އެލައިޑް އައްޑޫ ފެސްޓް- ފޮޓޯ/ އެލައިޑް
ހަބަރު
20 Jul 2025 | 10:43
އެލައިޑް އައްޑޫ ފެސްޓްގައި 1،000 އަށްވުރެ ގިނަ އާއިލާ ބައިވެރިވެއްޖެ

އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް މޯލްޑިވްސް (އެލައިޑް) އިން ކުންފުނީގެ 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، އެ ކުންފުނީގެ ޚާއްސަ އާއިލީ ހަރަކާތް ކަމަށްވާ އެލައިޑް ފެސްޓްގެ އައްޑޫ ސިޓީގައި ކުރިއަށް ގެންގޮސްފިއެވެ.

މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހު ބޭއްވި މި ހަރަކާތުގައި 1،000 އަށްވުރެ ގިނަ އާއިލާއިން ވަނީ ބައިވެރިވެފައެވެ. 

މިފެސްޓް ވެގެން ގޮސްފައިވަނީ އެ އާއިލާތަށް، އެކުގައި މަޖާކޮށް، ގުޅުން ބަދަހިކުރުމަށް، ލިބުނު ރަނުގެ ފުރުސަތަކަށެވެ.

ކޮންމެ އަހަރަކު މާލޭގައި ބާއްވަމުން އަންނަ އެލައިޑް ފެސްޓަކީ އާއިލާތަކުގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ހަރަކާތެކެވެ. 

އެލައިޑް ކުންފުންޏަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، މިފަހަރު މި ފެސްޓް އައްޑޫ ސިޓީގައި ބާއްވާފައިވާއިރު، އެއްހާސް އާއިލާއަށް ވުރެ ގިނަ އާއިލާ މި ހަރަކާތުގައި ބައިވެރިވެފައިވެއެވެ.

މި ހަރަކާތުގައި ގޭމް ސްޓޯލްތަކާއި، އިންޓަރެކްޓިވް ހަރަކާތްތަކާއި، ހަދިޔާ ދިނުންފަދަ ކަންކަން ހިމެނުނުއިރު، ކޮންމެ ކުއްޖަކަށްވެސް ޚާއްސަ ހަދިޔާއެއް ލިބުނެވެ. 

މިއީ ކުޑަކުދިންނާއި ބެލެނިވެރިންނަށްވެސް ހިނިތުންވުމާއި، އުފާވެރިކަމުން ފުރިގެންދިޔަ ހަވީރެކެވެ.

މަޖާ ކުރުމުގެ އިތުރުން، އެލައިޑްގެ ޓީމުތަކުން ވަނީ ބެލެނިވެރިންނާއެކު މަޝްވަރާކޮށް، އާއިލާތަކުގެ މުސްތަގުބަލަށްޓަކައި ފައިސާ ރައްކާކުރުމުގެ އާދަތަކާއި މާލީ ރައްކާތެރިކަމުގެ މުހިންމުކަމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކޮށްފައެވެ.

އެލައިޑް ފެސްޓްގެ އައްޑޫ އެޑިޝަން އަކީ އެލައިޑްގެ ކަސްޓަމަރުންނާއި މުޖުތަމަޢަށް ޚިދުމަތް ދިނުމުގެ މަސައްކަތްތައް ފުޅާކުރުމުގެ މުހިންމު ފިޔަވަޅެކެވެ. އެލައިޑް ފެސްޓްގެ މާލޭ އެޑިޝަން މި އަހަރުގެ ފަހު ކުއާޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. 

މި ހަރަކާތްތަކުގެ މަގުސަދަކީ އާއިލީ ގުޅުން ބަދަހިކޮށް މާލީ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Sep 2026
ނޮވެންބަރުގެ ނިޔަލަށް ހުރިހާ ޑްރަގް ކެފޭތައް ބަންދުކުރެވޭނެ: އިހްސާން
މި ވޭތުވެދިޔަ ތިން ހަތަރު މަހެއްގެ ތެރޭގައި ޑްރަގް ކެފޭގެ ގޮތުގައި ހިންގަމުންދާ 17 ތަނެއް ބަންދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
27 Sep 2026
ނައިބު ރައީސް ނިއުޔޯކް އަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވައިފި
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މި ދަތުރުފުޅުގައި ޤައުމީ ބަޔާން އިއްވަވައި ކޮންމެ ޤައުމެއްގެވެސް މުސްތަޤުބަލު ބައްޓަންކުރުމުގެ އަސާސީ ޙައްޤު އެ ޤައުމަކަށް ލިބިގެންވާކަން ފާހަގަކުރެއްވިއެވެ. ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކަ ވިދާޅުވަމުން 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ އެ ގޮންޖެހުންތައް ގުޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
27 Sep 2026
އީޝާގެ މައްޗަށް ގަޒުފުގެ ދައުވާ އުފުލައިފި
އެކަން ޕީޖީ އޮފީހުން ވަނީ ވޮއިސްއަށް ޔަގީންކޮށްދީފަ އެވެ. އީޝާގެ މައްޗަށް އުފުލީ ގާނޫނުލްއުގޫބާތުގެ ދަށުން ގަޒުފުގެ ދައުވާ އެވެ.
27 Sep 2026
ގޭންގުތަކަށް ނިސްބަތްވާ ދިހަ ލީޑަރެއްގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން، ހަރުކަށި ފިޔަވަޅު އެޅޭނެ: ވަޒީރު
“ދިހަ ގޭންގު ލީޑަރެއްގެ މައްސަލަ މިދިޔަ ޖޫން މަހުން ފެށިގެން އަޅުގަނޑުމެން އެބަ ގެންދަން ތަހުގީގު ކުރަމުން،” ވަޒީރު ވިދާޅުވި އެވެ.
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ރާއްޖޭގެ އޭއައި ޕްރޮސިކިއުޝަން އޮނިގަނޑު ދުނިޔެއަށް ހިލޭ ދޫކުރަނީ
އެމަނިކުފާނު މިކަން ހާމަކުރެއްވީ އަބޫދާބީގައި ކުރިއަށްދާ އދ. ގެ 15 ވަނަ ކްރައިމް ކޮންގްރެސްގެ އެންސިލަރީ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުންނެވެ. އެ ބައްދަލުވުމުގައި ޕީޖީ ވަނީ 2025 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި "މޯލްޑިވްސް 2.0" ތަސައްވުރަށް އަލިއަޅުއްވާލައްވާފައެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ
27 Sep 2026
ރައީސް ނަޝީދު ކުރުވާހަކަ ފޮތެއް
"ކުރުވާހަކަ - 80ގެ ފަހުކޮޅު" ގެ ނަމުގައި މި ފޮތް ޝާއިޢުކުރަނީ ނަޝީދުގެ ހިއްސާ އޮންނަ އޯޝަން ޕަބްލިޝާސް އިންނެވެ. ފޮތުގެ އަގެއްގެ ގޮތުގައި ކަނޑައެޅާފައިވަނީ 250 ރުފިޔާއެވެ. ފޮތުގައި ހިމެނޭ ވާހަކަތަކުގެ ތެރޭގައި "ޗާލާ ޒަމާން" "ޤައުމީ މަޝްރޫޢު" "ރީތި ހަދިޔާ" އަދި "މޫސަބަރު" ހިމެނެއެވެ.