ދިފާއީ މުހިންމު ދެކަމެއް ބޮޑުވަަޒީރު މޯދީ އިފްތިތާހުކޮށްފި

08 Jun 2019 | 17:55

ދިވެހިރާއްޖޭގެ ދިފާއީ ބާރުގެ ކުރިއެރުމާއި ގުޅުންހުރި މުހިންމު ދެކަމެއް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިފްތިތާހުކޮށްދެއްވައިފިއެވެ.

ކޯސްޓަލް ސަވައިލެންސް ރާޑަރ ސިސްޓަމާއި އަދި ޅ.މާފިލާފުށި ޓްރެއިނިންގް ސެންޓަރ، އެބޭފުޅާ އިފްތިތާހުކޮށްދެއްވީ ރައީސް އޮފީހުގައި ކުރިއަށްދިޔަ ޚާއްސަ ރަސްމިއްޔާާތެއްގައެވެ.

މިގޮތުން ޅ. މާފިލާފުށީގައި އިންޑިއާ ސަރުކާރުގެ އެހީގައި އަޅާފައިވާ ސިފައިންގެ ޓްރެއިނިންގް ސެންޓަރު މިއަދު ވަނީ ކޮށްދެއްވާފައެެވެ. މި ޓްރެއިނިންގެ ސެންޓަރަކީ ހަތް މިލިއަން ޑޮލަރު ހަރަދުކޮށްގެން އަޅާފައިވާ ޓްރެއިނިން ސެންޓަރެއްކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ބެހެއްޓި ކޯސްޓަލް ރާޑަރު ސިސްޓަމް ވެސް ބޮޑުވަޒީރު މޯދީ ވަނީ އިފްތިތާހު ކޮށްދެއްވާފައެވެ. 

މިއީ މީގެ ކުރިންވެސް ރާއްޖޭގައި ހުރި ސިސްޓަމަށް އަލަށް އިތުރުކުރި ރާޑަރ ތަކެކެވެ.

Advertisement

ކޮމެންޓް

Advertisement