ބިލް ހުށަހެޅުއްވި މެމްބަރު ހަންނާން... ފޮޓޯ މަޖިލިސް
ހަބަރު
27 Aug 2025 | 15:35
މީޑިއާ ބިލް ހުށަހެޅިފަހުން ކަންބޮޑުވުމެއް އައީ މިއަދު: ހަންނާނު

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މީޑިއާ ބިލާ ގުޅޭގޮތުން ކަންބޮޑުވުމެއް ލިބިފައިވަނީ މިއަދު އެކަނިކަމަށް އެ ބިލް ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ހަންނާން ވިދާޅުވީ މަޖިލީހަށް ބިލް ހުށަހެޅިފަހުން މިއަދު ނޫނީ ކަންބޮޑުވުމެއް އައިސްފައިނުވާކަމަށެވެ. އެގޮތުން މިހާތަނަށް ކޯލެއްވެސް އަދި މަޝްވަރާކުރުމަކަށްވެސް ގޮވާލާފަ ނުވާކަމަށް ހަންނާން ވިދާޅުވިއެވެ. ހަންނާން ވިދާޅުވީ މި ބިލާމެދު ކަންބޮޑުވާންޖެހޭ ތަނެއް ނެތްކަމަށާއި، ބިލާމެދު ކަންބޮޑުވެގެން އުޅެނީ މަޖލީހުގައި ތިއްބަވާ އެމްޑީޕީގެ މެމްބަރުންކަމަށެވެ.

ހަންނާނު އެ ވާހަކަދެއްކެވި އިރުވެސް މަޖިލީހުގެ ތަޅުމުގައި އިދިކޮޅު މެމްބަރުން ގެންދެވީ މީޑިއާ ކޮންޓްރޯލްކުރާ ބިލް މަޖިލީހުން ބޭރުކުރުމަށް އަޑުހަރުކޮށް ގޮވާލަމުންނެވެ. އަދި މަޖިލީހުގައި މީޑިއާ ބިލާ ގުޅޭގޮތުން ވާހަކަދެކެވެމުންދިޔައިރުވެސް، މަޖިލީހުގެ އިދާރާ ބޭރުގައި ބައެއް ނޫސްވެރިން ގެންދިޔައީ ބިލާ ދެކޮޅަށް އިހުތިޖާޖުކުރަމުންނެވެ.

ނޫސްވެރިން މީޑިއާ ބިލާ ދެކޮޅަށް ކުރި މުޒާހަރާގެ ތެރެއިން... 

ހަންނާން މަޖިލީހަށް ބިލް ހުށަހަޅުއްވާފައިވަނީ އޮގަސްޓްމަހުގެ 19 ވަނަ ދުވަހުއެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަކީ، ރާއްޖޭގެ މީޑިއާ ބާރުވެރިކުރުމުގެ މަޤްޞަދުގައި ހުށަހެޅި ބިލެއް ކަމަށް ހަންނާން ވަނީ އެދުވަހު މަޖިލީހުގެ ޖަލްސާގައި ވިދާޅުވެފައެވެ. 

ހަންނާން ބިލް ހުށަހެޅުމާއެކު ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ވަނީ ބިލުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކޮށް ބިލް އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ. މްޖޭއޭގެ އިތުރުން ނޫސްވެރިންގެ ބަލަދުވެރި ފަރާތް މީޑިއާ ކައުންސިލުންވެސް ވަނީ ބިލް ބޭރުކުރުމަށް ގޮވާލާފައެވެ.

މީޑިއާ ކޮންޓްރޯލް ކުރާ ބިލާ ދެކޮޅަށް މިއަދު ނޫސްވެރިން ވަނީ ރައްޔިތުން މަޖިލީހުގެ އިތުރުން، ރައީސް އޮފީސް ދޮށުގައިވެސް އިހުތިޖާޖުކުރުން ކުރިއަށްގެންގޮސްފައެވެ. 

ކޮމެންޓް
އިއްބެ
ތިޔައީތުޅާދޫމީހެއްގެޚުލްޤުހުރިމީހެއްނޫން
27 Aug 2025
އިއްބެ
ވެރިންގެޙިމާޔަތުގައިހުރިމީހަކު ކަންބޮޑުވާންޖެހޭނެތަ
27 Aug 2025
ގުޅޭ ލިޔުންތައް
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.