އަލިފާނުގެ ހާދިސާ ހިނގި އެޕާޓްމަންޓް: ފޮޓޯ/ ވޮއިސް
ހަބަރު
13 Jul 2025 | 16:35
ހުޅުމާލޭ ފްލެޓްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 21 މީހަކު ވަގުތީ ހިޔާތަކަށް

ހުޅުމާލޭ ފޭސް އެކެއްގެގައި މިއަދު މެންދުރު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި 21 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.

މި ހާދިސާ ހިނގާފައިވަނީ 94 ވަނަ ފްލެޓްގެ 2 ވަނަ ފަންގިފިލާގައެވެ. ވޮއިސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގި އެ އެޕާޓްމެންޓްގައި 11 ބިދޭސީން ދިޔައީ ދިރިއުޅެމުންނެވެ. ހާދިސާ ހިނގި ވަގުތު އެޕާޓްމެންޓްގައި އެއްވެސް މީހަކު ނޫޅެއެވެ.

މި ކަމާއި ގުޅިގެން ނެޝަނަލް ޑިޒާސްޓާސް މެނޭޖުމެންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އިން ބުނެފައިވަނީ އަލިފާނުގެ ހާދިސާގައި 4 އެޕާޓްމަންޓަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށެވެ. އެގޮތުން 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން މިވަގުތު ފޯރުކޮށްދެމުން އަންނަކަމަށް ޑިޒާސްޓާ އޮފީހުން ބުންޏެވެ.

އަލިފާނުގެ ހާދިސާ ހިނގި އެޕާޓްމަންޓް ދިރިނޫޅެވޭވަރަށް އަލިފާނުގެ އަސަރުކޮށް ތަނުގައި ހުރި ފަރުނީޗަރުތަކާއި، ހިފާގެންގުޅޭ އާލާތްތައް ވަނީ ބޭނުން ނުކުރެވޭވަރަށް އަނދައިގެން ގޮސްފައެވެ. ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގި އެޕާޓްމަންޓްގައި މީގެ 6 މަސް ދުވަސްކުރިންވެސް ވަނީ އަލިފާން ރޯވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެފަހަރު އަލިފާން ރޯވެފައިވަނީ ޗާޖަށް ޖަހާފައިވާ ފޯނެއްގައި ރޯވެގެންނެވެ. މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ރޯވި ސަބަބެއް ކަމާބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

އަލިފާން ރޯވި އެޕާޓްމަންޓަކީ ބިދޭސީން ދިރިއުޅުމަށް ބޭނުންކުރާ ތަނެކެވެ. ފުލުހުން ބުނެފައިވަނީ އެތަނުގައި ދިރިއުޅެމުންދަނީ 11 މީހުން ކަމަށެވެ. ނަމަވެސް އެ އެޕާޓްމަންޓް ކައިރީ އުޅޭ ބައެއް އަވައްޓެރިން ވޮއިސްއާ މައުލޫމާތު ހިއްސާކުރަމުން ބުނެފައިވަނީ އެތަނުގައި ބައެއްފަހަރު އޭގެ ދެގުނައަށް މީހުން އުޅެމުންދާކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Sep 2026
އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ވިލަރެސް ކޮމިޓީ އެކުލަވާލައިފި
އަދި މި މަޝްރޫއު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި، ކަމާގުޅޭ އިދާރާތައް ގުޅިގެން މަސައްކަތްތައް ރޭވުމާ ގުޅޭގޮތުން ވެސް ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ.
28 Sep 2026
ނޮވެންބަރުގެ ނިޔަލަށް ހުރިހާ ޑްރަގް ކެފޭތައް ބަންދުކުރެވޭނެ: އިހްސާން
މި ވޭތުވެދިޔަ ތިން ހަތަރު މަހެއްގެ ތެރޭގައި ޑްރަގް ކެފޭގެ ގޮތުގައި ހިންގަމުންދާ 17 ތަނެއް ބަންދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
27 Sep 2026
ނައިބު ރައީސް ނިއުޔޯކް އަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވައިފި
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މި ދަތުރުފުޅުގައި ޤައުމީ ބަޔާން އިއްވަވައި ކޮންމެ ޤައުމެއްގެވެސް މުސްތަޤުބަލު ބައްޓަންކުރުމުގެ އަސާސީ ޙައްޤު އެ ޤައުމަކަށް ލިބިގެންވާކަން ފާހަގަކުރެއްވިއެވެ. ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކަ ވިދާޅުވަމުން 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ އެ ގޮންޖެހުންތައް ގުޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
27 Sep 2026
އީޝާގެ މައްޗަށް ގަޒުފުގެ ދައުވާ އުފުލައިފި
އެކަން ޕީޖީ އޮފީހުން ވަނީ ވޮއިސްއަށް ޔަގީންކޮށްދީފަ އެވެ. އީޝާގެ މައްޗަށް އުފުލީ ގާނޫނުލްއުގޫބާތުގެ ދަށުން ގަޒުފުގެ ދައުވާ އެވެ.
27 Sep 2026
ގޭންގުތަކަށް ނިސްބަތްވާ ދިހަ ލީޑަރެއްގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން، ހަރުކަށި ފިޔަވަޅު އެޅޭނެ: ވަޒީރު
“ދިހަ ގޭންގު ލީޑަރެއްގެ މައްސަލަ މިދިޔަ ޖޫން މަހުން ފެށިގެން އަޅުގަނޑުމެން އެބަ ގެންދަން ތަހުގީގު ކުރަމުން،” ވަޒީރު ވިދާޅުވި އެވެ.
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ރާއްޖޭގެ އޭއައި ޕްރޮސިކިއުޝަން އޮނިގަނޑު ދުނިޔެއަށް ހިލޭ ދޫކުރަނީ
އެމަނިކުފާނު މިކަން ހާމަކުރެއްވީ އަބޫދާބީގައި ކުރިއަށްދާ އދ. ގެ 15 ވަނަ ކްރައިމް ކޮންގްރެސްގެ އެންސިލަރީ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުންނެވެ. އެ ބައްދަލުވުމުގައި ޕީޖީ ވަނީ 2025 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި "މޯލްޑިވްސް 2.0" ތަސައްވުރަށް އަލިއަޅުއްވާލައްވާފައެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ