ކާބޯތަކެތި ހޯދަން އެއްވެ ތިބި ފަލަސްތީނުގެ ކުދިން ތަކެއް: ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
22 Jun 2025 | 14:18
48 ގަޑިއިރު ތެރޭ ޣައްޒާއިން 200 މީހުން ޝަހީދުކޮށްލައިފި; ދުނިޔޭގެ ސަމާލުކަން އިސްރާއިލް-އީރާން ހަނގުރާމައަށް

ދުނިޔޭގެ ސަމާލުކަން އިސްރާއިލް-އީރާން ހަނގުރާމައަށް އަނބުރާލުމަށްފަހު، ނިރުބަވެރި އިސްރާއިލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާއްމު ވަރުގަދަކޮށް، ފާއިތުވެދިޔަ 48 ގަޑިއިރުތެރޭގައިވެސް 200 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފިއެވެ. 

ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނެފައިވާ ގޮތުން، ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޙަމަލާތަކުގައި ފާއިތުވި 48 ގަޑިއިރު ތެރޭ 202 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި، 1037 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ.

އިސްރާއިލްގެ މި ޙަމަލާތައް ދީފައިވަނީ ޣައްޒާގެ ރައްޔިތުން ބަނޑަށްޖެއްސުމަށްފަހު، އެ މީހުންނަށް ކާނާއާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ހުއްދަދިން މަދު ސަރަހައްދުތަކަށް އެހީ ހޯދަން ޣައްޒާގެ ރައްޔިތުން އެއްވާ ވަގުތުތައް ބަލާފައި އެ ތަންތަނަށް އަމާޒުކޮށެވެ.

ފަލަސްތީނަށް ކާބޯތަކެތި ފޯރުކޮށްދޭ މައިގަނޑު ދޮރުތައް ބަންދުކޮށްގެން ގާތްގަނޑަކަށް ދެމަސްދުވަސް ތިބުމަށްފަހު، ފުދޭ މިންވަރެއްގެ ކާނާ ފޯރުކޮށްދިނުމަށް އިސްރާއިލުން ހުއްދަ ދިންތާ އަދި މާ ގިނަ ދުވަހެއް ނުވެއެވެ.

އެގޮތުން ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ހުއްދަ ދީފައިވަނީވެސް އެމެރިކާއަށް ނިސްބަތްވާ އިންސާނީ އެހީ ފޮރުކޮށްދޭ ޖަމާއަތެއް ކަމަށްވާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީ.އެޗް.އެފް)އަށް ކަން ފާހަގަކޮށްލަން ޖެހެއެވެ. އެ ހުއްދަ ދިން ފަހުން، އެ ސަރަހައްދަށް ކާބޯތަކެތި ހޯދަން އެއްވާ މީހުންނަށް އަމާޒުކޮށް ހުއްޓުމެއްނެތި އިސްރާއިލުން އަންނަނީ ހަމަލާތައްދެމުންނެވެ.  

އެކަމާ ގުޅިގެން ދުނިޔޭގެ ބޮޑެތި ޖަމާޢަތްތަކުން ވަނީ، "އެހީ ހަތިޔާރަކަށް" ހަދައި ޣައްޒާގެ ރައްޔިތުން ޝަހީދުކުރަމުންދާ ކަމަށް ބުނެ މިފަދަ އެހީދޭ ޖަމާޢަތްތައް ހިންގާ ގޮތް ކުށްވެރިކޮށްފައެވެ.

އިއްޔެ އެކަނިވެސް އިޒްރޭލުން ދިން ޙަމަލާތަކުގައި 26 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. 

މީގެ އިތުރުން، ވައްފާ ނިއުސް އެޖެންސީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޣައްޒާގެ ދެކުނު ސަރަޙައްދުގައި ހުންނަ އަލް-މަވާސީގައި ދިރިއުޅުން ދޫކޮށް އެހެން ތަންތަނަށް ހިޖުރަކޮށްފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް އިޒްރޭލުގެ ޑްރޯނަކުން ދިން ޙަމަލާއެއްގައި ތިން މީހުން ޝަހީދުކޮށްލައި، ގިނަ ބަޔަކު ޒަޚަމްކޮށްލާފައިވެއެވެ. މި ޙަމަލާ އަމާޒުކޮށްފައިވަނީ، ޝައްރާބް އާއިލާގެ މެންބަރުން ދިރިއުޅެމުން ދިޔަ ފޭލިގެއަކަށެވެ. މި ފޭލިގެ ހުރީ، އިޒްރޭލު ސިފައިން މީގެ ކުރިން "ސޭފް ޒޯން" ކަމަށް ކަނޑައަޅާފައިވާ ސަރަޙައްދެއްގައެވެ.

އޮކްޓޯބަރ 2023 ގައި އިޒްރޭލުން ޣައްޒާއަށް ޙަމަލާދޭން ފެށި ފަހުން، ޣައްޒާގައި 55,908 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި، 131,138 މީހުން ޒަޚަމްކޮށްލާފައިވާ ކަމަށް ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނެއެވެ.

ކަން މިހެން ހުރިއިރު، ޣައްޒާގެ ޤަތުލްޢާއްމަށްވުރެ ބޮޑަށް ދުނިޔޭގެ ސަމާލުކަން މިހާރު އޮތީ އީރާން އިސްރާއިލް ހަގުރާމައަށްކަން ފާހަގަކޮށްލަންޖެހެއެވެ.

މިމަހު 13 ވަނަ ދުވަހު، އިސްރާއިލުން އީރާނަށް ހަމަލާދީ ހަނގުރާމަ ފަށާފައިވަނީ، ޣައްޒާގެ އެހީދޭ ތަންތަނަށް އެއްވާ ފަލަސްތީނުގެ ރައްޔިތުން ޝަހީދުކުރަމުންދާތީ އިސްރާއިލަށް މުޅި ދުނިޔޭގެ ނުރުހުން އަމާޒުވެފައި ވަނިކޮށެވެ. އެގޮތުން، ޣައްޒާ ޤަތުލްޢާއްމާ ގުޅިގެން ގިނަ ގައުމުތަކުގެ ފިއްތުންތައްވެސް އިސްރާއިލަށް ކުރިމަތިވެގެންދިޔައިރު، އީރާނު-އިސްރާއިލް ހަނގުރާމައަށްފަހު ޣައްޒާއަށް ދުނިޔެއިން ދެމުންދިޔަ ސަމާލުކަން ވަނީ ކުޑަވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.