އެމްޑީޕީގެ ލީޑަރޝިޕްގައި ހިމެނޭ ބައެއް ބޭފުޅުން.. ފޮޓޯ: އެމްޑީޕީ
ހަބަރު
30 Jul 2025 | 13:22
އެމްޑީޕީން މޯލްޑިވިއަނަށް ދައްކަންޖެހޭ 3.6 މިލިއަން ރުފިޔާ، އެއްފަހަރާ ދޭންޖެހިއްޖެ

އިދިކޮޅު އެންމެބޮޑު ޕާޓީ، އެމްޑީޕީން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނަށް ދައްކަންޖެހޭ 3.6 މިލިއަން ރުފިޔާ އެއްފަހަރާ ދެއްކުމަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.

ސިވިލްކޯޓުން މި ހުކުމް ކޮށްފައިވަނީ އިއްޔެއެވެ. ކޯޓުން މިގޮތަށް ހުކުމްކޮށްފައިވަނީ އެމްޑީޕީން އައިލެންޑް އޭވިއޭޝަނަށް ބަހާލައިގެން އެކި ފަހަރުމަތިން ދައްކަންޖެހޭ ފައިސާ ދެއްކުމުގައި އެޕާޓީން އިހުމާލުވުމާ ގުޅިގެންނެވެ. 

މޯލްޑިވިއަނުން އެމްޑީޕީއަށް ފްލައިޓް ޗާޓަރުކުރުމާއި ކުރި ދަތުރުތަކަށް ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާ ބަހާލައިގެން ދެއްކުމަށް ސިވިލްކޯޓުގެ ހުކުމަކާ ގުޅިގެން 2024 ވަނަ އަހަރު ވަނީ ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އެކުލަވާލާފައެވެ. މި އެއްބަސްވުން އެކުލަވާލާފައިވަނީ ޖުމްލަ 6 ފަހަރެއްގެ މަތިން ފައިސާ ދައްކާގޮތަށެވެ.

އެއްބަސްވުމުގައިވާގޮތުން ފުރަތަމަ ޕޭމަންޓަށްވާ 1 މިލިއަން ރުފިޔާ އެއްބަސްވުމުގައި ސޮއިކުރާ ދުވަހު ދައްކަންޖެހެއެވެ. ދެވަނަ ޕޭމަންޓް ދައްކަންޖެހޭ 1 މިލިއަން ރުފިޔާ ދައްކަން އޮތީ މިއަހަރުގެ ޖެނުއަރީމަހުގެ އެއްވަނަ ދުވަހުއެވެ. އަދި ތިންވަނަ ޕޭމަންޓަށްވާ 1 މިލިއަން ރުފިޔާ ދައްކަންޖެހެނީ މިހިނގާ ޖުލައިމަހުގެ އެއްވަނަ ދުވަހުގެ ކުރިންނެވެ. އެއްބަސްވުމުގައިވާގޮތުން 2027 އަހަރުގެ ކުރިން ކޮންމެ ހަމަހަކުން މޯލްޑިވިއަނަށް ފައިސާ ދައްކައި ނިންމަން ޖެހެއެވެ.

މޯލްޑިވިއަނުން އެންމެފަހުން ވަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް އެމްޑީޕީން ފައިސާ ދައްކަމުން ނުދާތީވެ އެ މައްސަލަ މިއަހަރުގެ މާރޗްމަހު ސިވިލް ކޯޓަށް ހުށަހަޅާފައެވެ. ކޯޓުން ކުރި ހުކުމްގައިވާގޮތުން އެމްޑީޕީން އައިލެންޑް އޭވިއޭޝަނަށް ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ދައްކާފައިވަނީ 2 މިލިއަން ރުފިޔާއެވެ. ސިވިލް ކޯޓުން އިއްޔެކުރި ހުކުމްގައިވާގޮތުން މޯލްޑިވިއަނަށް އެއްފަހަރާ ދައްކަންޖެހޭ 3.6 މިލިއަން ރުފިޔާ މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ހަލާސްކުރަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ނޭކުރެންދޫގައި ސައިބާ ސެކިއުރިޓީ ވޯކްޝޮޕެއް ބާއްވައިފި
ހދ. ނޭކުރެންދޫގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް އޮންލައިން ކުށްތަކުން ރައްކާތެރިވުމާ ގުޅޭ ވޯކްޝޮޕެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
27 Sep 2026
އައްޑޫ އާއި ފުވައްމުލަކުގެ ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން އެއްބަސްވުމަކަށް
އައްޑޫ ސިޓީ ހުޅުދޫ އާއި އައްޑޫ މީދޫގެ އިތުރުން ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް ބަދަލުލުރުމުގެ މަަސައްކަތް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
27 Sep 2026
އައު ސައިން ލެންގުއޭޖް އިޝާރާތްތައް އުފެއްދުމުގެ ވޯކްޝޮޕެއް ފަށައިފި
ސައިން ލެންގުއޭޖް ލަފުޒު މުއްސަނދިކުރުމަށް އަށް ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމުގެ މަސައްކަތު ބައްދަލުވުމެއް ޞިއްޙަތާ ބެހޭ ވުޒާރާއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މިއަދު ފަށައިފިއެވެ.
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.