ނިޔާވި މީހާ ފެނުނީ ކޮޓަރިތެރޭގައި ވެއްޓިފައި އޮއްވާ، އަނިޔާގެ ނިޝާނެއް ނެތް

އައިޖީއެމްއެޗް --

އެމަޖެންސީ ހާލަތުގައި އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ ފަހުން މަރުވި އުމުރުން 43 އަހަރު މީހާ ފެނުނީ ކޮޓަރިތެރޭގައި ވެއްޓިފައި އޮއްވާ ކަމަށާ އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާއެއް ފެންނަން ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

މިއަދު ހެނދުނު 10:10 ހާއިރު އެމަޖެންސީކޮށް އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކުމަށް ގެންދިޔަ މީހެއް ހޮސްޕިޓަލުގައި ނިޔާވި މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ދެންމެ ބުނީ މަރުވެފައި ވަނީ އުމުރުން 43 އަހަރުގެ މުހައްމަދު ރަޝީދު ކަމަށެވެ. މއ. ސައިނޯސަރުގެ އަށް ނިސްބަތްވާ މި މީހާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އެ ގޭގެ ކޮޓަރީގެ ތެރެއަށް ވެއްޓިފައި އޮއްވާ ފެނިގެންނެވެ.

މުހައްމަދު ރަޝީދުގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޮމެންޓް