ހާރިޖީ ވަޒީޯރު ހަލީލް
ހަބަރު
13 Aug 2025 | 10:49
ރައީސް އޮފީހުން ސިޓީ އާއްމު ނުކުރިނަމަ، ފޯޅަވަހި މައްސަލާގައި ކުރިއަށް ދެވޭނެ: ޑރ.ހަލީލް

ފޯޅަވެއްސާ ގުޅޭގޮތުން ލިޔުނު ސިޓީ، މިދިޔަ ސަރުކާރުން އާއްމު ނުކުރިނަމަ އެ މައްސަލާގައި ކުރިއަށް ދެވުނީސްކަމަށް މި ސަރުކާރުގެ ހާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ފޯޅަފަހި ކަނޑުގެ މައްސަލާގައި އަދުގެ ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން ވަހީދު ސުވާލުކުރެއްވުމުން ވަޒީރު ވިދާޅުވީ މިދިޔަ ސަރުކާރުން ފޮނުވި ފޭކް ސިޓީއެއްގެ ސަބަބުން ރާއްޖޭގެ މަސްވެރިން މަސްވެރިކަން ކުރަމުންދިޔަ 45 ހާސް އަކަ ކިލޯ މީޓަރުގެ ކަނޑުގެ ސަރަހައްދެއް ރާއްޖެއަށް ގެއްލިގެންދިޔަ ކަމަށެވެ. ވަޒީރު ވިދާޅުވީ އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށް އަދި ވަކިން ހާއްސަކޮށް ދެކުނުގެ މަސްވެރިކަމަށް ބުރޫއެރިކަމަށް މަސްވެރިްނގެ ފަރާތުން މައުލޫމާތު ލިބިފައިވާކަމަށެވެ.

ހަލީލް ވިދާޅުވީ އެ ސިޓީ ބޭރުނުވިނަމަ ފޯޅަވަހި ކަނޑުގެ މައްސަލައާއި ފޯލަވަހީގެ މައްސަލާގައި ދިވެހިންނަށް ކުރިއަށްދެވުނީސްކަމަށެވެ. ވަޒީރު ވިދާޅުވީ ބޭރުގެ އެކިއެކި ލޯޔަރުން ހޯދައިގެން އެ މައްސަލަ އިތުރަށް މުރާޖައާކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުންދާކަމަށެވެ.

ފޯޅަވަހި މައްސަލާގައި އެންމެފަހުން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެފައިވަނީ، ޗާގޯސްގެ މިނިވަންކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމާ ގުޅިގެން ރާއްޖެއަށް ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. އެގޮތުން ޗާގޯސް މައްސަލާގައި އިނގިރޭސިވިލާތުން ނިންމި ނިންމުމުގެ ސަބަބުން މުޅި މައްސަލާގައި ރާއްޖެއިން ގެންގުޅެމުން އައި ރޭވުންތައް ބަދަލުކުރަން ޖެހިފައިވާކަން އުޝާމް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.