މޫސަ
ހަބަރު
30 Jul 2025 | 12:23
މާވަށުގައި މީހަކު މަރާލުން: އޮޓޮޕްސީ ހެދުމަށް މޫސަގެ ހަށިގަނޑު ބޭރަށް ފޮނުވަނީ

ލ. މާވަށުގައި ކަރަށް ވަޅި ހަރައިގެން މަރާލި އެރަށު ނަލަހިޔާގޭ އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ބޭރަށް ގެންދިއުމަށް ނިންމައިފިއެވެ.

މޫސަގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ބޭރަށް ގެންދިއުމަށް ނިންމާފައިވާކަން ފުލުހުން ވަނީ މީޑިއާއަށް ޔަގީންކޮށްދީފައެވެ. މޫސަގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ނިންމީ ފުލުހުން ކުރިއަށްގެންދާ ތަހުގީގަށެވެ. 

މޫސާ މުހައްމަދު މަރާލާފައިވަނީ މިދިޔަ ހޯމަދުވަހު އެރަށު ވޮލީކޯޓް ކައިރީގައި ހުއްޓައެވެ. އޭނާ މަރާލުމަށްޓަކައި ވަޅިން ހަމަލާދީފައިވަނީ އެވަގުތު އެރަށަށް ގޮސް އުޅުނު ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހީމެވެ. ފުލުހުން ވަނީ ހަމަލާދިނުމަށް ބޭނުންކުރި ވަޅި ހޯދާފައެވެ. ވަޅި ހޯދާފައިވަނީ މޫދުންނެވެ. 

މަރުގެ މި މައްސަލާގައި ގާތިލްކަމަށް ތުހުމަތުކުރެވޭ މުހައްމަދު އިބްރާހީމް މިހާރު ހުރީ  ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު ވަޅިހެރުމުގެ ހާދިސާ ހިނގާފައިވަނީ، މަސްތުވާތަކެތީގެ މުއާމަލާތެއްގެ ތެރެއިންނެވެ. އެ ދެ މީހުންނަކީވެސް މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރާ ބައެއްކަމަށް އެރަށުން ވާހަކަދެއްކި ބައެއް މީހުން ވަނީ ބުނެފައެވެ. ފުލުހުން ބުނެފައިވަނީ ގާތިލްކަމަށް ތުހުމަތުކުރެވޭ މުހައްމަދަކީ ކުށުގެ ރެކޯޑް އޮންނަ މީހެއްކަމަށެވެ.

ކޮމެންޓް
ކީއްކުރަންބާ
ޕޯސްޓް މޯޓަމް ހަދަނީ މަރުގެ ހަގީގަތް ދެނެގަތުމަށް ކަމަށް ހީވެފައިއޮތީ، މިހާދިސާގައި ހުރިހައި ކަމެއްވެސް ސާފުކޮށް އެބައެނގޭ. ދެން ކޮން ބޭނުމެއްތޯ އޮތީ ބޭރަށް ފޮނުވުމުގެ.
30 Jul 2025
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް