މާލެ ސިޓީގެ މަގެއް މަތި -- ފޮޓޯ: ވޮއިސް
ހަބަރު
07 Jul 2025 | 18:14
ޖޫންގެ ތަފާސް ހިސާބު؛ ވަގަށް ނެގި 69 ސައިކަލާއި 29 މޯބައިލް ފުލުހުން ހޯދި

މިދިޔަ ޖޫން މަހުގެ ތެރޭގައި ވަގަށް ނެގި 69 ސައިކަލެއް ފުލުހުން ހޯދާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފުލުހުން މިއަދު ވަނީ މާލެ ފްރަންޓްލައިން ޕޮލިސިންގެ ޑިޕާޓްމަންޓްތަކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރިކަވާ ކުރެވުނު މުދަލުގެ ތަފާސް ހިސާބުތައް އާންމުކޮށްފަ އެވެ. ފުލުހުން ބުނީ މިދިޔަ މަހު ވަގަށް ނެގި 69 ސައިކަލެއް ފުލުހުން ހޯދާފައިވާ ކަމަށެވެ. މި ސައިކަލުތަކުގެ އަގު 3.3 މިލިއަނަށް ވުރެ ބޮޑެވެ.

މީގެ އިތުރުން ވަގަށް ނެގި 29 މޯބައިލް ފޯނެއް ވަނީ ހޯދާފަ އެވެ. މީގެ އިތުރުން އިލެކްޓްރޯނިކްސް އައިޓަމްތަކުގެ ތެރެއިން 80,000 ރުފިޔާގެ ތަކެތި ފުލުހުން ވަނީ ހޯދާފަ އެވެ.

ފުލުހުން ބުނި ގޮތުގައި މިދިޔަ މަހު, ފައިސާ ވަގަށް ނެގުމުގެ 26 މައްސަލައެއްގައި ހިމެނޭ 400,000 ވުރެ ގިނަ ރުފިޔާ ވެސް ފުލުހުން ވަނީ ހޯދާފަ އެވެ.

ޖޫން; ފަސްހާހަށް ވުރެ ގިނަ މީހުންނާއި ސުވާލުކުރި

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖޫން މަހުގެ ތެރޭގައި 5015 މީހަކު ހުއްޓުވާ ސުވާލުކުރި އެވެ. އޭގެ ތެރޭގައި 4833 މީހުންނަކީ ކުށުގެ ރެކޯޑް އޮތް މީހުން ކަމަށް ފުލުހުން ބުންޏެވެ.

ކުށުގެ ރެކޯޑް ނެތް މީހުންގެ އަދަދަކީ 182 މީހުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ނަޝީދަށް ދައުލަތުގެ ވެރިކަން ދޭގޮތަށް އެއްބަސްވުމަކީ އެމްޑީޕީ އެކުވެރިވާނެ ކަމެއް ނޫން: ފަޒްނާ
"އަޅުގަނޑުގެ ޕޮއިންޓަކީ ވަކި އަތަކަށް ނުޖެހި އިންސާފުވެރި ކަމާއެކު މަސައްކަތް ކުރަން ޖެހޭ މަޤާމަކަށް ވަކިއަތަކަށް ޖެހިގެން ހުރިމީހަކު އައިސްގެން ޕާޓީގެ އެކުވެރި ކަމެއް ނުދެމެހެއްޓޭނެއޭ އެވެ,"
04 Jun 2026
ހައްޖުން އަންނަ އެއްވެސް ފަރާތެއް ރޯގާއަށް ޝައްކު ކުރެވޭނަމަ ކިއުގަ ނުޖެހި އައިޖީއެމްއެޗަށް ދެއްކޭނެ
އައިޖީއެމްއެޗުން ބުނީ، ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން ހުން ނުވަތަ ރޯގާއަށް ޝައްކު ކުރެވޭފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ހޮސްޕިޓަލްގެ ކުއްލި ފަރުވާދޭ ބަޔަށް އައިސް ކައުންޓަރުގައި އިންނަ މުއައްޒަފަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ
04 Jun 2026
ޕާކިސްތާން އަތުން ބަލިވެ، ފައިނަލަށް ދިއުމުގެ ދޮރު ރާއްޖެއަށް ބަންދުވެއްޖެ
މުބާރާތުގައި މިއަދު ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި ޕާކިސްތާނު މޮޅުވިއިރު، އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.