ފައްޔާޒް އިސްމާއީލް
ހަބަރު
30 Jul 2025 | 14:45
އަގުތައް މައްޗަށްދާއިރު ގަވަރުނަރު ހަނު ހުންނަވާތީ ފައްޔާޒު ފާޑުވިދާޅުވެއްޖެ

ރާއްޖޭގެ ބާޒާރުގައި މުދަލުގެ އަގުތައް އުފުލި އިގްތިސާދީ ހާލަތު ދަށްވަމުންދާއިރު މަރުކަޒީ ބޭންކްގެ ގަވަރުނަރު އަހުމަދު މުނައްވަރު ހަނުހުންނަވާކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަރަށްބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބާޒާރުގައި އާފަލެއްގެ އަގު 10 ރުފިޔާއަށް އަރައި ފިޔާ ކިލޯއެއްގެ އަގު 50 ރުފިޔާއިން މައްޗަށްގޮސް، ކާބޯތަކެއްޗަށް ދަތިވެއްޖެކަމަށެވެ. މީގެ އިތުރުން ބޭސް ނުލިބޭއިރު ޒަރޫރީ މުދަލުގެ އަގުތައް އުފުލި ޑޮލަރު ގަންނަން ލިބޭއަގުވެސް މިއަދު 20.20 ރުފިޔާއަށް އަރާފައިވާކަމަށް ފައްޔާޒް ވިދާޅުވިއެވެ. 

ފައްޔާޒުގެ މި ޕޯސްޓްގައި ވަނީ ކުދި ވިޔަފާރިތައް ދަރަނިވެ ހަލާކުވެއްޖެކަން ފާހަގަކޮށް، ސަރުކާރުން ނުދައްކާ ބިލުތައް 13 ބިލިއަން ރުފިޔާއަށް އަރައި ރާއްޖޭގެ އިގްތިސާދު މިއަދު ފުނޑިއްޖެކަމަށް ވިދާޅުވެފައެވެ.

އެގޮތުން މި ހާލަތަށް ދިޔައިރުވެސް ގާނޫނު އަސާސީން މަނިޓަރީ ސިޔާސަތު މަތިކޮށްފައިވާ މަރުކަޒީ ބޭންކުގެ ބަހެއް ނެތްކަމަށާއި މިކަންކަމާ ކަންބޮޑުވެ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްއިން ލިޔުމުން ބައްދަލުކުރަން އެދުމުންވެސް ގަވަރުނަރާ ބައްދަލުކުރުމަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާކަމަށް ފައްޔާޒް ވިދާޅުިވިއެވެ. ރައްޔިތުން ހޮވާފައި ތިބި މަންދޫބުން ގައުމުގެ ހާލަތު ސާފުކުރަން މަސައްކަތް ކުރެއްވުމުން ފިއްލެވީކަން ފާހަަގަކުރަމުން ފައްޔާޒް ވަނީ އެއީ އެމްއެމްއޭއިން ޖަވާބު ނުދޭތާނގާ ރައްޔިތުންނަށް ކުރީ ބޮޑު މަލާމާތެއްގެ ގޮތުގައި ކަމަށްވެސް ފައްޔާޒު ވަނީ ސިފަކޮށްފައެވެ.

ގަވަރުނަރާ ބައްދަލުކުރުމަށް އެމްޑީޕީގެ އިސް ބޭފުޅުން މަރުކަޒީ ބޭންކުގައި

ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، ސަރުކާރުގެ އަމަލުތައް ހުރިގޮތުން އެއްޗެހީގެ އަގުތައް އަދިވެސް ދާނީ ދުވަހެއްދުވަހަކަށް ބޮޑުވަމުންކަމަށް ވިދާޅުވެފައެވެ.

މިއީ ރައްޔިތުންގެ ހާލަތު ދަންނަ އަދި ބަލަން ބޭނުން ސަރުކާރެއް ނޫން. އަސާސީ ބޭނުންތަކުގެ އަގު މައްޗަށް ދިޔައީކީ ނޫން، ރުފިޔާގެ އަގު ދަށަށް ދިޔައީ. 

ފައްޔާޒް ވިދާޅުވިއެވެ

އެއްޗެހީގެ އަގުބޮޑުވަމުންދާކަމަށް ވިދާޅުވެ ފައްޔާޒް ގަވަރުނަރަށާއި، ސަރުކާރަށް ފާޑުވިދާޅުވިއިރު، ރާއްޖެއަށް އިގްތިސާދީ މިހާލަތު ކުރިމަތިވި ހަގީގީ ސަބަބަކީ އެމްޑީޕީގެ ވެރިކަމުގައި އަމަލުކުރިގޮތުންކަމަށް މި ސަރުކާރުން ވަނީ ބުނެފައެވެ. އެގޮތުން ފައިސާ ޗާޕްކޮށް، އިންޓްރަސްޓްރޭޓް ބޮޑުކޮށް ކުރުމުއްދަތުގައި ދައްކަންޖެހޭގޮތަށް އުސޫލެއްނެތި ދަރަނިތައް ނަގަމުންދިޔުމުގެ ނަތީޖާއަކީ ރާއްޖެ މިހާލަތަށް ވެއްޓުމުގެ އަސްލުކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ޑޮލަރުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ޓޫރިޒަމް ވިޔަފާރިތަކުން ބޭންކްތަކަށް ވަކި އަދަދަކުން ޑޮލަރު މާރުކުރަން ލާޒިމްކުރުމަކީ މިގޮތުން އެޅި އެންމެ މުހިއްމު ފިޔަވަޅުކަަމަށް މަރުކަޒީ ބޭންކުން ވަނީ ބުނެފައެވެ. އެމްއެމްއޭއިން ވަނީ ވިޔަފާރިތަކަށް ޑޮލަރު ދޭ އަދަދު އިތުރުކުރުމުގެ ގޮތުންވެސް ފިޔަވަޅުތަކެއް އަޅާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ނޭކުރެންދޫގައި ސައިބާ ސެކިއުރިޓީ ވޯކްޝޮޕެއް ބާއްވައިފި
ހދ. ނޭކުރެންދޫގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް އޮންލައިން ކުށްތަކުން ރައްކާތެރިވުމާ ގުޅޭ ވޯކްޝޮޕެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
27 Sep 2026
އައްޑޫ އާއި ފުވައްމުލަކުގެ ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން އެއްބަސްވުމަކަށް
އައްޑޫ ސިޓީ ހުޅުދޫ އާއި އައްޑޫ މީދޫގެ އިތުރުން ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް ބަދަލުލުރުމުގެ މަަސައްކަތް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
27 Sep 2026
އައު ސައިން ލެންގުއޭޖް އިޝާރާތްތައް އުފެއްދުމުގެ ވޯކްޝޮޕެއް ފަށައިފި
ސައިން ލެންގުއޭޖް ލަފުޒު މުއްސަނދިކުރުމަށް އަށް ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމުގެ މަސައްކަތު ބައްދަލުވުމެއް ޞިއްޙަތާ ބެހޭ ވުޒާރާއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މިއަދު ފަށައިފިއެވެ.
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.