14 Oct 2018 | 13:40
މިފަހަރު ކިއު ހެދީ ސުޕްރީމް ކޯޓް ކައިރީގަ

ރިޔާސީ އިންތިހާބު ބާތިލް ކުރުމަށް ރައީސް ޔާމިން ހުށަހެޅުއްވި ދުސްތޫރީ މައްސަލަަަައިގަ މިއަދު މެންދުރު 1:00 އަށް ތާވަލްކުރެވިފައިވާ އަޑު އެހުމަށް ވަދުމަށް ހެނދުނު 8:00 ފެށިގެން ސުޕްރީމް ކޯޓު ދަށުގައި ކިއު ހަދަން ފަށައިފިއެވެ.

ސަރުކާރަށް ނިސްބަތްވެ ވަޑަައިގަންނަވާ ގިނަ އަދަދެއްގެ ބޭފުޅުންނާއި އިދިކޮޅު ޕާޓީތަކައް ނިސްބަތްވާ ބޭފުޅުންގެ އިތުރުން އާއްމު ރައްޔިތުންގެ ތެރެއިންވެސް ގިނަ އަދަދެއްގެ ބަޔަކު މިވަގުތުވެސް ކިއުގައި އެބަތިއްބެވިއެވެ. މީގެ ތެރޭގައި މިނިސްޓަރުންވެސް ހިމެނެވެ.

ސުޕްރީމް ކޯޓުގައި އޮތް އަޑު އެހުމަކަށް ވަނުމަށް ނަންނޯޓް ކުރުން އޮންނަނީ އަޑުއެހުން ފެށުމުގެ 1 ގަޑިއިރު ކުރިންނެވެ. އެހެންކަމުން މި މައްސަލައިގެ އަޑު އެހުމަށް ނަންނޯޓް ކުރަން ފެށިފައިވަނީ މިއަދު 12:00 ގައެވެ. ނަމަވެސް ޖާގައިދެ ދަތިކަމާއިހުރެ ކިއުގައި ތިއްބެވި ހުރިހާ ބޭފުޅުންނަށް އަޑުއެހުމަކަށް ނުވަދެވޭނެއެވެ.

ސްޕުރީމް ކޯޓު ހުންނަ ސަރަހައްދަކީ އެއްވުން މަނާ ސަރަހައްދެއް ކަމުގައި ވީ ނަމަވެސް މިވަގުތު އެތަނަށް އެއްވެ ތިއްބެވި ބޭފުޅުންނަކީ އެތަނަށް ހަމަނުޖެހުން އުފެއްދުމަށް ވަޑައިގެން ތިއްބެވި ބޭފުޅުންކަމަށް ނުވާތީ ފުލުހުން އަދި ސިފަައިންވެެސް އެތަނުން މީހުން ދުރުކޮށްފައެއް ނުވެއެވެ. ނަމަވެސް ސިފައިން އަދި ފުލުހުން ދަނީ އެ ސަރަހައްދުގައި ފޯރި މަރަމުންނެވެ.

ނިމިދިޔަ ސެޕްޓެންބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުން ރައީސް ޔާމީން ނާކާމިޔާބު ވުމުން އެކަން ގަބޫލު ކުރައްވާ އިއުލާން ކުރެއްވުމަށްފަހު އިންތިހާބަގައި މައްސަލަތަކެއް އެބަހުރިކަމަށް ވިދާޅުވެ އިންތިހާބާއި ގުޅޭ ދުސްތޫރީ މައްސަލައެށް ސުޕްރީމް ކޯޓަށް ވެއްދީ ނިމިގެން ދިޔަ ހަފްތާގެ ތެރޭގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Jul 2026
މާލޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރައިފި
އުދަ އަރައި ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފުން ވަނީ ފެން ހިންދުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައެވެ
26 Jul 2026
މިނިވަންދުވަހުގެ މުނާސަބަތުގައި މިރޭ ހަވާއަރުވަނީ
26 Jul 2026
ކުޅުދުއްފުށީ ޕޯސްޓް އޮފީހުން ޕިކްޕޯސްޓް ޚިދުމަތް ތަޢާރަފުކޮށްފި
ކުޅުދުއްފުށީ ސިޓީގައި ޕޯސްޓުގެ ޚިދުމަތްތައް ސީނާ ބިލްޑިންގަށް ބަދަލުކޮށް ޕިކްޕޯސްޓް ޚިދުމަތް ފަށާފައިވާއިރު، ކިއުގައި މަޑުނުކޮށް ފަސޭހަ ވަގުތެއްގައި ޕާރުސަލް ބަލައިގަނެވޭނެ ކަމަށް މޯލްޑިވްސް ޕޯސްޓުން ބުނެފައިވެއެވެ.
26 Jul 2026
ދެތިން މަސްތެރޭ ބޭހުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ: ރައީސް
ރައީސް ވިދާޅުވީ، ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ބަދަލެއްގެ ގޮތުން، ރައްޔޮތުން ހާލުގައި ޖެއްސުމަށް ބައެއް ފަރާތްތަކުން ކުރި މަސައްކަތުގެ ސަބަބުން ބޭސް ލިބުމަށް ދަތިތަކާ ކުރިމަތިލާން ޖެހުނީ ކަމަށެވެ.
26 Jul 2026
ދިރާގުން މިނިވަން ދުވަހުގެ މުނާސަބަތުގައި ހިލޭ ޑޭޓާ އަދި އިތުރު އޮފަރތައް
މި އޮފަރގެ ދަށުން ދިރާގުގެ ހުރިހާ ޕްރިޕެއިޑް ކަސްޓަމަރުންނަށް 6ޖީބީ ހިލޭ ބޯނަސް ޑޭޓާ ލިބިގެންދާނެއެވެ. މި ޑޭޓާ ހޯދުމަށް ދިރާގު އެޕް ނުވަތަ #225* މެދުވެރިކޮށް، 26 ޖުލައި 2026 ގެ އިރުއޮއްސި 6:00 ގެ ކުރިން އެކްޓިވޭޓް ކުރެވޭނެއެވެ.
26 Jul 2026
އެމްޑީޕީ ވެރިކަމުގައި ރާއްޖޭގައި އޮތީ ޕްރޯ އިސްރާއީލް ޕޮލިސީއެއް: ރައީސް
އިދިކޮޅު އެމްޑީޕީގެ ވެރިކަންތަކުގައި ރާއްޖެއިން އިސްރާއީލާއެކު ގުޅުން ބޭއްވި ކަމަށާ އޭރު ރާއްޖޭގައި އޮތީ ޕްރީ އިސްރާއީލް ޕޮލިސީއެއް ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
26 Jul 2026
ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވެވި ރަސްމީ ޖަލްސާގައި މި ޚިދުމަތްތެރީންނަށް ޝަރަފު އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
26 Jul 2026
4 ބޭފުޅަކަށް ދައުލަތުގެ މަތިވެރި ޢިއްޒަތް އަރުވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ހަތަރު ބޭފުޅަކަށް އަރުއްވައިފިއެވެ.