އިންޑިއާގެ ހާރިޖީ ވަޒީރު ޖައިޝަންކަރާއި ޗައިނާގެ ހާރިޖީ ވަޒީރު ވާންގް ޔީ... ފޮޓޯ: އެންޑީޓީވީ
ދުނިޔެ
19 Aug 2025 | 14:39
އިންޑިއާގެ ހާރިޖީ ވަޒީރު ޖައިޝަންކަރާއި ޗައިނާގެ ހާރިޖީ ވަޒީރު، ވާންގް ޔީ ބައްދަލުކުރައްވައިފި

އިންޑިއާ އާއި ޗައިނާގެ ޚާރިޖީ ވަޒީރުން އިއްޔެ އިންޑިއާގެ ވެރިރަށް ދިއްލީގައި ބައްދަލުކުރައްވައިފިއެވެ.

ޗައިނާގެ ޚާރިޖީ ވަޒީރު އިންޑިއާއަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ދިއްލީއަށް ވަޑައިގަތީ އިއްޔެގެ ވަގުތެއްގައެވެ. އަދި އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާއި ބައްދަލުކުރައްވައި، ދެޤައުމުގެ ސަރަހައްދީ އިމުގެ މައްސަލައިގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާއި، ވިޔަފާރީގެ މައްސަލަތަކުގެ އިތުރުން ދެޤައުމުގެ މެދުގައު އޮންނަ ގުޅުމާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވީ އިއްޔެގެ ވަގުތެއްގައެވެ. ބައްދަލުވުމަށްފަހު ޑރ. ޖައިޝަންކަރު ވިދާޅުވީ އެކި ދާއިރާތަކުން ބިނާކުރަނިވި މަޝްވަރާތަކެއް ދެ ބޭފުޅުންނަށް ކުރެވުނު ކަމަށެވެ. އަދި މިއީ އިންޑިއާއާއި ޗައިނާއާ ދެމެދު ދެމެހެއްޓެނިވި ގާތް ގުޅުމެއް ބޭއްވުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއްކަމަށްވެސް ޖައިޝަންކަރު ސިފަކުރެއްވިއެވެ.

ވާންގް ޔީ އާއި ހަވާލާދީ ޗައިނާގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ދެޤައުމުގެ މެދުގައި ހުރިހާ ފަންތިއެއްގައިވެސް މިހާރު މަޝްވަރާތައް ކުރެވި، ދެޤައުމުން އެކި ކަންކަމުގައި އެއްޤައުމު އަނެއް ޤައުމަށް އެއްބާރުލުން ދޭ ހިސާބަށް ގުޅުންތައް ރަނގަޅުކުރެވިފައިވާ ކަމަށެވެ. އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކުން ނަމޫނާއަކަށް ބަލާ ދެޤައުމަށް އިންޑިއާއާއި ޗައިނާ ވުމަށް ވާންގް ޔީ ގޮވާލެއްވިއެވެ. އަދި ޗައިނާއާއި އިންޑިއާއަކީ އެއްބަޔަކު އަނެއް ބައެއްގެ ބައިވެރިންގެ ގޮތުގައި ދެކެން ޖެހޭކަމަށާއި، ވާދަވެރިން ނުވަތަ ހަތުރުވެރިންގެ ގޮތުގައި ނުދެކުމަށް އޭނާ އެދިވަޑައިގަތެވެ.

ވާންގް ޔީ އާއިއެކު ބޭއްވި ބައްދަލުވުމުގެ ކުރިންވެސް ޑރ ޖައިޝަންކަރު ވިދާޅުވީ ސަރަހައްދީ ރޮނގުގެ މައްސަލައިގައި ދެޤައުމުން މަޝްވަރާކުރަން ޖެހޭ އެންމެ ބޮޑު ސަބަބަކީ ދެޤައުމުގެ ގުޅުން ރަނގަޅަށް ދެމިއޮތުމުގެ އަސްލަކަށް ވާނީ ސަރަހައްދީ ރޮނގުގެ ސަލާމަތީ ކަންކަން ވަރުގަދައަށް އޮތުން ކަމަށްވާތީއެވެ.

ވާންގް ޔީގެ މި ދަތުރުފުޅުގައި މިއަދު އިންޑިއާގެ ޤައުމީ ސަލާމަތާއި ބެހޭ މުޝީރު އަޖިތު ދޮވާލް އާއެކު ސަރަހައްދީ އިމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި ގުޅޭ ވަށް މޭޒު މަޝްވަރާތަކުގައި 24 ވަނަ ބުރު ބާއްވަވާނެއެވެ. އަދި ފުރާވަޑައިގަތުމުގެ ކުރިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއްވެސް ކުރައްވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ