެސް ބަޔަކަށް ނުވަދެވޭނޭހެން މުޅި އެ ސިޓީ ހިސާރުކޮށްފައެވެ. ޢައްޒާ ހިސޯރުކޮށް އިޒްރާއީލް ސިފައިން ގެންދަނީ އެތަނުގައި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އެތައް އެތައް ޖަރީމާތަކެއް ހިންގަމުންނެވެ. އިޒްރާއީލް ސިފައިން ހިންގަމުްނގެންދާ ޖަރީމާތަކުގެ ތެރޭގައި ޑްރޯންފަދަ އާލާތްތައް ބޭނުންކޮށްގެން ކުޑަކުދިންނަށް ހަމަލާދިނުމާއި، ހާލަތާ ނުބައްދަލު ހަތިޔާރު އާއްމުންނާ ދެކޮޅަށް ބޭނުންކުރުމެވެ. 

ޢައްޒާގައި ހިންގަމުންގެންދާ ޖަރީމާތަކުގެ މަންޒަރުތައް މިފަހަކަށް އައިސް ލީކްވަމުންދާ މައްސަލާގައި އިޒްރާއީލުން ވަނީ އެ ސިޓީގައި އުޅެމުންދާ ފަަލަސްތީނު ރައްޔިތުންނަށް ފާރަލާން ފަށާފައެވެ. އެގޮތުން ޢައްޒާގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ޗެކް ޕޮއިންޓްތަކުން ފަލަސްތީނު ރައްޔިތުންގެ ފޯނުތައް ބަލާ ޗެކްކުރުމަކީ އިޒްރާއީލް ސިފައިން އާދަވެގެން ކުރާ ކަމެކެވެ. މިފަހުން އަލްޖަޒީރާއިން ވަނީ އިސްރާއީލުން ކުރިއަށްގެންދިއަ އެފަދަ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ރައްޔިތަކަށް ހަދާލިގޮތުގެ ވާހަކަ އޭނާ މެދުވެރިކޮށް ގެނެސްދީފައެވެ.

ޢައްޒާސިޓީގެ ހާލަތު ބަދަލުވަމުންއައިގޮތް... ފޮޓޯ: ބީބީސީ

ޢައްޒާގައި ދިރިއުޅެމުންދާ ފަލަސްތީނުގެ އިއްޒެއްދެއިން އަބޫ ރަބެއާ ނަމަކަށް ކިޔާ ޒުވާނާ، އިޒްރާއީލް ސިފައިން ހިފަހައްޓާފައިވަނީ ޗެކްޕޮއިންތަކުންނެވެ. އަބޫ ރަބެއާ ހިފެހެއްޓުމަށްފަހު އިޒްރާއީލް ސިފައިން ވަނީ އޭނާގެ ފޯނު ބަލައި ފާސްކޮށް، އިޒްރާއީލްގެ ސިފައިން އައްޒާގައި ހިންގަމުންދާ ޖަރީމާތަކުގެ މަންޒަރުތައް ހުރުމުން ހިފަހައްޓައި ސުވާލުކޮށް، އެ އެއްޗެހި ފޯނުގައި ގެންގުޅެނީ ކީއްވެގެންތޯ ސުވާލުކޮށްފައެވެ. އިޒްރާއީލް ސިފައިންގެ ސުވާލުތަކަށް ޖަވާބުދެމުން އޭނާ ބުނީ އެއީ ވަޓްއަޕްފަދަ އެޕްލިކޭޝަންތަކުގައި ހުންނަ ނިއުސް ގްރޫޕްތަކުން އަންނަ ހަބަރުތަކުގައި ހިމެނޭ ފޮޓޯއާ ވީޑިއޯ ކަމަށާއި، އެއިން ކުރާ އެހެން ބޭނުމެއް ނޯންނަކަމަށެވެ. އަބޫ ރަބެއާ އެހެންބުނި ނަމަވެސް އިޒްރާއީލް ސިފައިން ވަނީ އެމީހުންގެ ވެހިކަލަކަށް އޭނާ އަރުވައި އެކި ކަހަލަ އަނިޔާތައްކޮށްފައެވެ.

"ފޯނުގައި އެ ފޮޓޯތައް ހުރުމުން އިޒްރާއީލް ސިފައިން ވަނީ އަހަރެންނަށް ވަރަށް އަނިޔާކޮށްފައި. ގައިގެ އެތަންމިތަނުގައި ރައިފަލުން ތަލައި، ކަރަންޓް ޖައްސައި ޖިސްމާނީގޮތުން އެތައް އަނިޔާތަކެއްކުރި" އިޒްރާއީލް ސިފައިން ކޮށްފައިހުރި އަނިޔާތައް އަލްޖަޒީރާގެ ނޫސްވެރިންނަށް ދައްކާލަމުން އަބޫ ރަބެއާ ބުންޏެވެ. 

އަބޫ ރަބެއާ ބުނީ އޭނާއާ އެއްކޮށް އެހެންމީހުންވެސް ހިފެހެއްޓިކަމަށާއި، ނަމަވެސް އެމީހުންގެ ފޯނުގައި އިޒްރާއީލް ސިފައިންގެ އަނިޔާވެރި ފޮޓޯތައް ނެތުމުން އެމީހުން ދޫކޮށްލީކަމަށެވެ. އަދި މިއީ މިހާރު އާދަވެގެން އިޒްރާއީލް ސިފައިން ކުރާކަމެއް ކަމަށާއި، ބޭނުމަކީ އައްޒާގެ ތެރެއިން ލީކްވާ އެފަދަ މަންޒަރުތައް ހުއްޓުވުންކަމަށްވެސް އަބޫ ރަބެއާ ބުންޏެވެ. އައްޒާއަށް ދެމުންދާ ހަމަލާތަކުގައި އިޒްރާއީލް ސިފައިން ވަނީ އެ ސިޓީގެ މުއާސަލާތީ ނިޒާމުވެސް މުޅިންހެން ފުނޑާލާފައެވެ. ބޭނުމަކީ ޢައްޒާސިޓީގައި އިޒްރާއީލް ސިފައިން ހިންގަމުންގެންދާ ހަނގުރާމައިގެ ޖަރީމާތައް ލީކްވުން ހުއްޓުވުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.