އެމްކިއުއޭ އެޑްވައިޒަރީ ބޯޑުގެ ބައްދަލުވުމެއް... ފޮޓޯ: އެމްކިއުއޭ
ހަބަރު
09 Sep 2025 | 11:03
އިއްޔެ އެކަނިވެސް ފޭކް ތިން ސެޓްފިކެޓެއްގެ މައްސަލަ ފާހަގަވި: ފިޒާނާ

އިއްޔެ އެކަނި ވެސް އެކެއްގެ ނަމުގައިވާ ފޯޖުކޮށްފައިވާ ނުވަތަ ވަގު ތިން ސެޓެފިކެޓެއްގެ މައްސަލަ ފާހަގަކުރެވިފައިވާ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވިދާޅުވެއްޖެއެވެ.

އެމްކިއުއޭއަށް ވެލިޑޭޓްކުރަން ހުށަހަޅާ ވަރަށް ގިނަ ސެޓެފިކެޓުތަކަކީ ފޯޖުކޮށްފައިވާ ނުވަތަ ވަގު ސެޓެފިކެޓުކަން ފާހަގަކުރެވިފައިވާއިރު، އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި އެމްކިއުއޭ އިން ދަނީ ބަލަމުންނެވެ. 

އެގޮތުން އެމްކިއުއޭގެ ސީއީއޯ ފިޒާނާ "ވޮއިސް"އަށް ވިދާޅުވީ، ކޮންމެ ހަފުތާއެއްގައި ވެސް އެފަދަ އެތައް މައްސަލައެއް އެމްކިއުއޭއަށް ފާހަގަވާ ކަމަށާއި، އިއްޔެ އެ އިދާރާއަށް ލިބުނު ދެ ސެޓިފިކެޓަކުން ވެސް އެ މައްސަލަ ފާހަގަކުރެވުނު ކަމަށެވެ.

އެގޮތުން އެއީ ޑިގްރީ އަދި މާސްޓާސްގެ ދެ ސެޓިފިކެޓެއް ކަމަށާއި، އެ ސެޓިފިކެޓުތަކަކީ ބޭރުން ކިޔަވާފައިވާ ކަމަށް ފެންނަ ސެޓިފިކެޓުތަކެއް ކަމަށެވެ. އެ ސެޓިފިކެޓުތަކުގައި އެހެން މީހެއްގެ ވެލިޑޭޝަން ސްޓޭމް ޖަހާފައިވާ ކަމަށާއި، އެމްކިއުއޭއިން ބެލި ބެލުމުން އެ ސްޓޭމްޕުގައިވާ ނަންބަރަކީ އެހެން މީހެއްގެ ސެޓިފިކެޓެއްގައި އިން ނަންބަރެއްކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ފިޒާނާ ވިދާޅުވިއެވެ.

"ބަލާ ބެލުމަށް ވަރަށް އަސްލު އެ ސެޓިފކެޓުތައް. އެކެމަކު އަޅުގަނޑުމެން ޗެކު ކުރަނީ ސްޓޭމްޕުގައި އިންނަ ނަންބަރު.،" ފިޒާނާ ވިދާޅުވިއެވެ.

ފިޒާނާ ވިދާޅުވީ އެ މީހާގެ އިތުރު ސެޓިފިކެޓެއް ވެސް އޮންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، ނަމަވެސް މިހާތަނަށް އެ އިދާރާއަށް ލިބުނީ ދެ ސެޓިފިކެޓެއް ކަމަށެވެ. އަދި އެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފިޒާނާ ވިދާޅުވިއެވެ.

ސީއީއޯ ވިދާޅުވި ގޮތުގައި އެފަދަ ސެޓިފިކެޓުތައް އެ އިދާރާއަށް ލިބެނީ ސެޓިފިކެޓުތައް ފޯޖުކުރުމުގެ މައްސަލަ ބޮޑުވެފައިވާތީ، ބައެއް ކުންފުނިތަކުން އެފަދަ ސެޓިފިކެޓުތަކުގެ އަސްލު ޔަގީންކުރަން އެމްކިއުއޭއަށް ފޮނުވާތީ ކަމަށެވެ. 

އަދި އެފަދަ މައްސަލަތައް ބައެއް އޮޑިޓުތަކުން ވެސް ފާހަގަވާ ކަމަށާއި، އެ މައްސަލަތައް ޙައްލުކުރުމަށް ގިނަ މަސައްކަތްތަކެއް އެމްކިއުއޭއިން ކުރަމުން އަންނަ ކަމަށް ވެސް ފިޒާނާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
4 ވަނަ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުއެވެ. މި ފަހަރުގެ މުބާރާތުގައި އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ތަމްސީލުކުރާ ޖުމްލަ 11 ޓީމަކުން ބައިވެރިވެއެވެ
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.