މަގާމުގައި ހަތް މަސް، މައުރޫފް ވަކިވެވަޑައިގަންނަވަނީ

މުހައްމަދު މައުރޫފް ޖަމީލް

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މ. ދޫރެސް، މުހައްމަދު މައުރޫފް ޖަމީލް އެ މަގާމުން ވަކިވެވަޑައިގަންނަވަން ނިންމަވައިފި އެވެ.

މީގެ ހަތް މަސް ދުވަސްކުރީން ޑިސެންބަރު 22, 2024 ގައި އެޗްޑީސީގެ އެމްޑީގެ މަގާމަށް އައްޔަނު ކުރެއްވި މައުރޫފް, މަގާމުން ރިޔަޓާ ކުރައްވަން ނިންމަވާފައިވާކަން މުވައްޒިފުންނަށް ވަނީ އަންގާފަ އެވެ. 

ހުޅުމާލޭގެ ތަރައްގީގައި މައުރޫފްގެ ދައުރު ވަރަށް ބޮޑެވެ. ކުރީގެ ރައީސް މައުމޫންގެ ދައުރުގައި އެ ބިޔަ މަޝްރޫއު ފެށިއިރުން ފެށިގެން އެކި ލެވެލްގައި މައުރޫފް ވަނީ މަސައްކަތް ކުރައްވާފަ އެވެ.

މަގާމުން ވަކިވެވަޑައިގެންނެވި ނަމަވެސް މައުރޫފް ސަަރުކާރުގެ އެހެން މަގާމަކަށް ވަޑައިގަންނަވާ ކަމުގައި އަޑުފެތުރިފައިވެ އެވެ.

މައުރޫފަށް އެޗްޑީސީގެ ހިންގެވުން ހަވާލުކުރެެއްވީ ކުރިން އެމަގާމުގައި ހުންނެވި ފަޒުލް ރަޝީދު މަގާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.

ފަޒުލް އިސްތިއުފާ ދެއްވީ ގެދޮރުވެރިޔާ ސްކީމާއި ގުޅޭ ބޮޑެތި ހިޔާނާތްތަކެއްގެ ތުހުމަތު ކުރެވިގެންނެވެ. 

ކޮމެންޓް