ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވި ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)
ހަބަރު
07 Jul 2025 | 09:18
ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ކުރިން އެކަމަށް ހާއްސަ ގާނޫނެއް ހަދަން މަޖިލީހަށް ހުށަހަޅައިފި

އިންތިޚާބުތައް ކުރިއަށްދާ ގޮތް ބަދަލު ކުރުމަށް، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދިޔުމުގެ ކުރިން އެފަދަ ވޯޓުތަކާ ގުޅޭ ހާއްސަ ގާނޫނެއް ހެދުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ރައީސް މުއިއްޒު މީގެ ކުރިން ތަކުރާރުކޮށް އެކި ޖަލްސާތަކުގައި ވާހަކަދައްކަވަމުން ވަނީ ބައެއް އިންތިޚާބުތައް ކުރިއަށްދާ ގޮތް ބަދަލުކުރުމަށް ވިސްނަވާކަން ފާހަގަކުރައްވައި އެކަމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަންގަވާނެކަން ހާމަކުރައްވާފައެވެ. އެގޮތުން ބަދަލު ކުރައްވަން ނިންމަވާ ކަންކަމުގެ ތެރޭގައި ހިމެނެނީ؛ 

- ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި އެއް ބުރުން ވެރިޔަކު ހޮވާ ގޮތަށް ހެދުން

- ޕްރިފެރެންޝަލް ވޯޓިން ނިޒާމަކުން ވެރިޔަކު ހޮވާ ގޮތަށް ހެދުން

- ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ތާރީހެއްގައި ބޭއްވުން

- ވެރިކަމުގެ ހުވާ ކުރައްވާ ދުވަސް 11 ނޮވެމްބަރަށް ބަދަލު ކުރަން

އިންތިޚާބުގެ ކަންކަން މިފަދައިން ބަދަލުލުރުމަށް ރައްޔިތުންނަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ކުރިން އެފަދަ ވޯޓު ތަކާބެހޭ ގާނޫނެއް އުފެއްދުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލު ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވުން އޮތީ މިއަދުގެ މަޖިލީހުގެ ޖަލްސާގައެވެ. 

ބިލު ހުށަހެޅި ސަބަބުގެ ގޮތުގައި ފާހަގަކޮށްފައި އޮތީ، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާތަކާއި، އެ ވޯޓު ނެގުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާނެ އުސޫލުތަކާއި، އެ ނޫނަސް ވޯޓު ނެގުމާ ގުޅޭ އެންމެހާ ކަންކަން ބަޔާން ކުރުމެވެ. 

މި ބިލުގައި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާއްމު ވޯޓު ނެގޭނެ ހަތަރު ކަމެއް ފާހަގަކޮށްފައިވެއެވެ. އެއީ

1- ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތައް

2- ގައުމީ މުހިންމު މައްސަލަތައް 

3- ގާނޫނުއަސާސީގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ބާޔަންކޮށްފައިވާ އެންމެހާ ހާލަތްތައް. އޭގެ ތެރޭގައި ހިމެނެނީ، މަޖިލީހުގެ އުމުރު، ރައީސް އިންތިހާބު ކުރާ ގޮތް އަދި ގާނޫނުއަސާސީގެ ދެވަނަ ބާބުގައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމާ ގުޅޭ މާއްދާއަކަށް އިސްލާހު ގެނައުން

4- ގާނޫނު އަސާސީއަށް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުނުކުރައްވައި، އެކަން ރައްޔިތުންގެ މަޖިލީހަށް އަންގާ ޙާލަތުގައި، އެ ބިލަކަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް

މި ބިލުގައިވާ ގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމަށް މަޖިލީހަށް ފެންނަ މަޖިލީހަށް ފެންނަ ޙާލަތުގަޔާއި މަޖިލީހަށް ލާޒިމްވާ ހާލަތްތަކުގައި އެ ވޯޓު ނެގުމަށް ކަނޑައަޅާނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސް ކުރާ ގަރާރަކުންނެވެ.

އަދި ޚިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމަށް ރައީސްއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ބޭނުން ކުރަންވާނީ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތަށް ކަމަަށާ، އާއްމު ވޯޓެއް ނެގުމަށް ރައީސް ބޭނުންވެވަޑައިގަންނަވާ ނުވަތަ ލާޒިމްވާ ޙާލަތްތަކުގައި އެކަން ކަނޑައަޅާނީ އެ މަނިކުފާނު ސޮއިކޮށް ނެރޭ ހާއްސަ ގަރާރަކުން ކަމަށްވެސް ބުނެފައިވެއެވެ. 

މަޖިލީހުން ފާސް ކުރާ ގަރާރުގައި ނުވަތަ ރައީސްގެ ގަރާރުން ވެސް އެއް މައްސަލައަށް ވުރެ ގިނަ މައްސަލައާ ގުޅޭ ގޮތުން ވޯޓު ނެގުމަށް ކަނޑައެޅިދާނެ ކަމަށް ބިލުގައި ބުނެ އެވެ.

މި ފަދަ ގަރާރު ނެރޭ އިރު، އެކަމާ ގުޅޭ މައުލޫމާތު ކަރުދާހެއް ވެސް އާންމު ކުރަން ވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ. 

މި ދެ ގަރާރުގައި ހިމަނަން ޖެހޭ ކަންކަމަކީ: 

- ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ މައްސަލައިގެ ނުވަތަ ސުވާލުގެ ފުރިހަމަ އިބާރާތް

- އެ މައްސަލައެއްގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސަބަބު

- ވޯޓު ނެގުމަށް އެދި ހުށަހަޅާ މުއްދަތު

ބިލުގެ 19 ވަނަ މާއްދާގައިވާ ގޮތުން، ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އެދި ހުށަހާޅާ ތާރީހާއި އެ އިންތިހާބަކާ ދެމެދު މަދުވެގެން 45 ދުވަސް އޮންނަން ޖެހެ އެވެ. އަދި ގިނަވަގެން 90 ދުވަސް ނުވަތަ ތިން މަސްދުވަހުގެ މުއްދަތެއް އޮންނަންވާނެ އެވެ. 

މީގެ އިތުރުން، ރައީސްގެ ނުވަތަ މަޖިލީހުގެ ގަރާރު އިލެކްޝަންސް ކޮމިޝަނަށް ފޮނުވާތާ ފަސް ދުވަސް ތެރޭ ހިޔާލު ހޯދުމަށް އެދި ހުށަހަޅާފައިވާ ސުވާލުގެ ފުރިހަމަ އިބާރާތް އިލެކްޝަން ކޮމިޝަނުން އާންމު ކުރަން ޖެހޭއިރު، އެ ސުވާލު އާންމު ކުރާތާ ހަތް ދުވަސް ތެރޭ އިންތިހާބުގެ ތާރީހު އިއުލާން ކުރަން ޖެހެއެވެ. 

އަދި ވޯޓު ނެގުމަށް އެދި ހުށަހަޅާ މުއްދަތުގައި ވޯޓު ނުނެގޭނެ ކަމަށް ކޮމިޝަނަށް ލަފާ ކުރެވޭ ނަމަ، އެކަން ރައީސް ނުވަތަ މަޖިލީހަށް ލިޔުމުން އަންގަން ޖެހޭނެ ކަމަށާ އެ އަންގާއިރު، ދެން ވޯޓުލުން އޮންނާނެ ކަމަށް ލަފާ ކުރެވޭ ތާރީހު ވެސް ބަޔާން ކުރަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. 

މީގެ އިތުރުން، މަޖިލީހުން ނުވަތަ ރައީސްގެ ގަރާރު ފާސް ކުރުމަށް ފަހު އަނބުރާ ގެންދެވޭނީ، އިންތިހާބުގެ ތާރީހު އިއުލާން ކުރުމުގެ ކުރިން ކަމަށާ އޭގެ ފަހުން ގަރާރު އަނބުރާ ގެންދިޔުމުގެ ފުރުސަތެއް ނޯންނާނެ ކަމަށްވެސް ބިލުގައި ވެއެވެ.  އަދި ގަރާރު އަނބުރާ ގެންދިޔުމުގެ ކުރީން އަނބުރާ ގެންދަން ނިންމި ސަބަބުވެސް ހާމަކުރަންވާނެ ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.