މަޖިލީހުގެ ޖަަލްސާއެއް ކުރިއަށް ދަނީ --
ހަބަރު
09 Sep 2025 | 18:02
ނޯޓިސްއާއެކު ފަސް މެންބަރުން މާލީ ބަޔާން ހުށައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް ނޯޓިސް ދިނުން އެ މެންބަރުން މާލީ ބަޔާން ހުށައަޅައިފި އެވެ.

މާލީ ބަޔާން ހުށައެޅުމުގެ ފަހު ތާރީހަކީ މިދިޔަ މަހުގެ ފަހު ދުވަހެވެ. ނަމަވެސް ފަސް މެންބަރަކު އެ މުއްދަތަށް މާލީ ބަޔާން ހުށަނާޅަ އެވެ. އެހެން ކަމުން 15 ދުވަސް ތެރޭ މާލީ ބަޔާން ހުށައަޅަން މަޖިލީހުގެ އިދާރާއިން އޮތީ އަންގާފައެވެ.

މަޖިލީހުގެ ގަވާއިދުގެ ދަށުން މެންބަރުންގެ މާލީ ބަޔާން ހުށައަޅާ އަދި އެ ބަޔާންތައް މަޖިލީހުގެ އިދާރާ އިން އާންމު ކުރަން ޖެހެ އެވެ. 

މަޖިލީހުގެ އިދާރާއިން މިއަދު ބުނީ އެ މެންބަރުން މަލީ ބަޔާން ހުށައަޅާފައިވާ ކަމަށެވެ. އަދި އެ ބަޔާންތައް މިހާރު ވަނީ އާންމުވެސް ކޮށްފަ އެވެ.

މެންބަރުންގެ މާލީ ބަޔާންތަކަށް ބަލާއިރު ބައެއް މެންބަރުންގެ އެކައުންޓްގައި އެއްވެސް ފައިސާއެއް ނެތެވެ. ބައެއް މެންބަރުންގެ އެކައުންޓް ވަނީ މައިނަސް ގަ އެވެ. ވަރަށް މަދު އަދަދެއްގެ ފައިސާ ކޮޅަކާއި މުދާ ހުރި މެންބަރުން ވެސް ހިމެނެ އެވެ.

ބައެއް މެންބަރުންނަށް ހަދިޔާގެ ގޮތުގައި ލައްކައިން ފައިސާ

މެންބަރުންގެ މާލީ ބަޔާންތަކަށް ބަލާއިރު ބައެއް މެންބަރުންނަށް ހަދިޔާގެ ގޮތުގައި ވަރަށް ގިނަ އަދަދަކަށް ފައިސާ ލިބިފައިވާ ކަމަށް ދައްކަ އެވެ. 

އެއް މެންބަރަކީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އެވެ. އަބްދުއްރަހީމްގެ މާލީ ބަޔާނުގައިވާ ގޮތުން 958،982 ރުފިޔާ އަކީ ހަދިޔާ ގޮތުގައި ލިބިފައިވާ ފައިސާ އެވެ. އެ ފައިސާ ލިބުނީ ކާކުގެ ފަރާތުން ކަމެއް ސާފެއް ނުވެ އެވެ.

ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޝަމްހީދަށް ވެސް 1.4 މިލިއަން ރުފިޔާ ހަދިޔާގެ ގޮތުގައި ލިބިފައިވާ ކަމަށް އޭނާގެ މާލީ ބަޔާނުގައި ބުނެފައިވެ އެވެ. އޭގެ ތެރެއިން ބައެއް ފައިސާއަކީ ޑޮލަރުން ލިބުނު ފައިސާ އެވެ.

މީގެ އިތުރުން ބައެއް މެންބަރުންގެ އަމިއްލަ ބިން ބިމާއި ރޯ ހައުސްއާއި ފްލްޓް ހުރި ކަމަށް ވެސް މާލީ ބަޔާންތަކުގައިވެ އެވެ. ބައެއް މެންބަރުންނަށް ފްލެޓާއި ރޯ ހައުސް ލިބިފައިވަނީ މީހެއްގެ ފަރާތުން ހިލެ އެވެ. ބައެއް މެންބަރުން ފްލެޓް ގަނެފައިވަނީ ލޯނު ނަގައިގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.