އެންރޯލް ނުވުމަށް އެމްކިޔުއޭއިން އަންގާފައިވާ ކޮލެޖެއް: ފޮޓޯ/ އިންޓަނެޓް
ހަބަރު
18 Jun 2025 | 10:34
ލަންކާގެ ބައެއް މަތީ ތަޢުލީމުދޭ މަރުކަޒު ތަކުގައި އެންރޯލް ނުވުމަށް އެމްކިޔުއޭއިން އެދިއްޖެ

ލަންކާގެ ބައެއް މަތީ ތަޢުލީމުދޭ މަރުކަޒު ތަކުގައި އެންރޯލް ނުވުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމްކިޔުއޭއިން އެދިއްޖެއެވެ.

އެމްކިޔުއޭއިން ބުނީ، ސްރީލަންކާގެ ޓިވެކް ގައި ރަޖިސްޓަރީކޮށްފައިވާ ބައެއް މަތީތަޢުލީމުދޭ މަރުކަޒުތައް ސަސްޕެންޑް ކޮށްފައިވާކަމުގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށެވެ.

އަދި އޭގެ ތެރޭގައި "މެޓްރޯޕޮލިޓަން ކޮލެޖް" އާއި "އީސޮފްޓް" ގެ ހުރިހާ ކެމްޕަސްތައް ހިމެނޭ ކަމަށެވެ.

ވުމާއެކު، މި މަރުކަޒުތަކުގައި މިހާރު މަތީ ތަޢުލީމު ޙާޞިލުކުރަމުންދާ ފަރާތެއް ކަމުގައިވަނީނަމަ، ވީ އެންމެ އަވަހަށް އެ އޮތޯރިޓީއަށް އީމެއިލް ([email protected]) މެދުވެރިކޮށް އެންގެމަށް ވަނީ އެދިފައެވެ.

އަދި މި މަރުކަޒުތަކުގެ ޕްރޮގްރާމްތަކުގައި މިވަގުތު އިތުރަށް އެންރޯލްވެގެން މަތީތަޢުލީމު ޙާޞިލުކުރުމަށް ނުފެށުމަށްވެސް އެ އޮތޯރިޓީން ވަނީ ނަޞޭޙަތްތެރިވެފައެވެ.

މީގެ އިތުރުންވެސް އެމްކިޔުއޭއިން ވަނީ، ރާއްޖެއިން ބޭރަށް ކިޔަވަންދާ ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުން ކިޔަވަން ދަނީ އެމް.ކިއު.އޭ އިން ހޯދަންޖެހޭ މުހިއްމު އެއް ލިޔުންކަމުގައިވާ "ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް" ނުހޯދައިކަން ފާހަގަކޮށް، އެކަމުގެ ސަބަބުން ދަރިވަރުން ކިޔަވައި ނިމިގެން އައިސް ސަނަދު ވެލިޑޭޓް ކުރުމަށް ހުށަހެޅުމުން އެކިޔެވި މަރުކަޒަކީ އެމް.ކިއު.އޭ ޤަބޫލުކުރާ މަރުކަޒަކަށް ނުވުމުން އުޞޫލުގެތެރެއިން ސަނަދު ވެލިޑޭޓް ނުކުރެވޭ ކަމަށް ބުނެފައެވެ.

”މި ލިޔުން ހޯދުމުގެ އެންމެ ބޮޑު ބޭނުމަކީ އެމް.ކިއު.އޭ އިން ޤަބޫލުކުރާ މަރުކަޒެއްކަމާއި، އެ ކިޔަވާ ޕްރޮގްރާމަކީ އެމް.އެން.ކިއު.އެފް އަށް ފެތޭ ޕްރޮގްރާމެއްކަން ބެލުމާއި މީގެ އިތުރުން، އެ މަރުކަޒަކީ އެ ޤައުމެއްގެ ސަރުކާރުގެ ކަމާ ބެހޭ އިދާރާއަކުން ޤަބޫލުކުރާ މަރުކަޒެއްކަމާއި އެ މަރުކަޒުގައި އެ ޕްރޮގްރާމް ރަޖިސްޓަރީކޮށްފައިވާކަން ކަށަވަރު ކުރުމެވެ.“ އެމްކިޔުއޭއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. 

ވުމާއެކު ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމުގެ ކުރިން ހޯދަން ޖެހޭ "ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް" ހޯދުމަށް އެ އޮތޯރިޓީން ވަނޫ ނަސޭހަތްތެރިވެފައެވެ.

އަދި، "ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް" ނުހޯދާ ކިޔެވުން ފަށާފައިވާ ދަރިވަރުންވެސް ވީ އެންމެ އަވަހަށް މި ލިޔުން ހޯދުމަށް އެމް.ކިއު.އޭ އަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

އެމްކިޔުއޭއިން އިތުރަށް ބުނީ، އެ ކަންކަން ކަށަވަރުނުކޮށް ސަނަދެއް ހާސިލުކޮށް، ވެލިޑޭޓް ކުރުމަށް އެމް.ކިއު.އޭ އަށް ހުށަހެޅި ނަމަވެސް، އެ ކިޔެވި މަރުކަޒަކީ އެމް.ކިއު.އޭ އިން ޤަބޫލުކުރާ މަރުކަޒަކަށް ނުވަނީނަމަ މިކަމުގެ ސަބަބުން ދަރިވަރަށް ލިބޭ ގެއްލުމުގެ ޒިންމާ އެމް.ކިއު.އޭ އިން ނުނަގާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.
01 Aug 2026
ފީފާގެ މުބާރާތްތަކުގައި އިންވެސްޓަރުން ބައިވެރިކުރުމުގެ ޕްލޭން ދޫކޮށްލައިފި
01 Aug 2026
މިއަދުވެސް ވިއްސާރަ ކުރާނެ، ކަނޑުތައްވެސް ގަދަވާނެ
ވިލާގަނޑުގައި 40 މޭލު ބާރުމިނުގައި ވައި ގަދަވުން އެކަށީގެންވޭ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ