އެމްޑަބްލިޔުއެސްސީގެ އައު އެޕްލިކޭޝަން ލޯންޗްކުރުމުގެ ތެރެއިން: ފޮޓޯ/ ވޮއިސް---
ހަބަރު
20 Jul 2025 | 12:51
އެމްޑަބްލިޔުއެސްސީ މޮބައިލް އެޕަށް ބޮޑެތި ބަދަލުތަކެއް ގެނެސް ލޯންޗްކޮށްފި

މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ މޮބައިލް އެޕްލިކޭޝަނަށް ބޮޑެތި ބަދަލުތަކެއް ގެނެސް އެޕް އަލުން ލޯންޗްކޮށްފި އެވެ.

އެމްޑަބްލިޔުއެސްސީން ބުނެފައިވާ ގޮތުގައި މިބަދަލުތައް ގެނެވިފައި ވަނީ އެމްޑަބްލިޔުއެސްސީ މޮބައިލް އެޕްލިކޭޝަންގެ ޚިދުމަތްތައް ކުރިއަށް ވުރެ ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުންކަމަށެވެ.

އެގޮތުން މިއަދު އެމްޑަބްލިޔުއެސްސީގައި ބޭއްވުނު ރަސްމިއްޔާތުއްގައި މި ބަދަލުތަކާއެކު މޯބައިލް އެޕްލިކޭޝަން އަލުން ލޯންޗްކޮށްދެއްވީ އެމްޑަބްލިޔުއެސްސީގެ ޗެއަރޕާރސަން ޝަމްޙޫޒާ އަޙުމަދު އާއި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ، ޢަބްދުލް މަތީން މުޙައްމަދު އެވެ.

މޯބައިލް އެޕްލިކޭޝަނަށް އިތުރު ބަދަލުތަކެއް ގެނެވިފައި މިވަނީ ކަސްޓަމަރުން ޚިދުމަތްތައް ހޯދުމަށް ކައުންޓަރަށް އައުމުގެ ބަދަލުގައި، މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ފެނާއި ނަރުދަމާގެ ޚިދުމަތްތަކަށް އެދި ހުށައެޅުމާއި، ބިލްތަކަށް ފައިސާ ދެއްކުމާއި، އަދި އެހެނިހެން ޚިދުމަތްތައް ލިބިގަނެވޭނެ ގޮތަށް މަގު ފަހިކޮށްދިނުމުގެ ގޮތުން ކަމަށް އެމްޑަބްލިޔުއެސްސީން ވަނީ ބުނެފަ އެވެ.

އެމްދަބްލިޔުއެސްސީ އިން ބުނެފައިވާ ގޮތުގައި މޯބައިލް އެޕްލިކޭޝަނަށް މި ގެނެވުނު ބަދަލުތަކާއެކު، ކުރިން އެމް.ޑަބްލިޔު.އެސް.ސީގެ މޯބައިލް އެޕްލިކޭޝަންއިން ލިބެމުން ދިޔަ ޚިދުމަތްތަކާއި އަދި އީ-ޕޯޓަލް މެދުވެރިކޮށް ލިބެން ހުރި ހުރިހާ ޚިދުމަތްތައް، އައު ޚިދުމަތްތަކާއެކު މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް މިހާރު ލިބެމުންދާނެ އެވެ.

މޮބައިލް އެޕްލިކޭޝަނަށް އަލަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި:

- އީފާސް މެދުވެރިކޮށް ފަސޭހަކަމާއެކު މޯބައިލް އެޕްލިކޭޝަންއަށް ލޮގިން ކުރެވުން

- އީފާސް އިން ލޮގިން ކުރުމާއެކު އެފަރާތެއްގެ ނަމުގައިވާ ހުރިހާ މީޓަރެއް ފެންނަން ހުރުން.

- ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަކަމާއެކު ފެނާއި ނަރުދަމާގެ ޚިދުމަތްތަކަށް އޮންލައިންކޮށް އެދި ހުށައެޅުން.

- ކަސްޓަމަރުން އެދިފައިވާ ޚިދުމަތްތަކުގެ ތަފްޞީލާއި، އެޚިދުމަތުގެ މަސައްކަތް ގޮސްފައިވާ ހިސާބުގެ އަދާހަމަ ވަގުތުން ބެލޭނެގޮތް ވުމާއި އެ ޚިދުމަތްތަކަށް އެޕް މެދުވެރިކޮށް ފައިސާ ދެއްކުން.

- މަލްޓިޕޭ މެދުވެރިކޮށް އެކި އެކައުންޓުތަކުގެ ބިލްތަކަށް އެއްފަހަރާ ފައިސާ ދެއްކުން.

- މީޓަރގެ ރީޑީންގ އާއި ފޮޓޯއެއް އަޕްލޯޑް ކޮށްލައިގެން މަހުގެ ކޮންމެ ހިސާބެއްގައިވެސް ބިލް ހެދުމަށް ރިކުއެސްޓް ކުރެވުން.

- ސްމާޓް މީޓަރ މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުން ފެން ބޭނުންކުރަމުންދާ މިންވަރާއި ބިލަށް އަރާ ފައިސާގެ މިންވަރު ދުވަހުން ދުވަހަށް ބަލާލެވުން.

- ސްމާޓް މީޓަރ ތަކުން އެވަގުތަކު ބިލަށް އަރާފައިވާ މިންވަރު ދެނެގަނެވުން

- ސްމާޓް މީޓަރތަކުން އެމަހެއްގެ އަންދާޒީ ބިލްގެ މިންވަރު ދެނެގަތުން.

- އެއް އަހަރު ދުވަހުގެ އެކައުންޓް ސްޓޭޓްމަންޓް ބަލާލެވުން

އެމްޑަބްލިޔުއެސްސީގެ އައު އެޕްލިކޭޝަނާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެމްޑަބްލިޔުއެސްސީގެ ކަސްޓަމަރ ސަރވިސް ހޮޓްލައިން 105 އަށް ގުޅުއްވާ ނުވަތަ އެމްޑަބްލިޔުއެސްސީގެ ވެބްސައިޓް mwsc.com.mv އިން އެޕްލިކޭޝަނާއި ގުޅޭ މަޢުލޫމާތުތައް ޝާއިޢުކުރެވިފައިވާނެކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Sep 2026
ނޮވެންބަރުގެ ނިޔަލަށް ހުރިހާ ޑްރަގް ކެފޭތައް ބަންދުކުރެވޭނެ: އިހްސާން
މި ވޭތުވެދިޔަ ތިން ހަތަރު މަހެއްގެ ތެރޭގައި ޑްރަގް ކެފޭގެ ގޮތުގައި ހިންގަމުންދާ 17 ތަނެއް ބަންދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
27 Sep 2026
ނައިބު ރައީސް ނިއުޔޯކް އަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވައިފި
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މި ދަތުރުފުޅުގައި ޤައުމީ ބަޔާން އިއްވަވައި ކޮންމެ ޤައުމެއްގެވެސް މުސްތަޤުބަލު ބައްޓަންކުރުމުގެ އަސާސީ ޙައްޤު އެ ޤައުމަކަށް ލިބިގެންވާކަން ފާހަގަކުރެއްވިއެވެ. ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކަ ވިދާޅުވަމުން 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ އެ ގޮންޖެހުންތައް ގުޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
27 Sep 2026
އީޝާގެ މައްޗަށް ގަޒުފުގެ ދައުވާ އުފުލައިފި
އެކަން ޕީޖީ އޮފީހުން ވަނީ ވޮއިސްއަށް ޔަގީންކޮށްދީފަ އެވެ. އީޝާގެ މައްޗަށް އުފުލީ ގާނޫނުލްއުގޫބާތުގެ ދަށުން ގަޒުފުގެ ދައުވާ އެވެ.
27 Sep 2026
ގޭންގުތަކަށް ނިސްބަތްވާ ދިހަ ލީޑަރެއްގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން، ހަރުކަށި ފިޔަވަޅު އެޅޭނެ: ވަޒީރު
“ދިހަ ގޭންގު ލީޑަރެއްގެ މައްސަލަ މިދިޔަ ޖޫން މަހުން ފެށިގެން އަޅުގަނޑުމެން އެބަ ގެންދަން ތަހުގީގު ކުރަމުން،” ވަޒީރު ވިދާޅުވި އެވެ.
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ރާއްޖޭގެ އޭއައި ޕްރޮސިކިއުޝަން އޮނިގަނޑު ދުނިޔެއަށް ހިލޭ ދޫކުރަނީ
އެމަނިކުފާނު މިކަން ހާމަކުރެއްވީ އަބޫދާބީގައި ކުރިއަށްދާ އދ. ގެ 15 ވަނަ ކްރައިމް ކޮންގްރެސްގެ އެންސިލަރީ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުންނެވެ. އެ ބައްދަލުވުމުގައި ޕީޖީ ވަނީ 2025 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި "މޯލްޑިވްސް 2.0" ތަސައްވުރަށް އަލިއަޅުއްވާލައްވާފައެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ
27 Sep 2026
ރައީސް ނަޝީދު ކުރުވާހަކަ ފޮތެއް
"ކުރުވާހަކަ - 80ގެ ފަހުކޮޅު" ގެ ނަމުގައި މި ފޮތް ޝާއިޢުކުރަނީ ނަޝީދުގެ ހިއްސާ އޮންނަ އޯޝަން ޕަބްލިޝާސް އިންނެވެ. ފޮތުގެ އަގެއްގެ ގޮތުގައި ކަނޑައެޅާފައިވަނީ 250 ރުފިޔާއެވެ. ފޮތުގައި ހިމެނޭ ވާހަކަތަކުގެ ތެރޭގައި "ޗާލާ ޒަމާން" "ޤައުމީ މަޝްރޫޢު" "ރީތި ހަދިޔާ" އަދި "މޫސަބަރު" ހިމެނެއެވެ.