ކުރީގެ ބަންޑާރަ ނާއިބު އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސައީދު --
ހަބަރު
03 Sep 2025 | 15:55
މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ހަދިޔާގޮތުގައި ދޭ ފައިސާގައި ނުހިފޭނެ: ދިޔާނާ

ދައުލަތުގެ އެކިއެކި މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ހަދިޔާގޮތުގައި ދޭ ފައިސާ ގަބޫލެއްނުކުރެވޭނެ ކަމަށް ކުރީގެ ބަންޑާރަ ނާއިބު އަދި ކުޅަދާނަ ގާނޫނީ ވަކީލް ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ މާލީ ބަޔާންތަކުގައި ހަދިޔާގެ ގޮތުގައި ލިބިވަޑައިގެންފައިވާ ގިނަ އަދަދެއްގެ ފައިސާ ހުރި ކަމަށް ވިދާޅުވާތީ އެވެ. އަދި ބައެއް ބޭފުޅުންނަށް އަގުބޮޑެތި މުދަލާއި ފްލެޓާއި ރޯ ހައުސް ހިލޭ ލިބިވަޑައިގެންފައިވާ ކަމަށް މާލީ ބަޔާންތަކުގައި ވާތީ އެވެ.

ސާކްގެ ސެކްރެޓަރީ ޖެނެެރަލްގެ މަގާމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަން ވެސް ކުރައްވާފައިވާ ދިޔާނާ ވިދާޅުވި ގޮތުގައި ހަދިޔާއާ ރިޝްވަތާ ދެމެދު އޮންނަ ރޮނގު ވަރަށް ހަނިވާނެ އެވެ.

އެހެން ކަމުން ދައުލަތުގެ އެކިއެކި މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް އަގުބޮޑު ހަދިޔާއާއި ހަދިޔާގޮތުގައި ދޭ ފައިސާ ގަބޫލުފުޅެއް ނުކުރެއްވޭނެ އެވެ.

މެންބަރުންގެ މާލީ ބަޔާންތަކަށް ބަލާއިރު ބައެއް މެންބަރުންނަށް ހަދިޔާގެ ގޮތުގައި ވަރަށް ގިނަ އަދަދަކަށް ފައިސާ ލިބިފައިވާ ކަމަށް ދައްކަ އެވެ. 

އެއް މެންބަރަކީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އެވެ. އަބްދުއްރަހީމްގެ މާލީ ބަޔާނުގައިވާ ގޮތުން 958،982 ރުފިޔާ އަކީ ހަދިޔާ ގޮތުގައި ލިބިފައިވާ ފައިސާ އެވެ. އެ ފައިސާ ލިބުނީ ކާކުގެ ފަރާތުން ކަމެއް ސާފެއް ނުވެ އެވެ.

ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޝަމްހީދަށް ވެސް 1.4 މިލިއަން ރުފިޔާ ހަދިޔާގެ ގޮތުގައި ލިބިފައިވާ ކަމަށް އޭނާގެ މާލީ ބަޔާނުގައި ބުނެފައިވެ އެވެ. އޭގެ ތެރެއިން ބައެއް ފައިސާއަކީ ޑޮލަރުން ލިބުނު ފައިސާ އެވެ.

މީގެ އިތުރުން ބައެއް މެންބަރުންގެ އަމިއްލަ ބިން ބިމާއި ރޯ ހައުސްއާއި ފްލްޓް ހުރި ކަމަށް ވެސް މާލީ ބަޔާންތަކުގައިވެ އެވެ. ބައެއް މެންބަރުންނަށް ފްލެޓާއި ރޯ ހައުސް ލިބިފައިވަނީ މީހެއްގެ ފަރާތުން ހިލެ އެވެ.

ކޮމެންޓް
ދިރާސާ
ދައުލަތުގެ ވަޒީފާގައި ހުރި މީހަކަށް ދޭ ހަދިޔާ ފައިސާ އަކީ ކޮރަޕްޝަން ތިޔައީ ފާޅުގައި އުފައްދާ ޚިޔާނާތް. އަދި ފަސާދަ އާންމު ވެއްޖެ
03 Sep 2025
ދަންޑަހެލު
ކިތެންމެހާވެސް ފުރިހަމަޔަށްކަމަނާތިވިދާޅުވެދެއްވީކަންއޮތްގޮތް،އެހެނަސްމަަޤާމްތަކާއިޙަވާލުވެވަޑައިގަތުމަށްފަހު އަރިޔަކުންބިތަކުންއެއްޗެއްދިއްކޮއްލާތޯ ބޮޑުންއެތިބެމި ފާރަޔަށް،😥
03 Sep 2025
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.