އާއްމުން ހޭލުންތެރި ކުރުމަށް ފުލުހުން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން: ފޮޓޯ/ ޕޮލިސް
ހަބަރު
17 Jul 2025 | 10:35
ފުލުހުންގެ ވަރުގަދަ މެސެޖެއް، ”ލަސްވުމަށްވުރެ ފުރާނަ މުހިންމު!“

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ބާރުއެޅުމުގެ ގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފުލުހުން ޚާއްސަ ހަރަކާތެއް ފަށައިފިއެވެ.

ފުލުހުން މިއަދު މި ފެށި ހަރަކާތުގެ ތެރެއިން، ހުޅުމާލޭ ފޭސް 2 ގެ ނިރޮޅު މަގުގައި، ހެނދުނުގެ ބާރުބޮޑު، މަގުތައް އެންމެ ބައިބޯވި ވަގުތުގައި، މަގުގެ އެކި އެކި ސަރަހައްދު ތަކުގައި ބޯޑުތައް ހިފައިގެން ތިބެ ފުލުހުން ވަނީ، "ލަސްވުމަށްވުރެ ފުރާނަ މުހިންމު!" ކަމަށް ބުނެ ވަރުގަދަ މެސެޖެއް އާއްމުންނަށް ދީފައެވެ. 

އާއްމުން ހޭލުންތެރި ކުރުމަށް ފުލުހުން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން: ފޮޓޯ/ ޕޮލިސް

މިކަމާއި ގުޅިގެން ފުލުހުން މީސްމީޑިއާ ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ހެނދުނު އެ ވަގުތުތަކަކީ ސުކޫލްތަކަށް ކުދިން ވަގުތެއް ކަމަށެވެ.

އެހެން ނަމަވެސް، "އެއްވެސް އެޕޮއިންޓްމަންޓެއް، ކްލާހެއް ނުވަތަ މީޓިންގއެއްވެސް ފުރާނައަށްވުރެ މުހިންމެއް ނުވާނެ" ކަމަށް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.

އާއްމުން ހޭލުންތެރި ކުރުމަށް ފުލުހުން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން: ފޮޓޯ/ ޕޮލިސް

އަދި މީގެ އިތުރުން، "އަމިއްލަ ނަފްސުގެ ސަލާމަތަކީ ހަމައެކަނި އަމިއްލަ މީހާއަށް މުހިންމު ކަމެއް ނޫން“ ކަމަށާ، އެހެނެއް ކަމަކު އެއީ ”އެމީހެއްގެ ވަށައިގެން ތިބި އެންމެންނަށްވެސް މުހިންމު ކަމެއް" ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މެސެޖާއެކު ފުލުހުން ވަނީ، ދާންޖެހޭ ތަންތަނަށް ދާނޭ ވަގުތު އޮއްވައި، ކުރިއާލައި ގެއިން ނުކުތުމަށާއި، ސަމާލުކަމާއެކު ދުއްވުމަށް އިލްތިމާސްކޮށްފައެވެ.

އާއްމުން ހޭލުންތެރި ކުރުމަށް ފުލުހުން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން: ފޮޓޯ/ ޕޮލިސް

ފުލުހުން މިފަދަ ހަރަކާތެއް ފަށާފައިވާއިރު، މިއަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި އެކަނިވެސް މާލެ، ބްރިޖް އަދި ހައިވޭގައި ހާހަކަށްވުރެ ގިނަ އެކްސިޑެންޓް ހިނގައިގެން ރިޕޯޓްކޮށްފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. މި އެކްސިޑެންޓްތަކުގައި 61 މީހަކަށް ސީރިއަސް އަނިޔާތައް ލިބިފައިވެއެވެ.

މީގެ ތެރެއިން މާލޭގައި 911 އެކްސިޑެންޓް ހިނގާފައިވާއިރު ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ ދުވާލުގަޑީގައެވެ. އެގޮތުން ދުވާލުގަޑީގައި 745 އެކްސިޑެންޓް ހިނގިއިރު، ރޭގަނޑު ވަނީ 356 އެކްސިޑެންޓް ހިނގާފައެވެ. އެންމެގިނައިން އެކްސިޑެންޓް ހިނގާފައިވަނީ ކާރާއި ސައިކަލް ޖެހިގެންނެވެ. ދެން އެންމެ ގިނައީ ދެސައިކަލް ޖެހިެގންނެވެ.

އަދި ދާދިފަހުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް، ދުވަން ނުކުމެ އުޅުނު މީހެއް ގައިގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖެއް ވަނީ ނިޔާވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Sep 2026
އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ވިލަރެސް ކޮމިޓީ އެކުލަވާލައިފި
އަދި މި މަޝްރޫއު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި، ކަމާގުޅޭ އިދާރާތައް ގުޅިގެން މަސައްކަތްތައް ރޭވުމާ ގުޅޭގޮތުން ވެސް ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ.
28 Sep 2026
ނޮވެންބަރުގެ ނިޔަލަށް ހުރިހާ ޑްރަގް ކެފޭތައް ބަންދުކުރެވޭނެ: އިހްސާން
މި ވޭތުވެދިޔަ ތިން ހަތަރު މަހެއްގެ ތެރޭގައި ޑްރަގް ކެފޭގެ ގޮތުގައި ހިންގަމުންދާ 17 ތަނެއް ބަންދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
27 Sep 2026
ނައިބު ރައީސް ނިއުޔޯކް އަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވައިފި
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މި ދަތުރުފުޅުގައި ޤައުމީ ބަޔާން އިއްވަވައި ކޮންމެ ޤައުމެއްގެވެސް މުސްތަޤުބަލު ބައްޓަންކުރުމުގެ އަސާސީ ޙައްޤު އެ ޤައުމަކަށް ލިބިގެންވާކަން ފާހަގަކުރެއްވިއެވެ. ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކަ ވިދާޅުވަމުން 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ އެ ގޮންޖެހުންތައް ގުޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
27 Sep 2026
އީޝާގެ މައްޗަށް ގަޒުފުގެ ދައުވާ އުފުލައިފި
އެކަން ޕީޖީ އޮފީހުން ވަނީ ވޮއިސްއަށް ޔަގީންކޮށްދީފަ އެވެ. އީޝާގެ މައްޗަށް އުފުލީ ގާނޫނުލްއުގޫބާތުގެ ދަށުން ގަޒުފުގެ ދައުވާ އެވެ.
27 Sep 2026
ގޭންގުތަކަށް ނިސްބަތްވާ ދިހަ ލީޑަރެއްގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން، ހަރުކަށި ފިޔަވަޅު އެޅޭނެ: ވަޒީރު
“ދިހަ ގޭންގު ލީޑަރެއްގެ މައްސަލަ މިދިޔަ ޖޫން މަހުން ފެށިގެން އަޅުގަނޑުމެން އެބަ ގެންދަން ތަހުގީގު ކުރަމުން،” ވަޒީރު ވިދާޅުވި އެވެ.
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ރާއްޖޭގެ އޭއައި ޕްރޮސިކިއުޝަން އޮނިގަނޑު ދުނިޔެއަށް ހިލޭ ދޫކުރަނީ
އެމަނިކުފާނު މިކަން ހާމަކުރެއްވީ އަބޫދާބީގައި ކުރިއަށްދާ އދ. ގެ 15 ވަނަ ކްރައިމް ކޮންގްރެސްގެ އެންސިލަރީ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުންނެވެ. އެ ބައްދަލުވުމުގައި ޕީޖީ ވަނީ 2025 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި "މޯލްޑިވްސް 2.0" ތަސައްވުރަށް އަލިއަޅުއްވާލައްވާފައެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ