އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް -- ފޮޓޯ: އެމްޑީޕީ
ހަބަރު
25 Jun 2025 | 19:51
ފަހަތަށް ޖެހުމެއް ނެތް، ދުނިޔޭގައި ހުރެއްޖެނަމަ ޕްރައިމަރީގައި ވާދަކުރާނަން: ފައްޔާޒް

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ގެންގުޅުއްވި ވިސްނުން ބަދަލުނުވާ ކަމަށާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގައި ރިޔާސީ ޓިކެޓަށް ވަަރަށް ބޮޑު ވާދައެއް އެބަ އޮތެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދާއި ފައްޔާޒްގެ އިތުރުން ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި މެންބަރު ޑރ. އަހްމަދު ޝަމްހީދު ވެސް ރިޔާސީ ޓިކެޓަށް ޝައުގުވެރިވެވަޑައިގަންނަވަ އެވެ.

ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އެންމެ ފުރަތަމަ އިއުލާނު ކުރެއްވީ ފައްޔާޒް އެވެ. އޭގެ ފަހުން ނަޝީދު ވަނީ އެ ޝައުގުވެރިކަން ފާޅުކުރައްވާ އަލުން އެމްޑީޕިއާ ގުޅިވަޑައިގެންފަ އެވެ. ނަޝީދު ގުޅިވަޑައިގަތުމުގެ އެއް ދުވަސް ކުރީން ރައީސް ސޯލިހް ވެސް ވަނީ ރަސްމީކޮށް އެކަން އިއުލާނު ކުރައްވާފަ އެވެ. ޝާހިދު އާއި ޝަމްހީދު ވެސް ގެންދަވަނީ ނުރަސްމީކޮށް ތާއީދު އިތުރުކުުރުމުގެ މަސައްކަތް ކުރަމުންނެވެ.

މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ސުވާލު ކުރުމުން ފައްޔާޒް ވަނީ ކުރީން ވެސް އިއުލާނު ކުރެއްވި ގޮތަށް ބަދަލެއް ނާންނަ ކަމަށެވެ.

"... ﷲ އިރާދަކުރެއްވިއްޔާ، ދުނިޔޭގައި ހުރިއްޔާ [އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ] ކުރާނަން،" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒު މިއަދުވެސް ވިދާޅުވީ އެމްޑީޕީ އޮތީ ބަދަހިކޮށް ގަދަކޮށް ކަމަށެވެ. އަދި ޕްރައިމަރީ އޮންނާނެ ކަމަށާ ކިތަންމެ ވާދަވެރި ނަމަވެސް ޕްރައިމަރީއަށް ފަހު ކުރީން އޮތް ބަދަހި ކަމުގައި ދެމި އޮންނާނެ ކަމަށެވެ. އެ ގޮތުން ޕްރައިމަރީ ކާމިޔާބު ކުރާ ކެންޑިޑޭޓަކާ އެކު ޕާޓީގެ މެންބަރުން ދެމި ތިބޭނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް
ޢެމްޑީޕީ ކައުންސިލަރު
އިއްޔެ އަލުން އަލަށް ޕާޓީއަށްވަން މީހަކަށް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އޮވެގެން ނުވާނެ.ސާފުކޮށް މިބުނަނީ އަންނި އިއްޔެ ވަތްމީހަކަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ޗާނަސް ދެވިގެން ނުވާނެއޭ.
25 Jun 2025
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.