ފަހުދިހައަކާ ދިމާކޮށް ބީއެމްއެލް އިސްލާމިކް އިން ހުރިހާ ބޭންކިންގ ޚިދުމަތްތައް ލިބޭނެގޮތް ހަދައިފި

27 May 2019 | 13:47

ބީއެމްއެލް އިސްލާމިކް އިން ވިޔަފާރިތަކަށް ދޭ އެހީތެރިކަން އިތުރުކުރުމުގެ ގޮތުން ފައިނޭންސިންގެ ގިނަ ޕްރޮޑަކްޓްތަކެއް ތައާރަފް ކޮށްފިއެވެ. މީގެ ތެރޭގައި އަލަށް ތައާރަފްކުރާ ރީޓެއިލަރސް ފައިނޭންސިންގ، ބިޒްނަސް ޑިވެލޮޕްމަންޓް ފައިނޭންސިންގ، ލެޓަރ އޮފް ކްރެޑިޓް އަދި ބޭންކް ގެރެންޓީގެ އިތުރުން ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާ ހޯދޭނެ ގޮތަށް ޖެނެރަލް ފައިނޭންސިންގ އަށް ބަދަލުވެސް ވަނީ ގެނެސްފައެވެ.

މި އާއެކު ބީއެމްއެލްގެ ކޮންވެންޝަނަލް އިން ދޭ ކޮންމެ ޚިދުމަތެއް މިހާރު ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ލިބޭނެއެވެ.

ބީއެމްއެލް އިސްލާމިކް ރީޓެއިލަރސް ފައިނޭންސިންގ އަކީ ވިޔަފާރި ހިންގާ ފަރާތްތަކުގެ ތެރެއިން ބީއެމްއެލް ޕީއޯއެސް މެދުވެރިކޮށްކުރާ ވިޔަފާރީގެ ތެރެއިން މަހެއްގެ މައްޗަށް އެވެރެޖްކޮށް 50,000 ރުފިޔާ ލިބޭ ފަރާތްތަކަށް ހާއްސަކޮށްފައިވާ ޕްރޮޑަކްޓެކެވެ.

އަނބުރާ ފައިސާ ދެއްކުމަށް ހަތަރު އަހަރުގެ މުއްދަތެއް ލިބޭނެއެވެ. އަދި ވަކާލާގެ މައްޗަށް ބިނާކުރެވޭ 12 މަސްދުވަހަށް ބަހާލެވޭ އޯވަރޑްރާފްޓްގެ ޚިދުމަތްވެސް ލިބޭނެއެވެ. 500,000 ރުފިޔާ އާ ހަމަޔަށް ދޫކުރާ ފައިނޭންސިންގ އަށް އެއްވެސް ރަހުނެއް ބޭނުމެއް ނުވާނެއެވެ.

ބީއެމްއެލް އިސްލާމިކް ބިޒްނަސް ޑިވެލޮޕްމަންޓް ފައިނޭންސިންގ އަކީ ރަހުނު ބެހެއްޓުމުގައި ލުއި ފަސޭހަ ގޮތްތައް ހިމެނި ވިޔަފާރި ފުޅާކުރުމަށާއި، ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށާއި، ޕްރޮޕަޓީ ޑިވެލޮޕް ކުރުމަށާއި، އާ މުދާ ނުވަތަ މެޝިނަރީ ގަތުމަށް ބޭނުންވާ ފައިސާ ހޯދުމަށް ވެސް އެދި ހުށަހެޅޭނެ ފައިނޭންސިންގ އެކެވެ. އެމްއެމްއޭ ގެ ކްރެޑިޓް

ގެރެންޓީ ސްކީމްގެ ދަށުންވެސް މި ފައިނޭންސަށް އެދި ހުށަހެޅޭނެއެވެ. މިގޮތުން އަލަށް ވިޔަފާރިފެށުމަށާއި، ވިޔަފާރި ފުޅާކުރުމަށާއި، ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިނޭންސް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

"ބީއެމްއެލް އިން ވިޔަފާރިތަކަށް އަމާޒުކޮށް ދެމުންދާ ހުރިހާ ޚިދުމަތެއް ބީއެމްއެލް އިސްލާމިކް ދަށުން ދެވިގެންގެންދާކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ބީއެމްއެލް އިސްލާމިކްގެ ޚިދުމަތް މިދަނީ ވަރަށް ރަނގަޅު މިސްރާބެއްގައި ކުރިއަރަމުން. މިއަދު މި ތައާރަފްކުރެވެނު ޚިދުމަތްތަކަކީ ބޭންކުން ވިޔަފާރިތަކަށް ދޭ އެހީތެރިކަން އިތުރުކޮށް ރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތަށް ލިބޭ އިތުރު ފުރިހަމަކަމެއް" ބޭންކުގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލް އިސްލާމިކް ޚިދުމަތްތައް ފަރުމާ ކުރެވިފައިވަނީ އިސްލާމިކް ބޭންކިންގ އާ ގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިންނެވެ. ކަސްޓަމަރުން ޑިޕޮސިޓްކުރާ ފައިސާ ބަހައްޓަނީވެސް މުޅިން ވަކި ފަންޑެއްގެ ގޮތުގައެވެ. އަދި އެ ފައިސާ ބޭނުންކުރަނީ އިސްލާމީ ޝަރުޢީ ހަމަތަކަށް ފެތޭ ކަންކަމަށެވެ. އަދި މި މަސައްކަތްތައް ހިނގަމުންދަނީ އިސްލާމިކް ފައިނޭންސިންގެ ބައިނަލްއަގްވާމީ ތަޖުރިބާކާރުން ހިމެނޭ ގޮތަށް އެކުލަވާލެވިފައިވާ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ.

Advertisement

ކޮމެންޓް