ޓްރްމަޕް އާއި މަސްކު
ދުނިޔެ
01 Jul 2025 | 14:25
މަސްކު އެމެރިކާ ދޫކޮށް ދާންޖެހިދާނެ ކަމަށް ބުނެ ޓްރަމްޕްގެ އިންޒާރެއް

ޓެސްލާ އާއި ސްޕޭސްއެކްސްގެ ސީ.އީ.އޯ. އަދި މުއްސަނދި މަހުޖަނު އީލޯން މަސްކު، އެމެރިކާ ދޫކޮށް ދެކުނު އެފްރިކާއަށް އެނބުރި ދާންޖެހިދާނެ ކަމަށް  ބުނެ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިންޒާރުދީފިއެވެ.

ޓްރަމްޕް މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އޭނާއަށް ތާއީދުކުރުމަށް މަސްކު ނިންމި އިރުވެސް، އޭނާއަކީ އިލެކްޓްރިކް ކާރުތައް މަޖުބޫރުކުރުމާ (އީ.ވީ. މެންޑޭޓް) ދެކޮޅު މީހެއްކަން މަސްކުއަށް އެނގޭނެ ކަމަށެވެ. އަދި އެއީ އޭނާގެ ކެމްޕެއިންގެ މައިގަނޑު އެއް އަމާޒު ކަންވެސް ފާހަގަކޮށްފައިވެއެވެ. 

"އިލެކްޓްރިކް ކާރުތަކަކީ ރަނގަޅު އެއްޗެއް ނަމަވެސް، އެންމެންނަށް އެފަދަ ކާރެއް ގަންނަން މަޖުބޫރުކުރެވިގެން ނުވާނެ. އެންމެންނަށް އެ ނުވެސް ގަނެވޭނެ،" ޓްރަމްޕް ބުންޏެވެ.

ޓްރަމްޕް އިތުރަށް ބުނީ، އެލޯން މަސްކަށް ތާރީޚުގައި އެންމެ ގިނަ ސަބްސިޑީ ލިބިފައިވާނީ އޭނާގެ ސަރުކާރުން ކަމަށާ ، "ސަބްސިޑީ ނުލިބިއްޖެނަމަ މަސްކުގެ ވިޔަފާރި ބަންދުކޮށްލާފައި އޭނާގެ އުފަން ޤައުމު ދެކުނު އެފްރިކާއަށް އެނބުރި ދާންޖެހިދާނެ" ކަމަށެވެ.

އެހެން އެކަން ދިމާވެއްޖެ ނަމަ، ރޮކެޓް ފޮނުވުމާއި، ސެޓެލައިޓް އުފެއްދުމާއި، އިލެކްޓްރިކް ކާރު އުފެއްދުންވެސް ހުއްޓައިލަން ޖެހޭނެ ކަމަށް ޓްރަމްޕް ބުނެފައިވެއެވެ.

މީގެ ސަބަބުން އެމެރިކާގެ ދައުލަތުގެ ބަޖެޓުން "ބޮޑު އަދަދެއް ސަލާމަތްވާނެ" ކަމަށްވެސް ޓްރަމްޕް ބުންޏެވެ.

"މިކަމަށް ރަނގަޅަށް ބަލައިލުން ރަނގަޅު. ވަރަށް ބައުވަރު ފައިސާ ސަލާމަތްވާނެ.“ ޓްރަމްޕް ބުންޏެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް